ޗައިނާ އާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެއެވެ. ޓްރަމްޕާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ ދެ ގައުމު ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމުގެ ވާހަކަވެސް ދެކެވޭ ކަމަށެވެ. އެތަން ހުޅުވުމަކީ ޗައިނާއިން ވެސް އުފާކުރާ ކަމެއް ކަމަށް ޓްރަމްޕާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.
”ހޮރްމޫޒް ކަނޑުއޮޅި ދާއިމީކޮށް ހުޅުވުމަކީ ޗައިނާ އަށް ލިބޭ ވަރަށްބޮޑު އުފަލެއް. ޗައިނާއަށް ވެސް އަދި މުޅި ދުނިޔެއަށްޓަކައި އަހަރެން މިކުރަނީ އެމަސައްކަތް،“ ޓްރަމްޕް ވިދާޅުވެފައިވެއެވެ. އޭނާ އެމަސައްކަތް ކުރައްވަނީ ދެން ދުވަހަކުވެސް މިފަދަ ހާލަތެއް ދުނިޔެއަށް ކުރިމަތިނުވާނޭ ގޮތަކަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.






