މިހާރު މިއޮތީ ހަނގުރާމަ ހުއްޓާލުމުގެ މަރުހަލާގައި: އީރާން

އެމެރިކާ-އިޒްރޭލުން އީރާނާ ދެކޮޅަށްފަށައިފައިވާ ހަނގުރާމަ މިހާރުވަނީ ހުއްޓާލުމުގެ މަރުހަލާގައި ކަމަށް އީރާނުގެ މިނިސްޓަރަކު ވިދާޅުވެއްޖެއެވެ. އީރާނުގެ އިންޓީރިއާ މިނިސްޓަރު އިސްކަންދަރު މޮމެނީ ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނީ އަވަށްޓެރި ޕާކިސްތާނުގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ މިއީ ޕާކިސްތާނުގެ މެދުކެނޑުމެއްނެތި ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އީރާނުން ޕާކިސްތާނުގެ އެ ދައުރު ހަނދާން ނައްތާނުލާނޭ ކަމަށް ވެސް ވިދާޅުވިއެވެ. މޮމެނީ މިހެން ވިދާޅުވީ ޕާކިސްތާނުގެ ރައީސް ސައްޔިދު މުހްސިން ރަޒާ ނަގްވީއާ އެކު މިދިޔަ ބުރާސްފަތި […]

އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިފި

އީރާނާދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅު އަޅާނޭ ކަމަށް އެމެރިކާއިން ބުނެފިއެވެ. އެމެރިކާއިން މިހާރުވެސް ވަނީ އިރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ. އެމެރިކާއިން މިއިންޒާރު ދިނުމުން އީރާނުން ވަނީ އެކަން ކުށްވެރި ކޮށްފައެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޤާއީ އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއީ ކުށެއް ނެތް ބައެއްގެ މައްޗަށް ގަސްދުގައި ތަކުލީފު ދިނުން ކަމަށެވެ. މިއީ ތަކުލީފު ލިބޭ ސިޔާސަތެއް ކަމަށާއި އެއީ ވަރަށް ދެރަކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފާ […]

ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސ އުފައްދަވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި، ”ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް“ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފިއެވެ. މި އޮފީހަކީ، ދިވެހިރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އެންމެހައި ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށްޓަކައި ގާއިމުކުރެއްވި އޮފީހެކެވެ. މި އޮފީސް ގާއިމުކުރައްވަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވީ މި އަހަރުގެ ރިޔާސީބަޔާން، ރައްޔިތުންގެ މަޖިލީހަށް އިއްވަވަމުން މި އަހަރުގެ ފެބުރުވަރީ މަހުގެ 5ވަނަ ދުވަހުއެވެ. ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީހުން ކުރަމުންގެންދާނެ މަސައްކަތްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ސަރަހައްދުގެ […]

ނޫސްވެރިނާ ގާތްގުޅުމެއް ބޭއްވި ޝިޔާމަށް ވަޒީފާ ދޭން ހުކުމްކޮށްފި

ފުލުހުންގެ ވަޒީފާގައި އުޅުއްވަނިކޮށް ވަކިކޮށްފައިވާ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙުމަދު ޝިޔާމަށް އަލުން ފުލުހުންގެ ވަޒީފާދޭން ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ. ފުލުހުންގެ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ 2014 ވަނަ އަހަރު މެއިމަހުގައެވެ. އޭރު އޭނާ ހުންނެވީ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރަކަށެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ މަގާމުގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން އަމިއްލަ ފައިދާއަށް ކަންތައްތަކެއް ހިންގި ކަމުގެ ތުހުމަތުގައެވެ. އެހެންނަމަވެސް އޭރުން ފެށިގެން އަދާ ހަމައަށް ޝިޔާމް އެކަންކަން ދޮގުކުރައްވައެވެ. ވަޒީފާއިން ވަކިކުރުމުން ޝިޔާމް އޭނާގެ […]

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފައްދަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ”ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ“ މިއަދު އުފައްދަވައިފިއެވެ. މި އޮފީހަކީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމު ކުރެއްވި އޮފީހެކެވެ. މި އޮފީސް ގާއިމު ކުރައްވަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވީ، މި އަހަރުގެ ރިޔާސީ ބަޔާން، ރައްޔިތުންގެ މަޖިލީހަށް އިއްވަވަމުން މި އަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހުއެވެ. މި ބިއުރޯގެ މަސައްކަތްތައް ޢަމަލީ ގޮތުން ފެށޭނީ މި އަހަރުގެ މެދު […]

އެމެރިކާއި އީރާނާނާ ގުޅުންއޮންނަ ޓެރަރިސްޖަމާއަތްތަކެއް އަތުލައިގެންފި

އީރާނުގެ ދެކުނުގެ އިރުމަތީ ޕްރޮވިންސެއް ކަމަށްވާ ސިސްތާނާއި ބަލޫޗިސްތާނުގައި ހަރަކާތްތެރިވަމުންދިޔަ އިޒްރޭލާއި އެމެރިކާއާ ގުޅުން ހުރި ޓެރަރިސްޓް ޖަމާއަތްތަކެއް ނައްތާލައިފި ކަމަށް އިސްލާމިކް ރިވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރްޖީސީ) ބުނެފިއެވެ. އައިއާރްޖީސީގެ ގުދުސް ބޭސްގެ ޕަބްލިކް ރިލޭޝަންސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޖަމާއަތްތައް ނައްތާލުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ”ސެކިއުރިޓީ ޝަހީދުން“ ގެ ނަމުގައެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ އައިއާރްޖީސީގެ އެލީޓް ފައުޖުތަކުންނެވެ. މި އޮޕަރޭޝަނުގައި އެފައުޖުތަކުން ވަނީ އެމެރިކާއާއި އިޒްރޭލާ […]

އެމްޑީޕީގެ ބާރުތައް ރަށްތަކަށް ފަތުރާލާނަން: ސައްޕެ

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާނޭކަން އިއުލާން ކުރައްވާފައިވާ އެޕާޓީގެ ފައުންޑަރ އަހުމަދު ޝަފީގު (ސައްޕެ) ވިދާޅުވީ އޭނާ ޗެއަރޕާނަކަށް ހޮވައިފިނަމަ މާލޭގައި މަރުކަޒުކުރެވިފައިވާ އެމްޑީޕީ ހިންގުމުގެ ބާރުތަށް ޕްރޮވިންސް ތަކަށާއި އަތޮޅުތަކާއި ރަށްތަކަށް ފަތުރާލައްވާނޭ ކަމަށެވެ. އޭގެ އިތުރުން އެމްޑީޕީ މާލީގޮތުން ބާރުގަދަކޮށް ހިންގުމުގެ ބާރުވެރިކަމާއި މާލީބާރުވެރިކަށް ރަށްތަކަށް ފޯރުކޮށްދެއްވާނޭ ކަމަށާއި، ސަރަޙައްދުގެ ރަށްތަކުގެ ގުޅުން ވަރުގަދަކޮށް ރަށްރަށުގެ ހަރުގެ ތަކުގެ ޙަރަކާތްތަކުގެ ފޯރިއާ ޖޯޝް އިތުރުކުރައްވާނޭ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރު ޖަވާބު ދާރީ […]

ސަރަހައްދީ ގައުމުތަކާއެކު އޮންނަ ގުޅުން ރަނގަޅުވާނެ: އީރާނު

ސަރަހައްދީ ގައުމުތަކާއެކު އޮންނަ ގުޅުން ރަނގަޅުވާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެސްޕޯކްސް ޕާސަން ވިދާޅުވެއްޖެއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ސަރަހައްދީ ބައެއް ގައުމުތައް ކަމަށްވާ ސައުދީ އަރަބިއްޔާއީ،  ގަތަރާއި އޮމާންއާއެކު އޮންނަ ގުޅުން ރަނގަޅުކޮށް އެގައުމުތަކަށްދޭ ހަމަލާތައް ހުއްޓާލުމާ ބެހޭ އެއްބަސްވުމެއް ހެދުމާ ބެހޭގޮތުންވެސް އޭނާ ވާހަކަ ދެއްކެވިއެވެ. ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވިދާޅުވީ ސަރަހައްދުގެ އެކިދިމަދިމާގައި އެމެރިކާއިން އަސްކަރީ ފޭލިގެތައް ޖަހައިގެން ތިބޭތިބުމަކީ ސަލާމަތްތެރިކަމެއް އޮތްކަމެއް ނޫންކަމަށެވެ. އޭގެ […]