މިހާރު މިއޮތީ ހަނގުރާމަ ހުއްޓާލުމުގެ މަރުހަލާގައި: އީރާން

އަހުމަދު މުހައްމަދު
އޭޕްރިލް 16, 2026

އެމެރިކާ-އިޒްރޭލުން އީރާނާ ދެކޮޅަށްފަށައިފައިވާ ހަނގުރާމަ މިހާރުވަނީ ހުއްޓާލުމުގެ މަރުހަލާގައި ކަމަށް އީރާނުގެ މިނިސްޓަރަކު ވިދާޅުވެއްޖެއެވެ.

އީރާނުގެ އިންޓީރިއާ މިނިސްޓަރު އިސްކަންދަރު މޮމެނީ ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނީ އަވަށްޓެރި ޕާކިސްތާނުގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ މިއީ ޕާކިސްތާނުގެ މެދުކެނޑުމެއްނެތި ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އީރާނުން ޕާކިސްތާނުގެ އެ ދައުރު ހަނދާން ނައްތާނުލާނޭ ކަމަށް ވެސް ވިދާޅުވިއެވެ.

މޮމެނީ މިހެން ވިދާޅުވީ ޕާކިސްތާނުގެ ރައީސް ސައްޔިދު މުހްސިން ރަޒާ ނަގްވީއާ އެކު މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މި ބައްދަލުވުމުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާ މިންވަރު ހާމަކޮށްދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސިޔާސީ، އިގުތިސާދީ ދާއިރާ އާއި ބޯޑަރ އަދި ސަލާމަތީ ދާއިރާތަކުން ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން ޕާކިސްތާނާއެކު މަޝްވަރާ ކުރައްވާނޭކަމަށެވެ.

މި ވަގުތު ހުއްޓާލައިފައިވާ ހަނގުރާމައާ ބެހޭގޮތުން މިނިސްޓަރު ވިދާޅުވީ އީރާނަކީ 40 ދުވަސް ވަންދެން ނާޖާއިޒު ހަނގުރާމައެއްގެ ތެރެއަށް ވައްޓާލެވުނު ގައުމެއް ކަމަށެވެ. އެކަންކުރި  ދެ ކުށްވެރިންނަކީ އެމެރިކާ އާއި އިޒްރޭލު ކަމަށްވެސް ވިދާޅުވިއެވެ.

 

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *