އެމެރިކާއި އީރާނާނާ ގުޅުންއޮންނަ ޓެރަރިސްޖަމާއަތްތަކެއް އަތުލައިގެންފި

އަހުމަދު މުހައްމަދު
އޭޕްރިލް 16, 2026

އީރާނުގެ ދެކުނުގެ އިރުމަތީ ޕްރޮވިންސެއް ކަމަށްވާ ސިސްތާނާއި ބަލޫޗިސްތާނުގައި ހަރަކާތްތެރިވަމުންދިޔަ އިޒްރޭލާއި އެމެރިކާއާ ގުޅުން ހުރި ޓެރަރިސްޓް ޖަމާއަތްތަކެއް ނައްތާލައިފި ކަމަށް އިސްލާމިކް ރިވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރްޖީސީ) ބުނެފިއެވެ.

އައިއާރްޖީސީގެ ގުދުސް ބޭސްގެ ޕަބްލިކް ރިލޭޝަންސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޖަމާއަތްތައް ނައްތާލުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ”ސެކިއުރިޓީ ޝަހީދުން“ ގެ ނަމުގައެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ އައިއާރްޖީސީގެ އެލީޓް ފައުޖުތަކުންނެވެ. މި އޮޕަރޭޝަނުގައި އެފައުޖުތަކުން ވަނީ އެމެރިކާއާއި އިޒްރޭލާ ގުޅުން އޮންނަ ޓެރަރިސްޓު ޖަމާއަތްތައް ދެނެގަނެ އެންމެން ހައްޔަރު ކޮށްފައެވެ.

އަތުލައިގަތް ޓެރަރިސްޓް ޖަމާއަތްތަކުން ގިނަ އަދަދެއްގެ ހަތިޔާރު ވެސް ވަނީ ހޯދައިފައެވެ. އޭގެތެރޭގައި ބަޑިއާއި ބޮމާއި، މުވާސަލާތީ އާލާތްތައް ހިމެނެއެވެ.

އައިއާރްޖީސީން ބުނީ އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ތިންވަނަ ހަނގުރާމައެއް ފެށިފަހުން ދެކުނުއިރުމަތީ ސަރަހައްދުގައި ޒަޔަނިސްޓް ސަރުކާރާއި އެމެރިކާއާ ގުޅުން ހުރި ޓެރަރިސްޓް ޖަމާއަތްތަކުގެ 55 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 13 މީހަކު ވަނީ މަރާލައިފިއެވެ. ވެފަ އެވެ.

އީރާނުގެ އެތެރޭގައި ޖާސޫސު ކުރުމަށްވެސް އެމެރިކާ-އިޒްރޭލުގެ ޖާސޫސުން ދަނީ ހަރަކާތްތެރިވަމުންނެވެ. މި މީހުން ހޯދައި ނައްތާލުމުގެ މަސައްކަތް ވެސް އީރާނުންދަނީ ކުރަމުންނެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *