އީރާނަށް ދޭ ހަމަލާތަކަށް އިންސާފު ހޯދަން ޖެހޭ: އެފްއެމްގެ ތަރުޖަމާނު

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތަކަށް އިންސާފު ހޯދަންޖެހޭނޭ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ. ”އަޅުގަނޑުމެން މިކަން ކުރަން ޖެހޭނެ. އަދި އަޅުގަނޑަށް ހީވަނީ ހަމައެކަނި އީރާނުން ނޫން މުޅި ބައިނަލްއަގްވާމީ މުޖުތަމައު ވެސް ދަނީ މިކަމަށް މަސައްކަތް ކުރަމުން،“ އާރުއައިއޭ ނޮވޮސްޓީ ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި އިސްމައިލް ބަޤާއީ ވިދާޅުވި އެވެ. ”އެމެރިކާއާއި ޒަޔަނިސްޓް ދައުލަތުން އީރާނާ ދެކޮޅަށް ހިންގި އުދުވާނީ އަމަލުތަކުގައި ހިންގާފައިވާ ކަންކަމަކީ ބައިނަލްއަގްވާމީ ސުލްހައާއި ސަލާމަތާ ދެކޮޅަށް […]

ދުޝްމަނުންގެ އަތްދަށަށް އީރާނު ގެންދަން ކުރާ މަސައްކަތް ދުވަހަކުވެސް ކާމިޔާބުނުވާނެ: ހާތަމީ

އީރާނުގެ އަސްކަރިއްޔާގެ ޗީފް ކޮމާންޑަރު މޭޖަރ ޖެނެރަލް އާމިރު ހާތަމީ ވިދާޅުވީ، އެމެރިކާއާއި އިޒްރޭލު (ދުޝަމަނުން) ގެ ބާރުގެ ދަށަށް އީރާނު ގެންދަން ކުރާ މަސައްކަތް ދުވަހަކުވެސް ހަގީގަތަކަށް ނުވާނޭ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ އީރާނުގެ އިސް މަސްއޫލުވެރިން ސުލްހައިގެ ވާހަކަތަކުގައި އަވަދިނެތި އުޅުނުއިރު އެމެރިކާއިން ހަމަލާދީ ފައްތާލި މަނަވަރު ”އައިރިސް ޑެނާ“ އިން ސަލަމާތްވި ”ޑެނާ ފްލީޓްގެ 32 ބަޠަލުންނަށް“ މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އައިރިސް ޑެނާ އަށް އެމެރިކާ  […]