އީރާނަށް ދޭ ހަމަލާތަކަށް އިންސާފު ހޯދަން ޖެހޭ: އެފްއެމްގެ ތަރުޖަމާނު

ޟަމްރަތު އަހްމަދު
އޭޕްރިލް 17, 2026

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތަކަށް އިންސާފު ހޯދަންޖެހޭނޭ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

”އަޅުގަނޑުމެން މިކަން ކުރަން ޖެހޭނެ. އަދި އަޅުގަނޑަށް ހީވަނީ ހަމައެކަނި އީރާނުން ނޫން މުޅި ބައިނަލްއަގްވާމީ މުޖުތަމައު ވެސް ދަނީ މިކަމަށް މަސައްކަތް ކުރަމުން،“ އާރުއައިއޭ ނޮވޮސްޓީ ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި އިސްމައިލް ބަޤާއީ ވިދާޅުވި އެވެ.

”އެމެރިކާއާއި ޒަޔަނިސްޓް ދައުލަތުން އީރާނާ ދެކޮޅަށް ހިންގި އުދުވާނީ އަމަލުތަކުގައި ހިންގާފައިވާ ކަންކަމަކީ ބައިނަލްއަގްވާމީ ސުލްހައާއި ސަލާމަތާ ދެކޮޅަށް ހިންގި ޖަރީމާއެއް. މިއީ ހަނގުރާމައިގެ ޖަރީމާއެއް، އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާއެއް.“ އޭނާ ވިދާޅުވިއެވެ.

ތަރުޖަމާނު ވަނީ ޖެނީވާ މުއާހަދާގެ ދަށުން ބައިނަލްއަގްވާމީ އިންސާނީ ގާނޫނަށް އިހުތިރާމްކުރުމަށް މެންބަރުގައުމުތަކަށް ހަނދާންކޮށްދީފައެވެ. އެއާއެކު  އެ ގާނޫނުތައް ތަންފީޒު ކުރުމަށް ހުރިހާ މެމްބަރު ގައުމުތަކުން ވައުދުވެފައިވާކަންވެސް އޭނާ ފާހަގަކުރިއެވެ.

”މިއީ އީރާނުގެ ހުރިހާ ރައްޔިތުންގެ ދާއިމީ ޑިމާންޑަކަށް ވާނެ، އަދި އީރާނުގެ ރައްޔިތުންނާ ދެކޮޅަށް އެމީހުން ހިންގާފައިވާ ބިރުވެރި ޖަރީމާތަކަށް ޖަވާބުދާރީވުމަށް އަޅުގަނޑުމެންގެ މުޅި ދާޚިލީ ގާނޫނީ ނިޒާމުގެ އިތުރުން ބައިނަލްއަގްވާމީ ގާނޫނުތައް ބޭނުންކުރާނަން،“ ބަޤާއީ ފާހަގަކުރެއްވި އެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *