ޔަހޫދީންގެ ޙަޤީޤީ ސޫރަ ދުނިޔެއަށް ހާމަކޮށްލި ފޮތް!

ދުނިޔޭގައި އެފަދަ ފޮތެއް އޮތްކަމާއި، އެފޮތް ހިޓްލަރަށް ދެއްކުމުން، އެ ފޮތް ކިޔާފައި ސިހުން ލިބި، ޔަހޫދީން ޖަރުމަނުވިލާތުން ބޭރުކުރަން ނިންމި ވާހަކަ، ދުވަހަކުވެސް މީހަކު ކިޔައިދީފައިވޭ ހެއްޔެވެ؟ އެ ފޮތް، އެމެރިކާގެ އެންމެ ބޮޑު ސިނާޢީ ވިޔަފާރިވެރިޔާ ހެންރީ ފޯޑު އަތަށް އެރުމުން، މުޅި ދުނިޔެއަށް އެފޮތް ހާމަކުރުމަށް ގަސްތު ކުރިއެވެ. އެގޮތުން، އޭނާގެ ނޫހެއް ކަމަށްވާ ”ޑިއާރބޯން އިންޑިޕެންޑެންޓް“ ގައި ޖެހިޖެހިގެން 91 ހަފްތާ ވަންދެން، އެފޮތުގެ އެކިއެކި ބައިތައް ޝާއިޢުކުރިއެވެ. ސަޢޫދީ ޢަރަބިއްޔާގެ […]
ޓްރަމްޕަށް ހަމަލާދޭން މަސައްކަތް ކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ”ވައިޓް ހައުސް ކަރަސްޕޮންޑެންޓް ޑިނަރ“ ގައި ބައިވެރިވެ ވަޑައިގަންނަވަނިކޮށް ބަޑީގެ ހަމަލާއެއް ދީފިއެވެ. ބަޑީގެ އަޑުއިވުމާއެކު ޓްރަމްޕުގެ ހަށިފާރަވެރިންވަނީ އޭނާ އެތަނުން ނެރެފައެވެ. މި ފަރިއްކޮޅު ކުރިއަށް ދިޔައީ އެމެރިކާގެ ވޮޝިންޓަން ހިލްޓަން ހޮޓަލުގައެވެ. ބަޑިޖަހައިފައިވަނީ އިމާރާތުން ބޭރުގައެވެ. އެމީހާވަނީ ސެކިޔުރިޓީ ޗެކްޕޮއިންޓާ ކައިރިވެފައި ދުއްވައިގަނެފައެވެ. އޭނާ ދުއްވައިގަތީ ބަޑިޖަހަމުންނެވެ. މި ހާދިސާގައި ސެކިޔުރިޓީއެއްގެ ގަޔަށް ވަޒަނެއް އަމާޒުވިއެވެ. އެހެންނަމަވެސް އޭނާ ލައިގެންހުރި ބުލެޓް ޕްރޫފް ވެސްޓުގެ ސަބަބުން އޭނާ ސަލާމަތްވީއެވެ. […]
ޢާލަމީ ބޮޑު ސިއްރު

346 ޓްރިލިއަން ޑޮލަރުގެ ދަރަންޏެވެ. ހާސްނުވާށެވެ. މިއީ ޢާލަމީ މާލީ ނިޒާމު ކަމަށްވާ ބްރެންޓް ވޫޑުސް މާލީ ނިޒާމުގެ ހިމޭން ކުޅިވަރެވެ. އެމެރިކާ އޮތީ 38.9 ޓްރިލިއަން ޑޮލަރުގެ ދަރަންޏެއްގައި ޣަރަޤުވެފައެވެ. ޗައިނާ އޮތީ 18.7 ޓްރިލިއަން ޑޮލަރުގެ ދަރަންޏެއްގެ ތެރޭގައެވެ. ޖަޕާން އޮތީ 12.7 ޓްރިލިއަން ޑޮލަރުގެ ދަރަނީގެ ދަންތުރައެއްގައި ޖެހިފައެވެ. އިނގިރޭސިވިލާތް އޮތީ 4.1 ޓްރިލިއަން ޑޮލަރުގެ ދަރަންޏެއްގެ ތެރޭގައެވެ. އިންޑިއާ އޮތީ 3.4 ޓްރިލިއަން ޑޮލަރުގެ ދަރަންޏެއްގެ ތެރޭގައެވެ. ވިލާތުގެ އެންމެ ބޮޑު […]
ސަލާމަތީ ބޮޑު އޮޕަރޭޝަނަކަށް ސޯމާލިއާ ސިފައިން ނުކުމެއްޖެ

ރިޕޯޓްތައް ބުނާ ގޮތުގައި، ސޯމާލިއާގެ ކަނޑުގެ އައްސޭރިފަށުގެ ސަރަޙައްދުގައި، ސޯމާލިއާގެ ކަނޑުގެ ބާރުތަކުން ވަނީ ޕެޓްރޯލްކުރަން ފަށާފައެވެ. އެގޮތުން، އެ ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް ޙަރަކާތްތެރިވާ ކަނޑު އުޅަނދުތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ލައިސަންސް ނެތް ބައެއް އުޅަނދުތައް ހުއްޓުވައި، ހިފެހެއްޓުމުގެ މަސައްކަތް ސޯމާލިއާގެ ކަނޑުގެ ބާރުތަކުން ވަނީ ފަށާފައެވެ. ފާއިތުވި ތިން ދަސް އަހަރު ތެރޭގައި ސޯމާލިއާގެ ކަނޑުގެ ސަރަޙައްދުގައި ހަތިޔާރު އެތެރެކުރުމާއި، އިންސާނީ ވަގުފާރިކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ހިމެނޭ ގޮތަށް ނާޖާއިޒު އެތައް […]
ހަމަލާތަކުގެ ހެކި ބައިނަލްއަގުވާމީ ފަރާތްތަކަށް އީރާނުން ހުށަހަޅައިފި

އެމެރިކާއާއި އިޒްރޭލުން އީރާނުގެ އާންމު ރައްޔިތުންނާ ދެކޮޅަސް ދީފައިވާ ހަމަލާތަކުގެ ހެކި ބައިނަލްއަގުވީ ފަރާތްތަކަށް ހުށަހަޅަން އީރާނުން ނިންމައިފިއެވެ. އެގައުމުގެ ރެޑް ކްރެސެންޓް ސޮސައިޓީގެ ވެރިޔާ ވިދާޅުވީ، އެމެރިކާ-އިޒްރޭލުން އާންމުންނަށް އަމާޒުކޮށް ހަމަލާ ދިން ކަމުގެ ލިޔެކިޔުންތައް ރެޑް ކްރޮސް އާއި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް ހުށަހަޅާފައިވާ ކަމަށެވެ. ޕިރް ހުސައިން ކޫލިވަންދު މިހެން ވިދާޅުވީ ރެޑް ކްރެސެންޓް ސޮސައިޓީގެ ކަލްޗަރަލް ހެރިޓޭޖް، ޓޫރިޒަމް އެންޑް ހޭންޑީކްރާފްޓްސް […]
އީރާނުގެ ފަޚުވެރި ގައުމިއްޔަތު ސަބަބުން ވަރުގަދަ ވެއްޖެ

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރި ހަނގުރާމައިގެ ސަބަބުން އީރާނުގެ ގައުމިއްޔަތުގެ ރޫހު އިތުރަށް ވަރުގަދަވެ، ބޭރު މީހުންނަށް ބަރޯސާ ނުވުމަށް އީރާނުގެ ރައްޔިތުންނަށް ދަސްވެއްޖެ ކަމަށް ސަރުކާރުގެ ތަރުޖަމާން ފާތިމާ މޮހަޖެރާނީ ވިދާޅުވެއްޖެއެވެ. ”ފަހުން މިކުރި ހަނގުރާމައިގެ ސަބަބުން އަޅުގަނޑުމެންގެ ގައުމިއްޔަތު ވަރުގަދަވެ، ގައުމީ ފަޚުރުވެރިކަން އިތުރުވެއްޖެ. އަދި ކަންކަމުގައި ބޭރު މީހުންނަށް ބަރޯސާވެގެން ނުވާނެކަން އަޅުގަނޑުމެންނަށް ވިސްނިއްޖެ،“ މޮހަޖެރާނީ ވިދާޅުވި އެވެ. މޮންގޯލުންނާ ހަނގުރާމަ ކުރުމަށްފަހު އީރާނުން ހޯދި ކާމިޔާބީއަކީ އީރާން އިތުރަށް […]
އެމެރިކާގެ ކަނޑުފޭރޭ ޢަމަލުތަކަށް ވަރުގަދަ ހަމަލާއެއް ދޭނަން: އީރާން

އީރާން ސަރަހައްދުގައި އެމެރިކާގެ ކަނޑުގެ ސިފައިން ކަނޑުފޭރޭ އަމަލުތަކެއް ހިންގަމުންދާ ކަމަށާއި އެކަމަށް ވަރުގަދަ އަސްކަރީ ހަމަލާއެއް ދޭނޭ ކަމުގެ ވަރުގަދަ އިންޒާރެއް އީރާނުން ދީފިއެވެ. މިއިންޒާރު ދިނީ ޚަތަމުލް އަންބިޔާ މައިމަރުކަޒުންނެވެ. އެތަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާ އިން ގަލްފު ސަރަހައްދުގައި ކަނޑު ހުރަސް ކުރާފަރާތްތަކަށް ދުއްތުރާކޮށް ކަނޑުފޭރުން ފަދަ ހަރުކަށި އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދާނަމަ އީރާނުގެ ބާރުގަދަ އަސްކަރިއްޔާގެ ފަރާތުން ވަރުގަދަ ރައްދެއް ދޭނޭ ކަމަށެވެ. އެ ބަޔާނުގައި ބުނެފައި […]
