ދިޔަމިގިލި ދަރިކޮޅު

ދިޔަމިގިލި ދަރިކޮޅަކީ މިހާރުގެ ތ. ދިޔަމިގިއްޔަށް މިސްބަތްވާ ރަސް ދަރިކޮޅެކެވ. މިއީ ދިވެހިރާއްޖޭގައި ހަވަނައަށް ރަސްކަން ކުރެއްވި ދަރިކޮޅެވެ. މި ދަރިކޮޅުގެ ރަސްކަން ފެށުނީ މީލާދީން 1704 ވަނަ އަހަރު، މި ދަރިކޮޅުގެ ބާނީއަކީ ދިޔަމިގިލީ ބަންޑާރައިންނާ ހަމައިންނެވެ. ދިޔަމިގިލީ ބަންޑާރައިންނަށް ބޮޑު ބަންޑާރައިން ވެސް ކިޔައެވެ. މިއީ އައްސުލްޠާން މުޡައްފަރު މުޙައްމަދު އިމާދުއްދީން (ދެވަނަ) ސިރީ ކުލަ ސުންދުރަ ސިޔާކަ ސާސްތުރަ މަހާރަދުންނެވެ. މިރަދުން ރަސްކަމަށް އިސްވުމުގެ ކުރިން ހުންނެވީ މި ދަރިކޮޅުގެ ކުރިން ރަސްކަން […]

ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ: މެޓު

ހުވަދޫ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ގުގުގުރުމާއެކު ވާރޭވެހޭނޭ ކަމަށް މެޓުއޮފީހުން ވިދާޅު ވެއްޖެއެވެ. އެ އޮފީހުން ވިދާޅުވެފައި ވަނީ ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވިއްސާރަވެ ބޯކޮށް ވާރޭވެހޭނޭ ކަމަށް ލަފާކޮށް މެޓުއޮފީހުން ވަނީ ގއ. އިން ފެށިގެން އައްޑޫ ސިޓީއަށް ވައިޓުއެލާޓު ނެރެފައެވެ. މި އެލަރޓު ނެރެފައިވަނީ މިއަދު ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ހަމައަށެވެ.

ޓުރަމްޕު ބުނަނީ އީރާނުގެ އަސްކަރީ ޤާބިލުކަން ނައްތާލާފައިވާ ކަމަށް!

ޓުރަމްޕް ބުނާ ގޮތުން ”އީރާނުގެ ކަނޑުގެ ސިފައިންނެއް ނެތެވެ. ވައިގެ ސިފައިންނެއް ނެތެވެ. ރާޑަރެއް ނެތެވެ. އަދި އިސްދާނަކަމެއް ނެތެވެ.“ އަދި، އެމެރިކާގެ ”ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅެވެ.“ އެހެންވެއްޖެއްޔާ، ހަމައެކަނި އެމެރިކާގެ ދެ ޑިސްޓްރޯޔަރ ބޯޓް އައިކޮޅަށް ފަހަތަށް ފޮނުވާލީ ކޮންބައެއް ހެއްޔެވެ؟ ހުރުމޫޒު ކަނޑުއޮޅީގައި އެ އުޅެނީ ޖިންނީން ހެއްޔެވެ؟ ޓުރަމްޕުގެ އެ ދަޢުވާތައް، ހަމައެކަނި ފާއިތުވި 24 ގަޑިއިރުގެ ޙާދިސާތަކާ އެއްގޮތަށް ތަޙުލީލު ކޮށްލަމާ ހިނގާށެވެ!   މީގެ 24 ގަޑިއިރު ކުރިން […]