”ބޮޑުބަދަލު“ ކިޔައިދެއްވަން ފައްޔާޒު މާދަމާ ލ. އޮތޮޅަށް ވަޑައިގަންނަވަނީ

”ބޮޑުބަދަލު“ ކިޔައިދެއްވަން ފައްޔާޒު މާދަމާ ލ. އޮތޮޅަށް ވަޑައިގަންނަވަނ ްެއެމްޑިޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލާއި ރައީސް މުހައްމަދު ނަޝީދު މާދަމާ ލ. އަތޮޅަށް ވަޑައިގަންނަވާނެއެވެ. މިދަތުރަކީ ބޮޑުބަދަލު ކިޔައިދެއްވަން ކުރައްވާ ދަތުރެކެވެ. މި ދަތުރު ނިންމާ ލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ 15 ވަނަ ދުވަހުގެ ރޭގައެވެ. މި ދަތުރަށްފަހު 16 ވަނަދުވަހު ހެނދުނު މި ދެބޭފުޅުން ފުވައްމުލައް ސިޓީއަށް ވަޑައި ގަންނަވާނެއެވެ. މިދަތުރަކީވެސް ބޮޑުބަދަލު ކިޔައުދެއްވަން ކުރައްވާ ދަތުރެކެވެ. ދަތުރަށްފަހު އެނބުރި މާލެ ވަޑައުގަންނަވާނީ […]
އިސްލާމީ ޤައުމުތައް، އިސްލާމީ ކިހާމިންވަރަކަށް؟

ޖޯޖް ވޮޝިންޓަން ޔުނިވާސިޓީގެ ޕްރޮފެސަރު ޙުސައިން ޢަސްކަރީ ވަނީ އިސްލާމީ ޤައުމުތައް، އިސްލާމީ ކިހާ މިންވަރަކަށްތޯ ބެލުމުގެ ގޮތުން ދިރާސާއެއް ހަދާފައެވެ. އިސްލާމްދީނާ އެއްގޮތަށް ދައުލަތާއި، މުޖުތަމަޢުގެ ޤާނޫނުތަކަށް ތަބާވާ ޤައުމުތައް ހޯދި ހޯދުމުގައި، ދުވަހީ ދިރިއުޅުމުގައި އިސްލާމީ އަޙުކާމުތަކަށް ތަބާވާ ޤައުމުތަކަކީ، އިސްލާމީ ޤައުމުތައް ނޫންކަން އޭނާއަށް ފާހަގަކުރެވުނެވެ. އެ ދިރާސާއިން ދެއްކި ގޮތުގައި ”އިސްލާމީ އަޙުކާމުތަކާއި، އިސްލާމީ އުޞޫލުތަކަށް އެންމެ ބޮޑަށް ތަބާވާ ޤައުމަކީ ނިއުޒީލޭންޑެވެ. ދެވަނައިގައި އޮތީ ލަގުޒަމްބަރގެވެ. ތިންވަނައިގައި އޮތީ އަޔަރލޭންޑެވެ. […]
އަބުރު ރައްކާތެރު ކުރުމަށް ދައުވާ ކުރަން ދަސްކުރޭ: ރައީސް ޔާމީން

”އަދަދު‘ ނޫހުގެ ދެ ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައި، އެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ގޮވާލައްވައިފިއެވެ. ނޫސްވެރީން ކުރަމުންދަނީ ގައުމީ މަސައްކަތެއް ކަމަށާއި އަބުރު ރައްކާތެރިކުރަން ބޭނުންވާ ކަމަށްވާނަމަ އަބުރުގެ ދައުވާ ކުރަން ދަސްކުރަން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންފިއެވެ. ”ނޫސްވެރިން ކުރަނީ ގައުމީ މަސައްކަތެއް. އަބުރު ރައްކާތެރި ކުރުމުގެ ގޮތުން އަބުރުގެ ދައުވާ ކުރަން ދަސްކުރަމާތޯ“ އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ކޯޓުގެ […]
ނޫސްވެރި ކަމަށްދޭ ހަމަލާތައް ކާމިޔާބެއް ނުވާނެ: ރައީސް ސާލިހް

ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ދޭ ހަމަލާތައް ކާމިޔާބެއް ނުވާނޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އަދަދު ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމުން އެކަމަށް ފާޑުވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ މިނިވަންކަން ދިފާޢު ކުރުމުގައި ފަސްޖެހި ވަޑައިނުގަންނަވާ ކަމަށެވެ. ”ޤާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތަކާއި މިނިވަންކަން ދިފާޢު ކުރުމުގައި އަޅުގަނޑުމެން ދުވަހަކުވެސް ފަހެއް ނުޖެހޭނަން،“ އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދަދު ދެ ނޫސްވެރިއަކު […]
ނާޖާއިޒު ގޮތުގައި މިނިވަންކަން ބޭނުންކުރުން ދަނީ އަލިފާން ގަނޑެއްހެން ފެތުރެމުން: ހީނާ

މިޤައުމުގައި ސިޔާސީ މީހުންގެ އަބުރަށް އަރައިގަތުމާއި މީހުންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައިގެން އެކަމުން ސިޔާސީ ނަފާ ހޯދުމަށްޓަކައި ޤާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަން ނާޖާއިޒު ގޮތުގައި ބޭނުން ކުރުންދަނީ ރޯވަމުންދާ އަލިފާން ގަނޑެއްފަދައިން ފެތުރެމުން ކަމަށް މިނިސްޓަރ އޮފް ހެރިޓޭޖު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ހަމަކޮށްފައިވާ މެސެޖެއްގައި ހީނާ ވިދާޅުވެފައިވަނީ ރާއްޖޭގައި ހެދިފައިވާ ޤާނޫނުތައް ތަންފީޒު ކުރެވޭނޭ ކަމަށެވެ. އަދި ޤާނޫނުތަކާ ޚިލާފުވުމުން ފިޔަވަޅުވެސް އެޅޭނޭ ކަމަށެވެ. ”ޤާނޫނު ތަންފީޒު ކުރުމަކީ ހުރިހާ ރައްޔިތުންގެ […]
