ޑޮކްޓަރަށް ދައްކަން ގެންދިޔަ ގައިދީއަކު ފިލުމުން ހޯދައި ކަރެކްޝަނާ ހަވާލުކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކު ފިލައިގެން އުޅެނިކޮށް އޭނާ ހޯދުމަށްފަހު ކަރެކްޝަނާ ހަވާލުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އޭނާ ފިލީ ބޭސްފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް އިއްޔެގެ ވަގުތެއްގައެވެ. މި މައްސަލަ ފުލުހަށް ހަށަހަޅާފައިވަނީ 2026 މެއި 20 ވަނަ ދުވަހުގެ ރޭގައެވެ. އެމީހާ ހޯދުމަށްފަހު ކަރެކްޝަނާ ހަވާލުކޮށްފައިވަނީ މިއަދު ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މީހާއަކީ ލ. މައިބައިދޫ، ޝަބްނަމް ހައުސް، ހުސައިން ޝަހުބާން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރޭ: އެމްއެންޑީއެފް

މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އާއްމުގޮތެއްގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ. ދަތުރުކުރާ ކަމަށްވާނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސް ކޮށްފައިވެއެވެ. އަދި ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށް ވެސް ވަނީ އިލްތިމާސް […]

މިރެއާއި މާދަން ވެސް ވިއްސާރަ، ސަމާލުވޭ: މެޓު

މިރެއާއި މާދަމާ ވެސް ވިއްސާރަވާނޭ ކަމަށް މެޓުއޮފީހުން ބުނެފިއެވެ. ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކުގައި ވައިގަދަވެ ކަނޑުތައް ވަރަށްބޮޑަށް ގަދަވާނޭ ކަމަށް ބެލެވޭ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. އެ ސަރަހައްދުތަކަށް ވާރޭވެހި ގުގުރާނޭ ކަމަށްވެސް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ. މެޓުން ބުނެފައިވަނީ ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގުމޫސުމުގެ ވިއްސާރަ ކަމަށެވެ. ވޭތުވެދިޔަ 24 ގަޑިއުރު މެދުރާއްޖެތެރެއާއި އުތުރުގެ ބޮޑުބަޔަކަށް ވަނީ ވިއްސާރަކޮށްފައެވެ. ބައެއް ރަށްތަކަށް ބޯކޮށްވާރޭ ވެހިފައިވެއެވެ. އެންމެގިނައިން ވާރޭވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ […]