އީރާނުގެ ހަމަލާތައް ނުހުއްޓުވަން: އެމެރިކާ

އީރާނުން އެންމެފަހުން އިޒްރޭލަށްދިން މިސައިލާއި ޑްރޯން ހަމަލާތައް ހުއްޓުވަން މަސައްކަތް ނުކުރާ ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ބުނީ އީރާނުން އިޒްރޭލަށް ރޭދިން ބެލެސްޓިކް މިސައިލްތައް އެމެރިކާއިން ހުއްޓުވި ކަމަށް އިޒްރޭލުން ބުނެފައިވަނިކޮށް އެއަށް ރައްދު ދެމުންނެވެ. އޮފިޝަލް ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އީރާނުން ހަމަލާ ދިން އެއްވެސް މިސައިލެއް އެމެރިކާ ސިފައިން ހުއްޓުވަން އުޅެފައި ނުވާނޭ ކަމަށެވެ. އިޒްރޭލުގެ އަސްކަރިއްޔާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެގައުމުގެ ވައިގެ ދިފާއީ މަސައްކަތްތަކަށް […]
އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާދޭން ފަށައިފި

ހުޅުމާލޭ ފޭސް 2 ގައި ހިނގި އެކްސިޑެންޓެއްގައި އަނިޔަވި ދިވެއްސަކަށް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ އެމީހާއަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ. އެކްސިޑެންޓު ހިނގީ ހުޅުމާލެ ފޭސް 2 ގެ ހިތިގަސް މަގުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް، ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެންނެވެ. މިހާދިސާ ހިނގާފައިވަނީ ޖޫން ހަތްވަނަ ދުވަހުގެރޭގައެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ އެރެ ރޭ 21:26 އެހައިކަންހާއިރު އެވެ. ފުލުހުން […]
ވީރާނާވެފައިވާ ޖަންގައްޔަކަށް އިޒްރޭލު ބަދަލުކޮށްލާނަން: އީރާން

ލުބުނާނުގެ ކުށެއްނެތް ރައްޔިތުންނަށް އަމާޒުކޮށް، ޖައްބާރު އިޒުރޭލުން ހިންގަމުންދާ ލާއިންސާނީ އުދުވާންތައް ހުއްޓާނުލައި ކުރިއަށްގެންދާނަމަ، މުޅި އިޒުރޭލު ”ފުނޑުފުނޑުކޮށްލާނެ“ ކަމުގެ ވަރުގަދަ އިންޒާރު އީރާނުން ދީފިއެވެ. އީރާނުން ބުނެފައިވަނީ، އިސްރާއީލުގެ ނުބައިކަމާއި ނިރުބަވެރިކަން ހައްދުފަހަނައަޅައި ގޮސްފައިވާ މި ދަނޑިވަޅުގައި، އެ ސަހަރު ހިރަފުހާ އެއްކޮށްލައި، މީހުން އުޅޭނެ ތަނެއް ނެތް ފަޅު ޖަންގައްޔަކަށް ބަދަލުކޮށްލުމުގެ ފުރިހަމަ ގާބިލުކަން އެބަހުރި ކަމަށެވެ. މިއީ އިސްލާމީ އުންމަތުގެ ހިތްވަރުގަދަ މުޖާހިދުންގެ ފަރާތުން އެ ނުބައި ޔަހޫދީންނަށް އޮތް ބިރުވެރި އިންޒާރެކެވެ.
