އެމެރިކާގެ ހަނގުރާމައިގެ ދިގު ތާރީޚުގައި ކުރިމަތިވި އެންމެ ނުރައްކާތެރި ޙާލަތު!

ބާރަށް މަސްތުވެފައިވާ އެމެރިކާއިން ދަމަހައްޓަމުން އައި، ސުޕަޕަވަރުގެ ބޮޑާކަމާއި، ކިބުރުވެރިކަން އީރާނުން މިވަނީ ފުނޑުފުނޑު ކޮށްލާފައެވެ! މެދުއިރުމަތީގެ ހޫނުގަދަ ހަނގުރާމައިގެ މައިދާނުން، މިޒަމާނުގައި ބަޔަކަށް ފެންނާނެ އެންމެ ބޮޑު އަދި އެންމެ ބިރުވެރި ޙަޤީޤަތް މިވަނީ ފެންމަތިވެފައެވެ. ބާރުގެ މަސްތުގައި ލޯމަރާލައިގެން އެމެރިކާއިން ފެށި މި ހަނގުރާމައިގައި، އެމެރިކާ މިހާރު އޮތީ ނުރައްކާތެރި، ދަތި އުނދަގޫ ވަޅުގަނޑެއްގެ ތެރޭގައި ތާށިވެފައެވެ. އެ ވަޅުގަނޑުން އަރައިގަނެވޭނެ ގޮތެއް އަދި އެމެރިކާއަކަށް ނުފެނެއެވެ. ދުނިޔޭގައި މިހާތަނަށް އަޅާފައިވާ އެންމެ ހަރުކަށި […]

މީކާއީލްގެ މުސްތަގުބަލް ފެންނަނީ ވަރަށް އުޖާލާކޮށް: ރައީސް ސާލިހު

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ރައީސް ނަޝީދާ ވާދަކުރެއްވި ގަލޮޅު ދެކުނުދާއިރާގެ މަޖިލިސް މެންބަރު އަހުމަދު މީކާއީލް ނަސީމްގެ ސިޔާސީ މުސްތަޤުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ”އަނެއްކާ ވެސް އެމްޑީޕީ އިން ފެނިގެން މިދިޔައީ ޕާޓީ ގެ އެތެރޭގެ ޑިމޮކްރެސީ ފައްކާވެ ފުރިހަމަ ވަމުން އަންނަތަން،“ ކަމަށެވެ. ޕާޓީ އާގެން ކުރިއަށް ދާންވާނީ އެންމެން އެކީގައި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ޗެއަރޕާސަންގެ […]

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ނަޝީދުގެ ތަޖުރިބާ ބޭނުން ކުރައްވާނެ: ރައީސް ސާލިހު

އެމްޑީޕީއާގެން ކުރިއަށްދާންވީ އެންމެން އެކީގައި ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އިއްޔެ ބޭއްވި އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް މުޙައްމަދު ނަޝީދަށް މަރުޙަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސާލިހު ވިދާޅުވެފައިވަނީ ”އެމްޑީޕީ ގެ ޗެއަރޕާސަން އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް މުޙައްމަދު ނަޝީދަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން،“ ކަމަށެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މިވަގުތު ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީން ކުރަންޖެހޭ ސިޔާސީ މަސައްކަތްތައް ވަރަށްގިނަ ކަމަށެވެ. އެ […]

މިއީ އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު މޮޅެއް: ނަޝީދު

އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމަށް ރައީސް ނަޝީދު ހޮވައިދިން ކަމަށްޓަކައި އެމަނިކުފާނު އެމްޑީޕީގެ މެންބަރުންނަށް ޝުކުރު އަދާ ކުރައްވައިފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ”އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި ”ބޮޑުބަދަލު“ ކެންޕޭން ޓީމަށް ނުހަނު ގިނަ ޝުކުރު،“ ކަމަށެވެ. އެމަނިކުފާނަށް ވޯޓު ދެއްވައި ޗެއަރޕާސަން ކަމަށް އިންތިޚާބު ކޮށްދެއްވުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ އިތުރުން އިސްލާހީ މަސައްކަތަށް ވެސް ލިބުނު މޮޅެއް ކަމަށް ވަނީ ވިދާޅުވެފައެވެ. ”މިއީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއާއި އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު މޮޅެއް،“ […]

މޭ މަހު ލިބުނީ ދެ ބިލިއަން ރުފިޔާ: މީރާ

ނިމިގެން ދިޔަ މޭ މަހު މީރާއަށް ލިބިފައިވާ ޖުމުލަ އާމްދަނީ އަކީ 2.05 ބިލިއަން ރުފިޔާ ކަމަށް އެ އިދާރާއިން ބުނެފިއެވެ. މި އަދަދަކީ މޭ 2026 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 0.3% ދަށް އަދަދެއް ކަމަށް ވެސް ވަނީ ބުނެފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ  5.8%ދަށް އަދަދެއް ކަމަށް ވެސް އެތަނުން ވަނީ ބުނެފައެވެ. ”މޭ 2026 އަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ  0.3%ދަށްވި މައިގަނޑު އެއް ސަބަބަކީ […]

ސަބަބު (ތޭރަވަނަ ބައި)

ޖުވޭދާ އަހަރެންގެ އަތްދަނޑި މައްޗަށް ލައިގެން ގެންގޮސް ދެކުދިން ނިދާ ކޮޓަރީގެ، އޭނާގެ އެނދުގައި މަޑުމަޑުން ބާއްވާލީމެވެ. އަދި ކައިރީގައި ހުރި މޭޒުމަތީގައި ހުރި ފެންތަށި ނަގާ، އެއިން ފެންފޮދެއް ޖުވޭދާގެ މޫނުމައްޗަށް ބުރުވާލީމެވެ. އޭނާ ކުޑަކޮށް ތެޅިލާފައި މަޑުމަޑުން ލޮލުގެ އެސްފިޔަ ތަޅުވާލިއެވެ. އެވަޤުތު ޖުމާނާ ކައިރީގައި އިށީންދެލާފައި ޖުވޭދާ ތެދުވެލަން އެހީތެރިވެދިނެވެ.  މަޑުމަޑުން ތެދުވެލާފައި ޖުވޭދާ އޭނާގެ ލޯ ހުޅުވާލިއެވެ. ”ބައްޕަ އައީތަ؟ އަހަރުމެން ގެންދަން ދޯ އެއުޅެނީ؟“ އެހެން ބުނުމާއިއެކު އޭނާގެ ލޯމަތީގައި […]