މީހުން ބިނާކުރުމުގައި ވުނަކުރުމަކީ، އެންމެ ފައިދާހުރި ވުނަކުރުން: ސާޖިދާ

މީހުން ބިނާކުރުމުގެ ދާއިރާގައި ވުނަކުރުމަކީ، ކޮންމެ މުޖުތަމަޢަކަށްވެސް ކުރެވޭނެ އެންމެ ފައިދާހުރި ވުނަކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ފާހަގަކުރައްވައިފިއެވެ. އެކަމަނާ މިފަދައިން ފާހަގަކުރެއްވީ، 13 ވަނަ މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީގެ ބައެއްގެ ގޮތުގައި މިއަދު ބޭއްވި، 8 ވަނަ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި) ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޮންލައިންކޮށް ކުރިއަށްގެންދެވުނު މި ސަމިޓްގައި، އެފްރިކާ އަދި އޭޝިއާ ޤައުމުތަކުގެ ފަސްޓް ލޭޑީންނާއެކު ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، […]

ސްކޭމްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ސްކޭމްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވަނީ އެމީހާގެ ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ. ފުލުހުން ވިދާޅުވެފައިވަނީ ވީޑިއޯ އިން ފެންނަ މީހާއަކީ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ، ސްކޭމްގެ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެފައިވާ މީހެއްކަމަށެވެ. ނަމަވެސް އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ މިހާތަނަށް ހޯދިފައިނުވަނީ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.  ”ވީމާ، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެންޓި ސްކޭމް ސެންޓަރުގެ ނަންބަރު 9212020 އަށް ގުޅުއްވައި […]

ރައީސް ޑައިވަރުންގެ އަގު ވަޒަން ކުރައްވައިފި

ވ. އަތޮޅުގައި ކުރިއަށްގެންދިޔަ ޚާއްސަ ޑައިވިން އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒަންކުރައްވައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި އޮޕަރޭޝަންގައި ބައިވެރިވި ފަރާތްތަކުގެ އަގުވަޒަންކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންއާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް ހަސަން ރަޝީދު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ބަންޑާރަކޮށީގައި ބޭއްވި މި ރަސްމިއްޔާތުގައި ކޮމިޝަނަރ […]

ރާއްޖެއަށް އެތެރެކުރަން އުޅު ވޭޕް ކާޓްރިޖު ތަކެއް އަތުލައިގެންފި

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި ކަމަށް މޯލްޑިވްސް ކަސްޓަމްސްއިން ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މި ފެނިފައިވަނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓަކުންނެވެ. އޭގައި ޤާނޫނާ ޤަވާއިދާ ޚިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން، ބުދަ ދުވަހު ޚާއްސަ އޮޕަރޭޝަނެއް ވަނީ އެކަމާ ގުޅިގެން ހިންގާފައެވެ. މި އޮޕަރޭޝަން ހިންގީ، މާލޭ ކޮމާޝަލް ހާބަރުގައެވެ. މިއޮޕަރޭޝަންގައި ”ޖެނެރަލް ކާގޯ“ގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއް ބަލާ ފާސްކުރިއިރު، އެ […]

ޤަވާޢިދާ ޚިލާފަށް އުޅެމުންއައި ބާރަ ބިދޭސީއަކު ހައްޔަރުކޮށްފި

ސައްޙަ ވިސާއެއް ޤަވާޢީދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 12 ބިދޭސީއަކު ހައްޔަރުކޮށްފި ކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. އެމީހުން ހައްޔަރު ކޮށްފައިވަނީ ހުޅުމާލެއިންނެވެ. ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެމަސައްކަތުގެ ތެރެއިން މޯލްޑިވްސް އިމިގްރޭޝަނުން ގެންދަވަނީ ކެނޑިނޭޅި އެމަސައްކަތް ކުރައްވަމުންނެވެ. މި މަސައްކަތްތަކުގެ ދަށުން ތަފާތު އެކި ޕްރޮގްރާމްތައް ދަނީ އެތަނުން ގެންދަވަނީ ހިންގަވަމުންނެވެ. މި މަސައްކަތުގެ ދަށުން މި މަހުގެ 15ވަނަ ދުވަހު އިމިގްރޭޝަނުން ވަނީ ހުޅުމާލެ […]

ހިޖުރަކުރުމުގެ މައްސަލައަށް ހައްލު ހޯދަން ނާއިބު ރައީސް ގޮވާލައްވައިފި

މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ހިޖުރަކުރުމުގެ މައްސަލަތަކަށް ޙައްލު ހޯދުމަށް ބައިނަލްއަޤުވާމީ އެއްބާރުލުން އިތުރުކުރުމަށް ރާއްޖޭގެ ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަތީފު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ ޖަރުމަނުވިލާތުގެ ބާލިންގައި ކުރިއަށްދާ ”ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026“ ގެ މަތީ ފަންތީގެ ލީޑަރުންގެ ސެޝަންގައި މިއަދު ތަޤުރީރު ކުރައްވަމުންނެވެ. މި ފޯރަމުގައި ތަޤުރީރު ކުރައްވަމުން ނާއިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވީ މޫސުމީ ނޭދެވޭ އަސަރުތަކާ ކުރިމަތިލާންޖެހިފައިވާ ނާޒުކު ޤައުމުތަކަށް ބޭނުންވާ […]

މުޙައްމަދު ނިޔާޒު: އެގްޒެކެޓިވް ލީޑަރެއް، އައު ފުރުޞަތުތަކަށް ތައްޔާރު!

މ. ރަތްމަންދުއަށް އުފަން މުޙައްމަދު ނިޔާޒަކީ ސްކޫލް ދައުރުގައިވެސް މޮޅު ދަރިވަރެކެވެ. ވާހަކަ ދެއްކުން ތެރިއެކެވެ. މީހުންނާ ގުޅޭ މީޒާޖެއްގެ ވެރިއެކެވެ. ސްކޫލް ނިންމާލުމަށްފަހު މަތީ ތައުލީމް ހާސިލް ކުރެއްވިއެވެ. އެއަށްފަހު ދައުލަތުގެ އިދާރާތަކާއި، މާލީ، ޝަރުޢީ، ތަޢުލީމީ ދާއިރާގައި 27 އަހަރަށްވުރެ ގިނަ ދުވަހު ފާހަގަކޮށްލެވޭ އަގުހުރި ޚިދުމަތްތަކެއް ކުރެއްވިއެވެ. އެއަށްފަހު މުޙައްމަދު ނިޔާޒް ވަނީ 2026 ޖޫން 10 ވަނަ ދުވަހު އޭރު އޭނާ އަދާކުރައްވަމުން ގެންދެވި ވަޒީފާއިން ވަކިވެ ވަޑައިގެންފައެވެ. އޭރު ހުންނެވީ […]