ޚާމަނާއިގެ ހަނދާންތަކުން އަންނަންއޮތް ޖީލުތަކަށް ހިތްވަރު ލިބޭނެ: ސަފީރު

އީރާނުގެ އިސްލާމީ އިންޤިލާބުގެ ލީޑަރު އާޔަތުالله ސައްޔިދު އަލީ ޚާމަނާއީ ޝަހީދު ކޮށްލިޔަސް އެމަނިކުފާނުގެ ހަނދާންތައް ނައްޔާ ނުލެވޭނޭ ކަމަށް އީރާނުން ޖަރުމަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ. ޚާމަނާއީ ޝަހީދުކޮށްލުމަކީ އިޒްރޭލާއި އެމެރިކާއިން ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. ”މިނިވަން ވިސްނުންތެރި ޖަރުމަނު މީހުންނަށް“ މުޚާޠަބު ކުރައްވައި ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އާޔަތުالله ޚާމަނާއީ އަވަހާރަކޮށްލުމަކީ ވަރަށް ބޮޑު ޖަރީމާއެއް ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ އެހެން ގައުމެއްގެ ސިޔާސީ ބޭފުޅަކު ޝަހީދު ކޮށްލުމަކީ […]
ކިރިޔާ ނޭއްގާނި އަމަލެއް ހިންގާލިޔަސް ވަރުގަދަ ލަގާއެއް ދޭނަން: އީރާން

އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅައިފި ކަމަށްވާނަމަ ވަރުގަދަ ރައްދެއްދޭނޭ ކަމުގެ އިންޒާރު އީރާނުން ދުޝްމަރުންނަށް ދީފިއެވެ. އެގައުމުގެ އަސްކަރިއްޔާގެ ތަރުޖަމާން ބްރިގޭޑިއަރ ޖެނެރަލް މުހައްމަދު އަކްރަމީނިއާ މިހެން ވިދާޅުވީ އީރާނުގެ ކުރީގެ ލީޑަރު އާޔަތުالله ސައްޔިދު އަލީ ޚާމަނާއީގެ ޖަނާޒާގެ ހަވާސާގައި އިރްނާ އަށް ދެއްވި އިންޓަވިއުއެއްގައެވެ. އެ އިންޓަރވިއުގައި އޭނާ ވިދާޅުވެފައިވަނީ ކުރިއަށްއޮތް ތަނުގައި އީރާނުން ގެންދާނީ އަސްކަރީ ގާބިލްކަން ވަރުގަދަ ކުރަމުން ކަމަށެވެ. އީރާނުގެ އަސްކަރިއްޔާ އިން ތަކުރާރުކޮށް ބުނަމުން ދަނީ މިވަގުތު […]
ޚާމަނާއީގެ ޖަނާޒާގައި ބައިވެރިނުވުމަށް އެމެރިކާއިން އިންޒާރު ދިނުން!

ޝަހީދު ސައްޔިދު ޢަލީ ޚާމަނާއީގެ ޖަނާޒާ ބޭއްވުނަ ނުދޭން އެމެރިކާއިން ލައްކަ މަސައްކަތް ކުރިއެވެ. މިއީ، ވަރަށް ޝައުޤުވެރި ވާހަކައެކެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ 26 ޖޫންގައި ދުނިޔޭގައި ހުރި އެމެރިކާގެ ހުރިހާ ސާފާރާތަކަށް ސިއްރު ސިޓީތަކެއް ފޮނުވާފައިވެއެވެ. އެ ސިޓީތަކުގެ މަޤުޞަދަކީ، ދުނިޔޭގެ ޤައުމުތަކުން ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވުން ހުއްޓުވުމެވެ. އެ ސިޓީތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވުމަކީ ބޭރަޙުމަތްތެރި ކަމުގެ ޢަމަލެއްގެ ގޮތުގައި އެމެރިކާއިން ދެކޭނެއެވެ. އަދި، ޚާމަނާއީގެ ޖަނާޒާގައި […]
ކަރުނައާއި އުންމީދުގެ ކުރިމަތިލުމެއް: ސަމްބާގެ ޖާދޫ ނޯވޭގެ ހިތްވަރާ ދެކޮޅަށް!

މިއީ ހަމައެކަނި ފުޓްބޯޅަ މެޗެއް ނޫނެވެ. މިއީ ގައުމީ ލެޔާއި، ޝަރަފާއި، އެތައް މިލިއަން ބައެއްގެ ހުވަފެންތަކާ ގުޅިފައިވާ ހިތް ހުއްޓޭފަދަ ބޮޑު ހަނގުރާމައެކެވެ. ޖުލައި 6 ވާ ހޯމަ ދުވަހު، ފީފާ ވޯލްޑް ކަޕްގެ ފެހި ދަނޑުމަތީގައި ބްރެޒިލް އާއި ނޯވޭ ކުރިމަތިލާއިރު، މުޅި ދުނިޔެ އޮންނާނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެއްކޮޅުން ފެނިގެންދާނީ ފުޓްބޯޅައަކީ ދިރިއުޅުން ކަމަށްދެކޭ ބްރެޒިލްގެ ރީތި މޮޅު ހުނަރެވެ. އަނެއްކޮޅުން ފެންނާނީ ފަސްޖެހުމެއް ނެތް، ފަރުބަދައެއް ފަދަ ވަރުގަދަ ނޯވޭގެ ހިތްވަރެވެ. […]
ސަތާރަ މަސްދޯންޏަކަށް އެއް މިލިއަން ރުފިޔާ ދޫކޮށްފި

މިހިނގާ ޖުލައި ދެވަނަ ދުވަހުގެ ނިޔަލަށް މިފްކޯ އަށް މަސްކިރުވި ދޯނިތަކަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި ކަމަށް މިފްކޯއިން ބުނެފިއެވެ. މި އަދަދުގެ ތެރޭގައި އެކުންފުންނަށް ކިރުވާފައިވާ ކަންނެލީގެ ފައިސާ ވެސް ހިމެނޭ ކަމަށް އެކުންފުނީން ވަނީ ބުނެފައެވެ. މިފައިސާ އެކައުންޓުތަކަށް ޖަމާކޮށްފައިވަނީ 4 ޖުލައި 2026 ވަނަ ދުވަހު ކަމަށްވެސް ވަނީ ބުނެފައެވެ. ކަޅުބިލަމަހާއި ކަންނެލި މަސްދޯނިފަހަރު ހިމެނޭހެން ޖުމްލަ 17 ދޯންޏަކުން އެކުންފުންޏަށް މަސްކިރުވާފައިވާފައިވެއެވެ. މި ދޯނިފަހަރަށް ދޫކޮށްފައިވަނީ ޖުމްލަ […]
އެމްޑީޕީއަށް ރާއްޖެ ބަދަލުކުރެވިދާނޭ ކަމަށް ރައްޔިތުން ގަބޫލުކުރޭ: ފައްޔާޒު

އެމްޑީޕީ މިހާރު އޮތް ގޮތަށް އެކަތިގަނޑެއްގެ ގޮތުގައި އޮތުމުން ރާއްޖެއަށް ހެޔޮބަދަލެއް ދެންވެސް ގެނެވޭނީ އެމްޑީޕީއަށް ކަމަށް އެޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވުމަށްފަހު އަލުން ޕާޓީއާ ގުޅި ވަޑައިގެން ޕާޓީގެ ޗެއަރޕާސަންގެ މަގާމާ ޙަވާލުވެ ވަޑައިގަތުމާ ގުޅިގެން ފައްޔާޒާ ސުވާލު ކުރުމުން ވިދާޅުވީ ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއިދުކުރާ މެންބަރުން ވެސް ހިމެނޭހެން އެންމެން ގުޅިގެންނޫނީ ކައިރި މުސްތަގުބަލެއްގައި އެމްޑީޕީއަކަށް ކާމިޔާބެއްނުލިބޭނޭ ކަމަށެވެ. އެމްޑީޕީގެ ވެރިކަން ބަދަލުވީފަހުން […]
