އެމްޑީޕީގެ މަގުޗާޓު ކޮމިޓީ އެކުލަވާލައިފި

އެމްޑީޕީން އެކުލަވާލައިފައިވާ މިމަގު ޗާޓުގެ މައްސަކަތް ނިންމުމަށް އެޕާޓީގެ ޗެއަރޕާސަން މުޙައްމަދު ނަޝީދު ކޮމިޓީއެއް އެކުލަވާލައްވައިފިއެވެ. މިކޮމިޓީގެ މެންބަރުންނަކީ: އަލްއުސްތާޛް ފައްޔާޟް އިސްމާއިލް (މުޤައްރިރު) – މއ. ބޯގަންވިލާ / މާލެ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ – ގ. އޮއިނާށި / މާލެ އަލްއުސްތާޛް އިމްތިޔާޒް ފަހްމީ – މ. އަފްޒާ / މާލެ އަބްދުﷲ ސާދިޤް – ކައުސަރު / ސ. ހިތަދޫ އަލްއުސްތާޛް މައުރޫފް އަޙްމަދު – ނިއުލައިޓް / ލ. ކަލައިދޫ […]
ޚާމަނާއީގެ ޖަނާޒާގައި ބައިވެރި ނުވެވުނީ ޕްރޮޓޮކޯލަށް އައި ބަދަލެއްގެ ސަބަބުން: ޚާރިޖިއްޔާ

އިރާނުގެ ސުޕްރީމް ލީޑަރ، ޝަހީދު އާޔަތުالله އަލީ ޙާމަނާއީގެ ޖަނާޒާގައި ރާއްޖެއިން ބައިވެރި ނުވެވުނު ސަބަބު ދިވެހި ޚަރިޖިއްޔާއިން ހާމަކުރައްވައިފިއެވެ. ޚާރިޖިއްޔާއިން ވިދާޅުވެފައިވަނީ 03 ޖުލައި ވީ ހުކުރު ދުވަހު ބޭއްވި ޚާމަނާއީގެ ރަސްމީ ޖަނާޒާ ބައިވެރިވެވަޑައިގަތުމަށް ދިވެހި ސަރުކާރަށް ދައުވަތު ލިބުނު ކަމަށެވެ. އެ ދަޢުވަތު ރާއްޖެއިން ގަބޫލިކޮށް ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާނީ ދިވެހިރާއްޖޭން ސަޢުދީ އަރަބިއްޔާއަށާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު ކަމުގައި އިރާން ސަރުކާރަށް […]
ލިޔުންތެރިންނަކީ ތަހުޒީބީ ފިކުރު ދަރީންގެ ހިތްތަކުގައި އަށަގެންނެވި ބައެއް: ހީނާ

ލިޔުންތެރިންނަކީ ތަހުޒީބީ ފިކުރާއި ޤައުމިއްޔަތުގެ ރޫޙު ދަރީންގެ ހިތްތަކުގައި އަށަގެންނެވި ބައެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ލިޔުންތެރިންނަށް ތަހުނިޔާ ފޮނުއްވަމުން ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި މެސެޖުގައި ވަޒީރު ދިވެހި ލިޔުންތެރިންނަކީ ރާއްޖޭގެ ފުރަތަމަ މަޖައްލާ ”އަލްއިޞްލާޙު“ގެ ޢިލްމީ މަޒުމޫނުތަކުން ޤައުމު ހޭލުންތެރިކުރުވައި، ”ވާހަކަ ކޮމިޓީ“ގެ އުފެއްދުންތެރިކަމުން ދިވެހިންގެ ކިޔުންތެރިކަމަށް ދިރުންދިން ބައެއް ކަމަށެވެ. ލިޔުންތެރިންގެ ދުވަސް […]
އޭއައިއަކީ ނަމަކަށް ކުރާ މަސައްކަތެއް ނޫން: ވަޒީރު އިހްސާން

އޭއައިއަކީ ހަމައެކަނި ނަމަކަށް ނުވަތަ ޝަރަފަކަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންކުރާނެ މުހިންމު ވަސީލަތެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ”ގްލޯބަލް ޑައިލޮގް އޮން އޭއައި ގަވަރނެންސް“ ސަމިޓު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މޯލްޑިވްސް 2.0ގެ ދަށުން ރާއްޖެއިން މަސައްކަތް ކުރަމުން ދަނީ އޭއައި ބޭނުންކޮށްގެން ޚިދުމަތްތައް ދިނުމުގައި ބަދަލެއް ގެނައުމަށް ކަމަވެސް އެމަނިކުފާނު […]
މަސްވެރިކަމުގައި އައު އީޖާދީ ވަސީލަތްތައް ބޭނުން ކުރުމުން ކާނާގެ ރައްކާތެރިން ކަށަވަރުވާނެ

މަސްވެރިކަމުގައި އައު އީޖާދީ ވަސީލަތްތައް ބޭނުން ކުރުމުން މުޅި ސަރަޙައްދުގެ ކާނާގެ ރައްކާތެރިކަމާއި އިގްތިސާދީ ތަނަވަސްކަން ކަށަވަރުވެގެންދާނޭ ކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ވިޔަފާރީގެ ގޮތުން މުހިންމު ކަނޑުމަހުގެ ބާވަތްތަކާ ގުޅޭގޮތުން ބޭއްވި ސާކް ސަރަޙައްދީ މަޝްވަރާ ބައްދަލުން އިފްތިތާހް ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. މުޙައްމަދު މުއްޠަލިބް ވަނީ ރާއްޖެއަށް ވަޑައިގެންނެވި މަންދޫބުންނަށް މަރުޙަބާ ދަންނަވައި، ސަރަޙައްދީ އެއްބާރުލުމާއި، މަޢުލޫމާތު ޙިއްސާކުރުމާއި، […]
ރޭ މިޞްރުން ކުޅެންޖެހުނީ ފީފާއާއި، ވީއޭއާރާއި، ރެފްރީންނާ ވެސް ދެކޮޅަށް

ރޭގަ މިޞްރުން ދުނިޔެއަށް ސާބިތުކޮށްދިނީ މިޞްރުގެ ފުޓްބޯޅަ ޓީމަކީ ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ޓީމު ކަމެވެ. ހަމައެކަނި މިޞްރުގެ ކުޅުންތެރިން ހިމެނޭ އެ ޓީމުން، އެމީހުންގެ ހުށިޔާރުކަމާއި، ކުޅަދާނަކަން ރޭގައި ދުނިޔެއަށް ދައްކުވައިދިނެވެ. ދުނިޔޭގެ އެންމެންނަށް ފެންނާނެ ފަދައިން ފީފާގެ ނުފޫޒާއި، ބޭއިންސާފު އެޑްވާންޓޭޖްތަކެއް ނެތި އާޖެންޓީނާއަކަށް ރޭގެ މެޗުން މޮޅެއް ނުވެވުނީހެވެ. މިޞްރުގެ ކުޅުންތެރިންނާ ދޭތެރޭގައި ފީފާއިން ހިންގި ޖަރީމާއާއި، ޢަމަލުކުރި ނުޙައްގު ގޮތް، ދެލޯ ކަނު މީހަކަށް ވެސް އެނގޭ މިންވަރަށް […]
ދިވެހި އަސްކަރީ އެވޭލާ ތާރީޚު-4

ދިވެހި ލަޝްކަރުގެ އަމުރުފީތާ (ޗެއިން އޮފް ކޮމާންޑް) ދިވެހީންގެ ލަޝްކަރަކީ ޤައުމުގެ މިނިވަންކަން ދިފާޢުކުރުމުގައި އެތައް ހަނގުރާމަތަކެއް ކޮށްފައިވާ ފަޚުރުވެރި ލަޝްކަރެކެވެ. އަދި ބާރުގެ ގޮތުން ނުބައްދަލު ބާރުތަކުގެ ކުރިމަތީގައި ވެސް ހިތްވަރާއެކު ހަނގުރާމަކޮށް ދިވެހީންގެ މިނިވަންކަން ދެމެހެއްޓި އަދި ޤައުމަށް ޓަކައި މަތިވެރި ޤުރުބާނީތަކެއް ވެފައިވާ ލަޝްކަރެކެވެ. މި ހަނގުރާމަތައް މި ލަޝްކަރުން ކޮށްފައިވަނީ ވަރަށް ހަރުދަނާ ރޭވުންތެރިކަމަކާއި އިންތިޒާމެއްގެ މަތިންނެވެ. ތަރުތީބީ ގޮތެއްގައި އެންމެމަތިން ފެށިގެން އެންމެ ދަށަށް ވެސް އަމުރުތަކުގެ ސިލްސިލާ ދައުރުވާ […]
މަޢުލޫމާތު ހޯދަން އެދޭ ފަރާތްތަކަށް ދުވަހުން ދުވަހަށް މަޢުލޫމާތުދެން: މާލެސިޓީ ކައުންސިލް

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގާނޫނުގެ ދަށުން (އާރުޓީއައި) މެދުވެރިކޮށް މަޢުލޫމާތު ހޯދަން އެދޭ ފަރާތްތަކަށް، ޚާއްޞަ އިސްކަމެއް ދީގެން، ދުވަހުން ދުވަހަށް ފުރިހަމައަށް މަޢުލޫމާތު ފޯރުކޮށްދެމުން އަންނަ ކަމަށް، މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. މާލެ ސިޓީކައުންސިލްގެ މޭޔަރުކަމުގެ މަޤާމާ މި ހާރުގެ މޭޔަރ އާދަމް ޢާޒިމް އިންތިޚާބުވެ ވަޑައިގެންނެވި ފަހުން، ކޮންމެ ހަފުތާއެއްގައި ބާއްވާ ވެރިންގެ ބައްދަލުވުމުގެ އެޖެންޑާގެ އެންމެ ފުރަތަމަ ނަމްބަރަކަށް އޮންނީ އާރުޓީއައި މެދުވެރިކޮށް މަޢުލޫމާތު ހޯދުމަށް އެދިފައިވާ ފަރާތްތަކަށް މަޢުލޫމާތު […]
ފުންފަޅު ހާދިސާ: އެހީތެރިކަން ފޯރުކޮށްދިނުމަށް ނުވަދިހަ ފަސްހާސް ރުފިޔާ

ގ. ފުންފަޅުގޭގައި ޖުލައި ފަސްވަނަދުވަހުގެރޭ ހިނގި އަލިފާނުގެ ހާދީސާގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް މިހާތަނަށް 95،000ރ (ނުވަދިހަ ފަސްހާސް) ރުފިޔާ ވަނީ ޚަރަދުކުރެވިފައި ކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިފައިސާ ޚަރަދުވީ ކެއުމާއި ބޯހިޔާވަހިކަމަށެވެ. އެމްއެންޑީފުން ވިދާޅުވެފައިވަނީ މި ހާދިސާއާ ގުޅިގެން، އެ އިމާރާތުގެ 22 އެޕާޓްމަންޓެއްގައި ދިރިއުޅޭ 93 މީހަކަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައި ކަމަށެވެ. މީގެ އިތުރުން އަލިފާން ރޯވި 5 ވަނަ ފަންގިފިލާގެ ތިން […]
