ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އެމެރިކާގެ ވަގު ތެޔޮ ބޯޓެއް އީރާނުން ހިފައިފި
ދުނިޔެ

އެމެރިކާގެ ވަގު ތެޔޮ ބޯޓެއް އީރާނުން ހިފައިފި

އއިބްރާހީމްް ސަމީރު14 ޑިސެމްބަރު 2025
ގަލްފް އޮފް އޮމާންގައި ވަގަށް ތެޔޮ އުފުލަމުން ދިޔަ އެމެރިކާގެ ތެޔޮ ބޯޓެއް އީރާނުން ހިފަހައްޓައިފިއެވެ. އީރާނުގެ މީޑިއާއިން ބުނެފައިވަނީ ހުކުރު ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ރޭ ކުރި މަސައްކަތުން ހިފާފައިވާ ތެޔޮ ބޯޓުގައި އިންޑިއާ، ސްރީލަންކާ އަދި ބަންގްލަދޭޝްގެ 18 ފަޅުވެރިން ތިބި ކަމަށެވެ. މި ތެޔޮ ބޯޓުން އުފުލީ ހަ މިލިއަން ލީޓަރުގެ ތެޔޮ ކަމަށް އީރާންގެ ދެކުނު ޕްރޮވިންސް ހޮރްމުޒްގާންގެ އޮފިޝަލަކާ ހަވާލާދީ ފާސް ނޫސް އެޖެންސީން ބުނެފައިވެ އެވެ. މި ބޯޓުން ހުރީ އެ އުޅަނދުގެ ހުރިހާ ނޭވިގޭޝަން ސިސްޓަމްތައް ރޭޑާއަށް ނާރާ ގޮތަށް ކަމަށް އީރާނުން ބުނެއެވެ. ގަލްފުގައި ގަވާއިދާ ހިލާފަށް ތެޔޮ އުފުލާ ކަމަށް ޝައްކު ކުރެވޭ އެމެރިކާގެ ހިމާޔަތް ލިބިގެން ދަތުރު ކުރާ ބޯޓުތައް ހުއްޓުވައި އެކަން އީރާނުން އިއުލާން ކޮށްހަދައެވެ. އީރާނަކީ، ދުނިޔޭގައި އެންމެ އަގުހެޔޮކޮށް ތެޔޮ ވިއްކާ ގައުމެވެ. އެމެރިކާއިން ވެސް ވަނީ މީގެ ދެ ދުވަސްކުރިން ވެނެޒުއެލާގެ އައްސޭރިފަށުން ތެޔޮ ބޯޓެއް ކަނޑުފޭރިގެންފައި ކަމަށް އީރާނުން ބުނެއެވެ. ނަމަވެސް އީރާނުން މި އެޅި ފިޔަވަޅާ އެމެރިކާއިން ކަނޑު ފޭރުމާ އެއްވެސް ގުޅުމެއް ނުވާ ކަމަށް ބުނެއެވެ.

ގުޅުންހުރި ޚަބަރު