ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އަރަބި ނުދަންނަ މީހަކު ޔޫއޭއީގައި ފަނޑިޔާރަކަށް ހުވާ ކުރުން
ދުނިޔެ

އަރަބި ނުދަންނަ މީހަކު ޔޫއޭއީގައި ފަނޑިޔާރަކަށް ހުވާ ކުރުން

އއިބްރާހީމްް ސަމީރު14 ޑިސެމްބަރު 2025
އިންޓަނެޓުގައި އާންމުވެފައިވާ 43 ސިކުންތުގެ ވީޑިއޯ ކްލިޕަކުން، ފެންނަނީ، ޔޫއޭއީގައި ބަނގްލަދޭޝްގެ މީހަކު ކަމަށް ބުނާ މީހަކު ހުވައެއް ކުރާ މަންޒަރެވެ.  ރަސްމީ ހުވާކުރުމުގެ ރަސްމިއްޔާތެއްގައި އަރަބި ބަހުން ހުވާގެ ލަފުޒުތައް ކިޔަން އުނދަގޫވާ މަންޒަރު ގެ ސަބަބުން ގިނަ ބަޔެއްގެ ސަމާލުކަން މި ވީޑިއޯއަށް ލިބިފައި ވެއެވެ. މިއީ ގާޒީއެއްގެ މަގާމަށް ހުވައި ކުރި މީހަކު ކަމަށް ބަޔަކު ބުނިނަމަވެސް، އެހެން މީހުން ބުނެފައި ވަނީ މިމީހާއަކީ ސަގާފީ ފެސްޓިވަލެއްގައި ފަނޑިޔާރުންގެ ކޮމެޓީއެއްގެ މެންބަރަކަށް ހުވައި ކުރި މީހެއް ކަމަށެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ހުވާ ކުރަނީ ޚަތިމެއްގައި އަތް ބާއްވައިގެންނެވެ. މި ރަސްމިއްޔާތުގެ މާހައުލުގައި ޔޫއޭއީގެ ވެރިން ކަމަށްވާ ޝައިޚް މުޙައްމަދު ބިން ރާޝިދު އާލްމަކްތޫމް ފަދަ ބޭފުޅުންގެ ފޮޓޯތަކާއި، ގައުމީ ދިދަތައް ފެނެއެވެ. އަދި މިރަސްމިއްޔާތުގައި ބައިވެރިން ތިބީ ޔޫއޭއީގެ ސަގާފީ ޖުއްބާގައެވެ.  އެހެންކަމުން، މިއީ ރަސްމީ ހައިސިއްޔަތު ލިބިދޭ ކަމެއްކަން ހާމަވެއެވެ. ޔޫއޭއީގެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޝަރުޢީ މަގާމުތައް ފުރުމަށްޓަކައި އަރަބި ބަހަށް ފުރިހަމައަށް ފަރިތަވުން މަޖުބޫރެވެ. 1973 ވަނަ އަހަރުގެ ފެޑެރަލް ގާނޫނު ނަންބަރު 10 (ޖުޑީޝަރީއާ ބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގައި، ގާޒީންނަކީ އަރަބި ބަހަށް ފަރިތަ ބަޔަކަށް ވާންޖެހެއެވެ. ބިދޭސިންނަކީ ޔޫއޭއީގެ ގިނަ ދާއިރާތަކުގައި ޚިދުމަތް ކުރާ ބަޔެކެވެ. ޔޫއޭއީގެ 10 މިލިއަން އާބާދީގެ 30 އިންސައްތައަކީ ބިދޭސިންނެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އިންޑިއާ، ޕާކިސްތާން އަދި ބަނގްލަދޭޝް މީހުން ހިމެނެއެވެ. މިމީހުންނަކީ އާންމުކޮށް އަރަބި ބަހަށް ފަރިތަ ބައެއް ނޫނެވެ. މި މީހުން ތަޢުލީމާއި، މީޑިއާ، އަދި ސަގާފީ ހަރަކާތްތަކުގައި މުހިންމު ދައުރުތައް އަދާކުރެއެވެ. [video width="640" height="360" mp4="https://hirinews.com/wp-content/uploads/2025/12/BANGALI-JUDGE.mp4"][/video]

ގުޅުންހުރި ޚަބަރު