ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އެމެރިކާ މީހަކު ބޮލުގައި ޕާސްޕޯޓު ހަރުކޮށްގެން އުޅެނީ ކިއްވެ؟
ދުނިޔެ

އެމެރިކާ މީހަކު ބޮލުގައި ޕާސްޕޯޓު ހަރުކޮށްގެން އުޅެނީ ކިއްވެ؟

އއިބްރާހީމްް ސަމީރު15 ޑިސެމްބަރު 2025
ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގައި ސިއްރު ފުލުހުން މަގުމަތިން މީހުން ފާސްކޮށް އެމީހުންގެ އަތުގައި ރަށްވެހިކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުރޭތޯ ސުއާލުކޮށް ހެދުމަކީ މިހާރު އާންމު ކަމެކެވެ. އެގޮތުން އޮޅިގެންވެސް ސުއާލުކޮށްލާ އެމެރިކާ މީހާއަކީ ހަތަރުކަށި މަތި އެމެރިކާ މީހަކު ކަމުގައި ވިއަސް އަތުގައި ރަށްވެހިކަން ސާބިތުކޮށްދޭ ލިޔުމެއް ނެތް ނަމަ ވަގުތުން އެމީހާ ވާގަށް ނަގައިގެން ސިއްރު ޖަލަކަށް ގެންދެއެވެ. މި ގޮތަށް އެގެންގޮސްފައިވާ އެތައް ބަޔަކާ ސުއާލު ކުރުމަކާ ނުލައި އެމީހުން އެހެން ގައުމުތަކަށް ބޭރުކޮށްފައިވެސް ވެއެވެ. މި ދުވަސްވަރު ޓްރަމްޕް ވަނީ މުސްލިމުންނާއި އަދި ވަކިން ޚާއްސަކޮށް ސޯމާލީ މީހުންނާ ދާވާފައެވެ. އެމީހުނާމެދު ހުތުރު ބަހުން މުޚާތަބުކޮށް އިންސާނުންނަށް ވުރެން ދަށު ދަރަޖައަކަށް ޓްރަމްޕް ވަނީ އެމީހުން ވައްޓާލާފައެވެ. މި ސަބަބާ ހެދި މި ސޯމާލީ ދަރިކޮޅުގެ އެމެރިކާ އަންހެން މީހާ ގެއިން ބޭރަށް ނިކުންނަ ކޮންމެ ހިނދެއްގައި އޭނާގެ ނިއްކުރީގައި ޓޭޕް އަޅައި އެމެރިކާ ޕާސްޕޯޓް ހަރުކޮށްގެން ނިކުމެއެވެ. އޭނާ ބުނަނީ މިކަން ކުރަނީ އޭނާގެ ހަށި ފާރައަށްޓަކައެވެ. އެމެރިކާގައި ޓްރަމްޕްގެ ވެރިކަމުގައި ހުދު ނަސްލުގެ ސޮލީބީން ފިޔަވައި އެހެން މީހުންނަށް ނުހޮރޮއްޕާން ކުރުން ވަނީ އާންމު ކަމަކަށް ވެފައެވެ. ކުރީގެ ރޫސީ ވިލާތަށް ވުރެން ވެސް އެމެރިކާގެ ހާލަތު ބިރުވެރި ކަމަށް މީހުން ބުނެއެވެ.

ގުޅުންހުރި ޚަބަރު