ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ބޮންޑާއި ބީޗް ހަމަލާގައި ހިނގި ޚާއްސަ ކަންކަން
ދުނިޔެ

ބޮންޑާއި ބީޗް ހަމަލާގައި ހިނގި ޚާއްސަ ކަންކަން

އއިބްރާހީމްް ސަމީރު16 ޑިސެމްބަރު 2025
އޮސްޓްރޭލިއާގެ ބޮންޑާއި ބީޗްގައި ބަޑި ޖެހުމުން މުހިންމު މީހަކު ވަނީ މަރާލެވިފައެވެ. އެމީހާއަކީ ޔަހޫދީ ފާދިރީއެއް ކަމަށްވާ ރާބާއި އީލީ ޝްލިންގާ އެވެ. މި ފާދިރީއަކީ ޣައްޒާގެ ޖެނޮސައިޑްގައި ސިފައިންނަށް ޖެނޮސައިޑް ހިންގުމަށް ހިތްވަރު ދީ ޣައްޒާގައި ހަރަކާތްތެރިވި ފާދިރީއެކެވެ. އަދި އޭނާ އެކަން ކޮށްފައި ވަނީ ފާޅު ގައެވެ. މި ހަމަލާގައި އެހެން މުހިންމު ޔަހޫދީއަކަށް ވެސް އަނިޔާވެފައި ވެއެވެ. އެމީހާގެ ދިފާއުގައި ކޮށްފައިވާ ޓުއީޓުގައި ލުއައްޔު ޝަރީފް ބުނެފައި ވަނީ އޭނާގެ ރަހުމަތްތެރިޔާ އާރެން އޮސްޓްރޯވްސްކީ އަށް ހާނިއްކަ ވެފައިވާ ކަމަށެވެ. ލުއައްޔު ޝަރީފަކީ އަރަބި މީސްމީޑިއާ ބުނާ ގޮތުން އަރަބި ޒަޔަނިސްޓެކެވެ. އަދި އޭނާއަކީ ޔޫއޭއީގެ ވެރިކަން ކުރާ ޚާންދާނަށް އަތް ގާތްކޮށްދޭ އެމީހުންގެ ކަންކަމުގައި ޒަޔަނިސްޓުންނަށް ސަޕޯޓުކޮށް މީޑިއާގައި ވާހަކަ ދައްކައި މުސްލިމުން ނުބައި މީސްކޮށް ހަދާ މީހެކެވެ. ލުއައްޔު ޝަރީފް ބުނާ، އޭނާގެ ރަހުމަތްތެރިޔާގެ ލެއިން ތަތްތެޅިފައިވާ ސެލްފީއަކީ ފޭކް ސެލްފީއެއްކަން މިހާރު ވަނީ ސާބިތުވެފައެވެ. އަނެއްކޮޅުން މި ހަމަލާ ހުއްޓުވި ސޫރިޔާގެ އިދްލިބަށް ނިސްބަތްވާ 2006ގައި އޮސްޓްރޭލިއާގެ ރަށްވެހިކަން ހޯދާފައިވާ އަހުމަދު އަލްއަހުމަދު އަކީ ލުބުނާންގެ ނަސާރާއެއް ކަމަށް ބުނެވެސް ވާހަކަ ފަތުރަމުން ގެންދެއެވެ. އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ އޭނާގެ ބައްޕަ ވަނީ އެމީހުންނަކީ މުސްލިމުން ކަން ކަށަވަރު ކޮށްދީފައެވެ. އަދި މި ހަމަލާ ދިން ދެބަފައިންގެ ތެރޭން ނަވީދު އަކުރަމް އާ ބެހޭ ގޮތުން ޑިސެމްބަރު 13 ވަނަ ދުވަހު އިޒްރޭލުގެ ތެލްއަވީވްގައި އޭނާގެ މައުލުމާތު ގޫގްލްގައި ސާޗް ކޮށްފައިވާ ކަމުގެ ހެކިވެސް މީހުން ދަނީ މީސްމީޑިއާގައި ހާމަ ކުރަމުންނެވެ. އެއާއެކު މި ހާދިސާ ރާވައި ހިންގުމާއި މިކަމުގެ ބައެއް ވަޤިޢާތަކާ މެދު ޝައްކު އުފެދިފައި ވެއެވެ.

ގުޅުންހުރި ޚަބަރު