ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
މުސްލިމުން އެމެރިކާއިން ބޭރުކުރުމަށް ސޮލީބީން ގޮވާލައިފި
ދުނިޔެ

މުސްލިމުން އެމެރިކާއިން ބޭރުކުރުމަށް ސޮލީބީން ގޮވާލައިފި

އއިބްރާހީމްް ސަމީރު17 ޑިސެމްބަރު 2025
އެމެރިކާގެ ޤާނޫނުހަދާ މަޖިލިސްގެ ބައެއް މެމްބަރުން މުސްލިމުން އެމެރިކާއިން ބޭރުކުރުމަށް ގޮވާލައިފިއެވެ. އޮސްޓްރޭލިއާގެ ބީޗެއްގައި ބަޑި ޖެހުމުގެ ހާދިސާގައި ބަޔަކުމަރުވުމާ ގުޅިގެން އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ޤާނޫނުހަދާ މަޖިލީހުގެ 2 މެމްބަރަކު އިސްލާމޯފޯބިއާގެ ހޮޅިވާހަކަ ދައްކައިފިއެވެ. މިމީހުންނަކީ ފްލޮރިޑާގެ މެމްބަރު ރެންޑީ ފައިން އާއި އަލަބާމާގެ ސެނެޓަރު ޓޮމީ ޓަބަރވިލް  އެވެ. އެމެރިކާއިން އޮސްޓްރޭލިއާގެ މައްސަލާގައި ވާހަކަ ދައްކަމުންދާތީ އޮސްޓްރޭލިއާއިން ވަނީ އެގައުމުގައި ފިތުނަ އުފެއްދުމަށް އެހެން ގައުމުތަކުން މި މައްސަލާގެ ތެރެއަށް ނުވަނުމަށް އަންގާފައެވެ. މުސްލިމުންނާ ދެކޮޅަށް ޓެރަރިޒަމަށް ގޮވާލި އެމެރިކާގެ ހައްދުފަހަނައަޅާފައިޥާ ދެ މެމްބަރުންގެ އިސްލާމޯފޯބިކް ވާހަކަތަކަށް މުސްލިމް ޖަމާޢަތްތަކާއި ސިވިލް ރައިޓްސް ޖަމާޢަތްތަކުން ވަނީ ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. "މުސްލިމުންނަށް ދަތުރުފަތުރުގެ މަނާކުރުމަކަށާއި" "އެމެރިކާއިން މުސްލިމުން ބޭރުކޮށްލުމަށް" ރެންޑީ ފައިން ގޮވާލައެވެ. އޭނާ ބުނަނީ އިސްލާމް ދީނަކީ، ނަޖިސް ފޮހެގެން އުޅޭ ހުޅަނގުގެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ ދީނެއް ނޫން ކަމަށެވެ. އިސްލާމްދީނަކީ "ކަލްޓެއް" ކަމަށް ސިފަކޮށް، މުސްލިމުން "އެމީހުންގެ ގައުމަށް ފޮނުވާލުމަށް" ސެނެޓަރު ޓޮމީ ޓަބަރވިލް ވެސް ވަނީ ގޮވާލާފައެވެ. އޮސްޓްރޭލިއާގައި ދީފައިވާ ހަމާލާގެ ޝިކާރައަކަށް ޔަހޫދީން ވެފައި ވެއެވެ. އަދި ބައެއް ނަސާރާއިންވެސް މަރުވެފައި ވެއެވެ. މީގެ ކުރިން މުސްލިމުންނާ ދެކޮޅަށްވެސް އޮސްޓްރޭލިއާގައި މިފަދަ ހަމަލަތައް ދީފައި ވެއެވެ. އެއިރު ސޮލީބީ މީހުން މާބޮޑަކަށް ކަން ބޮޑުވެގެން ދެފަޔަށް ހިނި އަރައިގެން އުޅެފައެއް ނުވެއެވެ. އޮސްޓްރޭލިއާގައި މުސްލިމުންނަށް ދީފައިވާ ހަމަލަތަކުގެ ތާރީޚު ފީތާ: އޮސްޓްރޭލިއާގައި ހަމަލާތަކާއި މިސްކިތަކަށް ހަމަލަ ދިނުމުގެ ހާދިސާތައް ނޭޝަނަލް ސާވޭ ރިޕޯޓުން 2014ން 2019:
  • 75 މިސްކިތެއްގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި 58 ޕަސެންޓް މިސްކިތްތަކަށް ހަމަލާދީފައިވޭ. އޭގެ ތެރޭގައި ހުޅުޖެހުމާއި، ގްރެފިޓީ ކުރެހުމާއި، އަނިޔާވެރިކަމާއި، ބަހުގެ ހަމަލާ، އަދި މަރުގެ އިންޒާރު ދިނުން ހިމެނެއެވެ.
  • އެންމެ ގިނައިން އަނިޔާވެރިކަން ރިޕޯޓްކޮށްފައިވަނީ މެލްބަން އަދި ބްރިސްބަންގެ މިސްކިތްތަކުންނެވެ.
  • 2017 ބްރިސްބަންގެ ހޮލެންޑް ޕާކް މިސްކިތުގައި މުސްލިމުންނާ ދެކޮޅު ގްރެފިޓީ ކުރަހައި ބިރު ދައްކާފައި ވެއެވެ.
  • 2019 ނިއުޒީލެންޑްގެ ކްރައިސްޓްޗާޗް މިސްކިތުގެ ގަތުލުއާންމު ހިންގީ އޮސްޓްރޭލިއާގެ ހަރުކަށި ފިކުރުގެ ސޮލީބީ އެވެ.
  • 2020 (ސިޑްނީ) އޮބާން ގަލިޕޮލީ މިސްކިތުގައި ގްރެފިޓީ ކުރަހައި އިސްލާމޯފޯބިއާގެ ޝިއާރުތައް ލިޔެފައި ވެއެވެ.
  • 2023–2024 އޮސްޓްރޭލިއާގެ އިސްލާމޯފޯބިއާގެ ގައުމީ ރިޕޯޓުން:
  • އިސްލާމޯފޯބިއާ ގެ މައްސަލަތައް ބަލަހައްޓާ އިދާރާއިން ވަނީ މުސްލިމުންގެ ގަޔަށް އަތްލައި އަނިޔާ ކުރުމުގެ 309 ހާދިސާއެއް ރަޖިސްޓްރީ ކޮށްފައެވެ.
  • މުސްލިމް އަންހެނުންނަށް ހަމަލަތައް އަމާޒު ކުރާ މިންވަރު އިތުރު ކަމަށް ދައްކައެވެ. 60 ޕަސެންޓް އަންހެނުންނަށް ޖިސްމާނީ އަނިޔާ، 79 ޕަސެންޓް އަންހެނުންނަށް ބަހުގެ ހަމަލާ، އަދި ކުޅު ޖެހުމުގެ ހަމަލަތައް އަމާޒުކޮށްފައި ވެއެވެ.
  • ގިނަ ހާދިސާތައް ހިނގާފައިވަނީ ނިއު ސައުތު ވޭލްސްގައެވެ. އަދި އެއަށްފަހު ވިކްޓޯރިއާ އާއި ކުއީންސްލޭންޑްގައެވެ.
  • މެއި 2025 ސިޑްނީގެ ރޫޓީ ހިލް މަސްޖިދުގެ ހާދިސާގައި މިސްކިތުގެ ފާރުތަކުގައި މުސްލިމުން ބޭރުކުރުމަށް ގޮވާލައި ޝިއާރުތައް ލިޔެފައި ހުއްޓެވެ. މިސްކިތާ ކައިރީގައި ހުރި މުސްލިމް އާއިލާއެއްގެ ގެ އަކަށްވެސް ހަމަލަ ދީފައި ވެއެވެ.
 

ގުޅުންހުރި ޚަބަރު