ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ސައޫދީ ފޭކް ޕްރިންސް ލުބުނާން ލީޑަރުންނަށް ލަނޑުދީފި
ދުނިޔެ

ސައޫދީ ފޭކް ޕްރިންސް ލުބުނާން ލީޑަރުންނަށް ލަނޑުދީފި

އއިބްރާހީމްް ސަމީރު19 ޑިސެމްބަރު 2025
ލުބުނާނުގެ ގަރާޖެއްގައި މަސައްކަތް ކުރާ މީހަކު ސައުދީ ޕްރިންސަކަށް ހެދިގެން ލުބުނާންގެ އެންމެ މަތީ ފަންތީގެ ސިޔާސީ ލީޑަރުންނަށް ލަނޑުދީފިއެވެ. މިމިހާ އުޅުނީ ސައޫދީ ޕްރިންސް 'އަބޫ ޢުމަރު' ގެ ނަމުންނެވެ. އޭނާ ވާހަކަ ދެއްކީ ފޭކލް ސައުދީ ބަދަވި ބަހުރުވައަކުންނެވެ. ލުބުނާންގެ ސިޔާސީ ލީޑަރުން މިމީހާގެ ދަންތުރައިގައި ޖައްސައިގެން ގެންގުޅެން ފެށީ މީގެ 10 އަހަރު ކުރިންނެވެ. އޭނާއަށް މި ކަމުގައި އެހީ ވެދިނީ ކުރިން ޝަރުއީ މައުޒޫނަކަށް އުޅުނު ޝޭޚު ޚަލްދޫން އަރީމާތު ކެވެ. މި ސްކޭމް އިން ލިބުނު ފައިސާގެ ބޮޑު ބައި ލިބުނީ ޝޭޚަށެވެ. ލުބުނާންގެ ސިޔާސީ ފަންތީގެ މީހުން ވަނީ އަބޫ އުމަރު ބުނިގޮތަށް މަހުން މަހަށް އަދި ބައެއް ފަހަރު ގަނޑުކޮށްވެސް ފައިސާ ދީފައެވެ. އެމީހުން ބޭނުންވީ ސައޫދީ ދަރުބާރާ ގާތްގުޅެއް ބާއްވައި ސައުދީ ދަރުބާރުގެ ރުހުމުގެ މުގާބިލުގައި އެމީހުންނަށް މަޖިލީހުގެ ގޮނޑިއާއި މިނިސްޓަރުން ފެންވަރުގެ މަގާމު ލިބޭށެވެ. މި ސްކޭމްގައި ޖެހުނު މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ސުންނީ ލީޑަރުން ހިމެނެއެވެ. އޭގެ ތެރޭގައި ފުއާދު ސިނިއޯރާއާއި ނަޖީބު މީގާތީއާއި ލުބުނާން ފޯސްގެ ލީޑަރު ސަމީރު ޖާޖާއާއި ކްރިސްޓިއަނުންގެ ލީޑަރު މިޝޭލް ފިރުއައުނު ފަދަ ޝަޚުސިއްތުތައް ހިމެނުނެވެ. މިކަން ބޭޒާރުވީ ކުރީގެ ބޮޑު ވަޒީރު ސައުދު ޙަރިރީގެ ފަހަރި ބަހިއްޔާ ނިޔައު ވެގެން އަބޫ އުމަރު ތައުޒިޔާ ކިޔުމުން ސައުދު އެކަމުގެ މައުލުމާތު ސައޫދީ އެމްބެސެޑަރު އަރިހުން ސާފު ކުރެއްވުން އުފެދުނު ހައިރާން ކަމަކުންނެވެ. އަދި ފަހުން އަބޫ އުމަރު ފޯނު ކޯލެއްގައި ހުއްޓައި އައި ފޯނަކަށް އޭނާގެ އަސްލު އަޑުން ޖަވާބު ދިނުމުން މިކަން އިތުރަށް ބޭޒާރު ވިއެވެ. ލުބުނާން ސިފައިން ވަނީ އެއަށް ފަހު އަބޫ އުމަރު ހައްޔަރުކޮށްފައެވެ. އޭނާ ވަނީ އޭނާގެ ޖަގްލަރީއާ ބެހޭ މައުލުމާތު ކިޔައިދީ ވީޑިއޯއާއި އޯޑިއޯ ހެކި ދައްކާފައެވެ. ޝޭޚު ޚަލްދޫން އަރީމާތު ވަނީ ޔޫއޭއީއަށް ފިލައިގެން ގޮސްފައެވެ. ދިހަ އަހަރު ވަންދެން ހިނގަމުން ދިޔަ ސްކޭމް ބޭޒާރުވީ މިދިޔަ މަހުއެވެ. ލުބުނާންގެ ސިޔާސީ ލީޑަރުންގެ ދަހިވެތިކަން ބޭޒާރުކޮށްލި މިމައްސަލަ އޮތީ ތަހުގީގުގައެވެ. https://widelensreport.com/the-fake-saudi-prince-who-shaped-lebanons-politics/

ގުޅުންހުރި ޚަބަރު