ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އޮޕަރޭޝަނެއްގައި 300 މިލިއަން ޑޮލަރުގެ މުދާ ހިފަހައްޓައިފި
ދުނިޔެ

އޮޕަރޭޝަނެއްގައި 300 މިލިއަން ޑޮލަރުގެ މުދާ ހިފަހައްޓައިފި

އއިބްރާހީމްް ސަމީރު28 ޑިސެމްބަރު 2025
ދެކުނު އިރުމަތީ އޭޝިއާގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ސްކޭމް ނެޓްވޯކްތަކާ ދެކޮޅަށް ތައިލެންޑް ސަރުކާރުން ފުޅާ ދާއިރާއެއްގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 300 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އަދަދެއްގެ މުދާ ހިފަހައްޓައިފިއެވެ. ތައިލެންޑުގެ 22 ޕްރޮވިންސެއްގެ 50 ސަރަހައްދަކަށް އަމާޒުކޮށް ހިންގި މި އޮޕަރޭޝަނަކީ މިފަދަ ނެޓްވޯކްތައް ނައްތާލުމަށް ކުރިއަށްގެންދާ މަސައްކަތުގެ ބޮޑު ބައެކެވެ. މި އޮޕަރޭޝަނުގައި މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ޕްރިންސް ހޯލްޑިންގް ގްރޫޕްގެ ބާނީ، ޗައިނާއާއި ކެމްބޯޑިއާގެ މަހުޖަނު ޗެން ޒީ އަދި ކެމްބޯޑިއާގެ ސެނެޓަރު ކޮކް އަން އަށެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ އެމީހުންގެ މިލްކިއްޔާތުގައިވާ އަގުބޮޑު މުދަލާއި، ބިންތަކާއި، ފައިސާގެ އިތުރުން ގަހަނާތައް ވެސް އަތުލައިގެންފައެވެ. މީގެ އިތުރުން އިނގިރޭސިވިލާތް، ޓައިވާން، ސިންގަޕޫރު އަދި ހޮންކޮންގްގައި ކުރިއަށްދާ ތަހުގީގުތަކާ ގުޅިގެން އެތައް މިލިއަން ޑޮލަރެއްގެ މުދާ ވަނީ ފްރީޒްކޮށްފައެވެ. އެމެރިކާގެ ޕްރޮސެކިއުޓަރުން ވަނީ ޗެން ޒީގެ މައްޗަށް ޓެލެކޮމް ފްރޯޑާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެވެ. ތުހުމަތު ކުރެވޭ ގޮތުގައި ކެމްބޯޑިއާގައި ހިންގާ ސްކޭމް ސެންޓަރުތަކުގައި މީހުން ވަގަށް ނަގައި ބަންދުކޮށްގެން، ބިލިއަނުން އަގުހުރި ކްރިޕްޓޯކަރަންސީގެ މަކަރުވެރި ރޭވުންތައް ހިންގުމަށް ވަނީ މަޖުބޫރުކޮށްފައެވެ. މުހައްލިލުން ފާހަގަކުރާ ގޮތުގައި މި ނެޓްވޯކްތަކަށް ޗައިނާގެ ބައެއްގެ ނުސީދާ އެހީތެރިކަން ލިބެމުންދޔައެވެ. މި މައްސަލައާ ގުޅިގެން ތައިލެންޑުގެ ސިޔާސީ ދާއިރާގެ އިސް ފަރާތްތަކަށް ވެސް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ބައެއް ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ތައިލެންޑުގެ ނުފޫޒުގަދަ ބައެއް ފަރާތްތަކުން މި ސްކޭމްތަކުން މަންފާ ހޯދަމުންދިޔައެވެ. ސަރަހައްދީ ސަލާމަތީ މާހިރުން ބުނާ ގޮތުގައި ޗައިނާގެ ފުރިހަމަ އެއްބާރުލުން ނުލިބޭ ނަމަ، މި ނެޓްވޯކްތައް އެހެން ސަރަހައްދުތަކަށް ބަދަލުވާނެއެވެ. އެގޮތުން މިޔަންމާގެ ބޯޑަރު ސަރަހައްދުތަކަކީ މިހާރުވެސް މިފަދަ ކަންކަމުގެ އާ މަރުކަޒަކަށް ވަމުންދާ ކަމަށް މާހިރުން ފާހަގަކުރެއެވެ.  

ގުޅުންހުރި ޚަބަރު