ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޔަހޫދީން ބޭރުކޮށްލަން ޖެހުނީ ކީއްވެ
ދުނިޔެ

ޔަހޫދީން ބޭރުކޮށްލަން ޖެހުނީ ކީއްވެ

އއިބްރާހީމްް ސަމީރު29 ޑިސެމްބަރު 2025
ތާރީޚީ ލިޔުންތަކަށް ބަލާއިރު، ޔަހޫދީން ވަނީ އެކި ޒަމާންތަކުގައި ދުނިޔޭގެ ބޮޑެތި ބާރުތަކުންނާއި ޤައުމުތަކުން ބޭރުކޮށްލާފައެވެ. މިގޮތުން 1290 ވަނަ އަހަރު އިނގިރޭސިވިލާތުން އެމީހުން ބޭރުކޮށްލިއެވެ. އަދި، 1306 ވަނަ އަހަރު ފަރަންސޭސިވިލާތުން ބޭރުކޮށްލިއެވެ. އަދި 1430 ވަނަ އަހަރު ޖަރުމަނުވިލާތުން ޔަހޫދީން ބޭރުކޮށްލިއެވެ. މީގެ އިތުރުން ސްޕެއިން، ޕޯޗުގަލް، ރަޝިޔާ އަދި އިޓަލީ ފަދަ ޤައުމުތަކުން ވެސް އެކި ދުވަސްވަރު މަތިން ޔަހޫދީން ވަނީ ބޭރުކޮށްލާފައެވެ. މިކަމުގެ އަސްލު ސަބަބުތަކަށް ބަލާއިރު، އެ ދުވަސްވަރުގެ އެހެން މުޖުތަމަޢުތަކާ ޚިލާފަށް ޔަހޫދީން ބޮޑަށް ހަރަކާތްތެރިވީ ރިބާގެ މުއާލަމާތާއި އިގްތިސާދު ކޮންތްރޯލު ކުރުމާއި ޖުވާއާއި ކަސްބީ މަސައްކަތުގެ ވިޔަފާރީގައެވެ. އެމީހުން އުޅުނު ތަންތާނގައި މީހުންނަށް އަޚުލާގީ ގޮތުންނާއި އިގްތިސާދީ ގޮތުން ގެއްލުންތައް ކުރިމަތިވާން ފެށުމުން އެމީހުން ބޭރުކޮށްލަން މަޖުބޫރު ވަނީއެވެ. ޔަހޫދީން ރިބާއާއި ކަސްބީ މަސައްކަތުގައި މަޝްޣޫލުވެ އުޅުނު އިރު އެހެން މީހުން ދިޔައީ ފިޒިކްސްއާއި، ކުރެހުމާއި އެސްޓްރޮނޮމީ އުނގެނުމުގައި މަޝްޣޫލުވެގެންނެވެ. އަދި މުސްލިމުން ހިސާބު އިލްމާއި ބޭސްވެރިކަމާއި އަދަބިއްޔާތާއި ޅެންވެރިކަމަށް ސަމާލުކަން ދިނެވެ. ޔަހޫދީ މުޖުތަމަޢުގެ ގިނަ ބަޔަކު މަސައްކަތް ކުރަމުން ދިޔައީ އިޖުތިމާއީ ފާސަދަ ފެތުރުމުގެ ދާއިރާތަކުގައެވެ. އެ ދުވަސްވަރުގެ ދީނީ އުސޫލުތަކަށް ބަލާއިރު، ރިބާ ނުވަތަ އިންޓްރެސްޓަށް ފައިސާ ދޫކުރުމަކީ މަނާކަމެކެވެ. ނަމަވެސް، ޔަހޫދީން މިކަމުގެ ނާޖާއިޒު ފައިދާ ނަގައި މާލީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދައި ފައިސާ އެއްކުރިއެވެ. ޒަމާންތަކެއް ވަންދެން އެމީހުން ޖަމާކުރި މާލީ ތަޖުރިބާއާއި ރިބާއާއި އިންޓްރެސްޓްގެ އެހީގައި، އެމީހުން ވަނީ އެކި އެމްޕަޔަރުތަކުގެ އެންމެ މުހިންމު މުދާތަކުގެ މިލްކުވެރިކަން ހޯދާފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ޤައުމުތަކުގެ ރަސްރަސްކަލުންނާއި އާންމު ރައްޔިތުންނަކީ ވެސް ޔަހޫދީންގެ އަތުން ދަރަންޏަށް ފައިސާ ނަގާ ބަޔަކަށް ވެގެންދިޔައެވެ. ނަމަވެސް، ޤައުމުތަކަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެމީހުންގެ ދުއްތުރާ ބޮޑުވުމުން އެމީހުން ބޭރުކޮށްލަން މަޖުބޫރު ވަނީއެވެ. މިމީހުން ފަގީރުކަމުގައި ބިކަ ހާލުގައި އުކުނާއި މަކުނުތަކާއެކު ހުސްފަޔާއެކު ފަލަސްޠީނަށް ފޭބުމުން އެމީހުންނަށް މަރުހަބާ ކީ ފަލަސްޠީނު މީހުންނެވެ. ފަހުން ޔަހޫދީން ވަނީ ފަލަސްޠީނު މީހުން އެމީހުންގެ ވަޒަނުން ބޭރުކޮށްފައެވެ.

ގުޅުންހުރި ޚަބަރު