ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އެމްޓީވީ ކަފުންކޮށްފި
ދުނިޔެ

އެމްޓީވީ ކަފުންކޮށްފި

އއިބްރާހީމްް ސަމީރު3 ޖެނުއަރީ 2026
ޒަމާނަކަށް ދިވެހިން ގާތު މަގްބޫލު އަދި ދުނިޔޭގެ މިއުޒިކީ އޮއިވަރާއި ޒުވާނުންގެ ސަގާފަތަށް ބޮޑެތި ބަދަލުތަކެއް ގެނުވި މިއުޒިކަށް ޚާއްސަ އެމްޓީވީގެ ޗެނަލްތައް ރަސްމީކޮށް ހުއްޓާލައިފިއެވެ. އެއްވެސް ރަސްމިއްޔާތެއް ނެތި، ހިމޭންކަމާއެކު މި ޗެނަލްތައް ބަންދުކުރުމާ ގުޅިގެން، މިއުޒިކަށް ލޯބިކުރާ ގިނަ ބަޔަކަށް ވަނީ ފުން އަސަރެއް ކޮށްފައެވެ. ބީބީސީ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، 31 ޑިސެމްބަރު 2025 ގައި ބްރޯޑްކާސްޓްކުރުން ހުއްޓާލި ޗެނަލްތަކުގެ ތެރޭގައި އެމްޓީވީ މިއުޒިކް، އެމްޓީވީ 80 ، އެމްޓީވީ 90 ، ކްލަބް އެމްޓީވީ އަދި އެމްޓީވީ ލައިވް ހިމެނެއެވެ. މިއީ މިއުޒިކް ވީޑިއޯތަކުގެ ޒަރީއާއިން ދުނިޔޭގެ ފެންވަރުގައި މަގުބޫލުކަން ހޯދާފައިވާ ލެޖެންޑަރީ ޗެނަލްތަކެކެވެ. އެމްޓީވީ އެންމެ ފުރަތަމަ އެމެރިކާގައި ފެށީ 1981 ވަނަ އަހަރުއެވެ. އޭގެ ފަހުން 1987 ގައި ޔޫރަޕަށް ފުޅާވެ، އޭގެ ދިހަ އަހަރު ފަހުން އިނގިރޭސިވިލާތަށް ޚާއްސަ ޗެނަލެއް ލޯންޗުކުރިއެވެ. މި ޗެނަލަކީ ކުރީގެ ޖީލުތައް ކަމަށްވާ "ބޭބީ ބޫމާސް" އަދި "ޖެން އެކްސް" ޖީލުގެ މީހުން މިއުޒިކީ ދުނިޔެއަށް ލޯހުޅުވައިދިން މައިގަނޑު ވަސީލަތެވެ. ޓެކްނޮލޮޖީއަށް އައި ބަދަލުތަކާއެކު، މިއުޒިކް ސްޓްރީމްކުރާ ޕްލެޓްފޯމްތައް އިތުރުވުމަކީ މިފަދަ ޓީވީ ޗެނަލްތަކުގެ މަގުބޫލުކަން ކުޑަވާން ދިމާވި މައިގަނޑު ސަބަބެވެ. އެހެންނަމަވެސް، އެމްޓީވީއަކީ މިއުޒިކީ ތާރީޚުގައި ފޮހެވިގެން ނުދާނެ ފަދަ ބޮޑު ނުފޫޒެއް ފޯރުވި ބްރޭންޑެކެވެ.

ގުޅުންހުރި ޚަބަރު