ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ބެލްޓު ނައްޓާ ފަސިންޖަރުންނަށް ޖޫރިމަނާ ކުރަން ފަށައިފި
ދުނިޔެ

ބެލްޓު ނައްޓާ ފަސިންޖަރުންނަށް ޖޫރިމަނާ ކުރަން ފަށައިފި

އއިބްރާހީމްް ސަމީރު5 ޖެނުއަރީ 2026
ތުރުކީގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އިޢުލާން ކުރި އައު ގަވާއިދުތަކެއްގެ ދަށުން، މަތިންދާބޯޓު ފުރިހަމައަށް ހުއްޓުމުގެ ކުރިން ބެލްޓު ނައްޓާ، އޯވަރހެޑް ކޮމްޕާޓްމަންޓްތަކުން ތަކެތިނަގާ، ނުވަތަ އެއިލްގައި ހުއްޓޭ ފަސިންޖަރުން ޖޫރިމަނާ ކުރެވޭނެ ކަމަށް އިޢުލާން ކޮށްފިއެވެ. ޓާކިޝް ޑިރެކްޓަރޭޓް އޮފް ސިވިލް އޭވިއޭޝަން (އެސް.އެޗް.ޖީ.އެމް) އިން ބުނާ ގޮތުގައި މި އައު ގަވާއިދުތަކުގެ މަޤްޞަދަކީ ސަލާމަތްތެރިކަން އިތުރުކޮށް، ފަސިންޖަރުން ބޯޓުން ފޭބުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމެވެ. ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ޓާކީގައިވެސް މަތިންދާބޯޓު ބިމަށް ތިރިކުރުމާއެކު ގިނަ ފަސިންޖަރުން ތެދުވެ، ބޯޓުގެ އެތެރޭގައި ހޭލިމޭލިވާން ފަށާކަން ފާހަގަ ކުރެވެއެވެ. މިކަމުގެ ސަބަބުން ބޯޓުން ފޭބުމުގެ ކަންކަން ވަރަށް ބޮޑަށް ހަލަބޮލިވެއެވެ. އައު ގަވާއިދުތަކުގެ ދަށުން، ތުރުކީގައި ދަތުރުކުރާ ހުރިހާ ވިޔަފާރި މަތިންދާބޯޓުތަކެއްގައި، އިށީނދެ ތިބުމަށް އަންގާ އާންމު އިޢުލާނުގެ ބަދަލު ކުރެވިފައިވާ ވާޝަނެއް އިއްވަން ޖެހޭނެއެވެ. މި އިޢުލާނުގައި ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަ ރެކޯޑު ކުރެވި، ރިޕޯޓު ކުރެވޭނެކަން އަންގަން ޖެހޭނެއެވެ. މީގެ އިތުރުން، ބޯޓުން ފައިބާއިރު ކުރިއަށް ދިއުމުގެ ބަދަލުގައި ކުރިމަތީގައި ތިބި މީހުން ފައިބަންދެން މަޑުކުރުމަށް ފަސިންޖަރުންނަށް އިރުޝާދު ދޭން ޖެހޭނެއެވެ. އޭވިއޭޝަން އޮތޯރިޓީން ނެރުނު ސަރކިއުލަރގައި ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ކުރެވޭނެ ޖޫރިމަނާގެ އަދަދު ބަޔާންކޮށްފައި ނުވިނަމަވެސް، ޓާކީގެ މީޑިއާ ރިޕޯޓު ކުރާ ގޮތުގައި 70 ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވިދާނެއެވެ.  

ގުޅުންހުރި ޚަބަރު