ދިވެހި|English 9 ޖުލައި 2026 · 04:28
Top banner
Advertisement
އޭއައި ބޭނުންކޮށްގެން ބަދުއަޚުލާގީ މަންޒަރުތައް
ދުނިޔެ

އޭއައި ބޭނުންކޮށްގެން ބަދުއަޚުލާގީ މަންޒަރުތައް

އއިބްރާހީމްް ސަމީރު6 ޖެނުއަރީ 2026
އެކްސްގެ "ގްރޮކް" އޭއައި ބޭނުންކޮށްގެން ބަދުއަޚުލާގީ މަންޒަރުތައް އުފައްދާ މައްސަލައިގައި ބޮޑެތި ގައުމުތަކުން ތަހުގީގު ފަށައިފިއެވެ. ދުނިޔޭގެ މަހުޖަނު އީލޮން މަސްކްގެ "އެކްސް" ޕްލެޓްފޯމާއި އެ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓް "ގްރޮކް" ބޭނުންކޮށްގެން ކުޑަކުދިންގެ ފޮޓޯ ހިމެނޭހެން ބަދުއަޚުލާގީ މަންޒަރުތައް އުފައްދަމުންދާ މައްސަލައިގައި ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. މި މައްސަލައާ ގުޅިގެން މެލޭޝިއާގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ރަސްމީ ތަހުގީގެއް ފަށާފައެވެ. މެލޭޝިއާގެ ކޮމިއުނިކޭޝަން އެންޑް މަލްޓިމީޑިއާ ކޮމިޝަނުން ބުނި ގޮތުގައި، ގްރޮކް ބޭނުންކޮށްގެން އަންހެނުންނާއި ކުޑަކުދިންގެ ފޮޓޯތައް ބަދަލުކޮށް، ނޭދެވޭ އަދި ގެއްލުންހުރި މަންޒަރުތައް އުފައްދަމުންދާ ކަމުގެ ޝަކުވާ ވަނީ ލިބިފައެވެ. މިފަދަ މަންޒަރުތައް އުފެއްދުމާއި ފެތުރުމަކީ މެލޭޝިއާގެ ގާނޫނުތަކުގެ ދަށުން ކުށެއް ކަމަށްވާއިރު، އެކްސްގެ މަންދޫބުން ހާޒިރުކޮށް ސުވާލުކުރުމަށް އެ ގައުމުން ވަނީ ނިންމާފައެވެ. މީގެ އިތުރުން، އިންޑިއާ ސަރުކާރުން ވެސް ވަނީ މިދިޔަ ހުކުރު ދުވަހު އެކްސްއަށް ރަސްމީ ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ގްރޮކް އެޕްލިކޭޝަން ފުރިހަމައަށް ރިވިއުކުރުމަށާއި، ބަދުއަޚުލާގީ ނުވަތަ ގާނޫނާ ޚިލާފު އެއްވެސް މަންޒަރެއް އުފެއްދިޔަ ނުދިނުމަށް ވަނީ އަމުރުކޮށްފައެވެ. ފަރަންސޭސިވިލާތުން ވެސް ވަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. ފަރަންސޭސި ސަރުކާރުން ބުނެފައިވަނީ، ގްރޮކް މެދުވެރިކޮށް އުފައްދާ ބަދުއަޚުލާގީ މަންޒަރުތަކަކީ ޔޫރަޕިއަން ޔޫނިއަންގެ ޑިޖިޓަލް ސަރވިސަސް ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަންތައްތަކެއް ކަމަށެވެ. މީގެ ސަބަބުން އެކްސް އާއި ގްރޮކް، ޔޫރަޕްގެ ރެގިއުލޭޓަރީ އިދާރާތަކުގެ ހަރުކަށި ފާރަވެރިކަމެއްގެ ދަށަށް މިހާރު ވަނީ ގެނެސްފައެވެ. މި މައްސަލައަކީ އޭއައި ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން މުޖުތަމައުގެ އަޚުލާގީ މިންގަނޑުތަކަށް ނުރައްކާވަމުންދާ ކަމުގެ ހެއްކެއް ކަމަށް ގިނަ ފަރާތްތަކަކުން ދަނީ ބުނަމުންނެވެ.

ގުޅުންހުރި ޚަބަރު