ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އަދާނީ އެންޓަޕްރައިސަސްގެ ބޮންޑު ވިއްކަން ފަށައިފި
ދުނިޔެ

އަދާނީ އެންޓަޕްރައިސަސްގެ ބޮންޑު ވިއްކަން ފަށައިފި

އއިބްރާހީމްް ސަމީރު8 ޖެނުއަރީ 2026
އަދާނީ އެންޓަޕްރައިސަސް އިން އާންމުންނަށް ހުޅުވާލައިގެން ވިއްކަން ފެށި ބޮންޑަށް އިންވެސްޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބި، ފުރަތަމަ ދުވަހު ބޮންޑު އޯވަސަބްސްކްރައިބް ވެއްޖެއެވެ. ޖެނުއަރީ 6 ވަނަ ދުވަހު ހުޅުވާލި މި ބޮންޑު އިޝޫއިން 10 ބިލިއަން އިންޑިއަން ރޫޕީސް (110 މިލިއަން އެމެރިކާ ޑޮލަރު) ހޯދުމަށް ކަނޑައަޅާފައިވީ ނަމަވެސް، ފުރަތަމަ ދުވަހު ވަނީ ބޭނުންވި މިންވަރަށްވުރެ ދެގުނަ އިތުރަށް ސަބްސްކްރިޕްޝަން ލިބިފައެވެ. މި ބޮންޑު އިޝޫގައި ހިމެނެނީ ދެ އަހަރު، ތިން އަހަރު އަދި ފަސް އަހަރުގެ މުއްދަތަށް ދޫކުރާ ބޮންޑުތަކެކެވެ. ބޮންޑު ވިއްކުން ބަންދުކުރުމަށް ކުރިން ތާވަލުކޮށްފައިވަނީ ޖެނުއަރީ 19 އަށެވެ. ނަމަވެސް، އިންވެސްޓަރުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބާ ގުޅިގެން، ތާވަލުކުރި ތާރީޚަށްވުރެ މާ ކުރިން ބޮންޑު ވިއްކުން ބަންދުކުރާނެ ކަމަށް ބެލެވޭ ކަމަށް މުއާމަލާތާ ގުޅުންހުރި މަސްދަރުތަކުން ބުނެއެވެ. މި ފަހަރުގެ ބޮންޑު އިޝޫގައި އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ ކޯޕަރޭޓް އިންވެސްޓަރުންގެ ފަރާތުންނެވެ. އެ ފަރާތްތަކަށް ކަނޑައަޅާފައިވާ ކޯޓާއަށްވުރެ ހަތަރު ގުނަ އިތުރަށް ވަނީ ބިޑު ހުށަހަޅާފައެވެ. މީގެ އިތުރުން މުއްސަނދި ހައި-ނެޓް-ވޯތު އިންޑިވިޖުއަލްސް އަދި ރީޓެއިލް ބަޔަރުންގެ ފަރާތުން ވެސް އެ ފަރާތްތަކަށް ކަނޑައެޅި ކޯޓާއަށްވުރެ 1.4 އާއި 1.5 ގުނަ އިތުރަށް ވަނީ ސަބްސްކްރިޕްޝަން ލިބިފައެވެ. މިއީ އަދާނީ އެންޓަޕްރައިސަސް އިން އާންމުންނަށް ހުޅުވާލައިގެން ބޮންޑު ވިއްކާ ތިންވަނަ ފަހަރެވެ. މީގެ ކުރިން ސެޕްޓެމްބަރު 2024 އަދި ޖުލައި 2025 ގައި ވެސް އެ ކުންފުނިން ވަނީ ކޮންމެ ފަހަރަކު 10 ބިލިއަން ރޫޕީސް ހޯދުމަށް ބޮންޑު އިޝޫކޮށްފައެވެ. މި ބޮންޑުތަކުން އަހަރަކު 8.60 އިންސައްތަ، 8.75 އިންސައްތަ އަދި 8.90 އިންސައްތައިގެ ކޫޕަން ރޭޓެއް ލިބޭނެއެވެ. އަދި އިންވެސްޓަރުންނަށް ކޮންމެ ކުއާޓަރަކު ނުވަތަ މުއްދަތު ހަމަވުމުން އެއްފަހަރާ ފައިސާ ލިބޭ ގޮތަށް އިޚްތިޔާރު ކުރެވިދާނެއެވެ. މި ބޮންޑު އިޝޫ މެނޭޖްކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ނުވާމާ ވެލްތު މެނޭޖްމަންޓް، ޓްރަސްޓް އިންވެސްޓްމަންޓް އެޑްވައިޒާސް އަދި ޓިޕް ސަންސް ކޮންސަލްޓަންސީ ސާވިސަސް އެވެ.

ގުޅުންހުރި ޚަބަރު