ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ގުޅުން އަލުން މުރާޖައާކުރުމަށް ގޮވާލައިފި
ދުނިޔެ

ގުޅުން އަލުން މުރާޖައާކުރުމަށް ގޮވާލައިފި

އއިބްރާހީމްް ސަމީރު9 ޖެނުއަރީ 2026
އެމެރިކާގެ 'މޭޖަރ ނޮން-ނޭޓޯ އެލައި' (އެމް.އެން.އެން.އޭ) ގެ ދަރަޖަ ޕާކިސްތާނަށް ދީފައި އޮތް އޮތުން މުރާޖައާކުރުމަށް އެމެރިކާގެ 'ގޭޓްސްޓޯން އިންސްޓިޓިއުޓް' އިން ގޮވާލައިފިއެވެ. 'ގޭޓްސްޓޯން އިންސްޓިޓިއުޓް' ގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ ޖޫން މަހު ހިނގި 'ބާރަ ދުވަހުގެ ހަނގުރާމަ'އިގައި ޕާކިސްތާނުން ތާއީދު ކުރުމަކީ އެމެރިކާއިން ގުޅުން ވަޒަން ކުރަން ޖެހޭ ކަމެއް ކަމުގައި ބުނެފައެވެ. މިއީ ޕާކިސްތާނާއި އީރާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުންދާކަމުގެ ހެއްކެއްގެ ގޮތުގައި ރިޕޯޓުގައި ސިފަކޮށްފައިވެއެވެ. އަނެއްކޮޅުން އެ އިންސްޓިއުޓުން ބުނަމުން ދަނީ އީރާނައެކު ގުޅުން ބަދަހިކޮށް އެމެރިކާއާއެކު ގުޅުން ބަދަހިކޮށް ދެކަން އެއް ވަރަކަށް ޕާކިސްތާނަށް ނުގެންދެވޭނެ ކަމަށެވެ. ގޭޓްސްޓޯން އިންސްޓިޓިއުޓްގެ ތަހުލީލުގައި ވަނީ އިސްރާއީލާ ޕާކިސތާނުން ގުޅުން ނުބާއްވާތީ އެކަމަށް ފާޑު ކިޔައި އެމެރިކާއަށް އެކަން ވެސް ހަނދާން ކޮށްދީފައެވެ. އަދި ބުނެފައި ވަނީ ޕާކިސްތާނަކީ ދުވަހަކުވެސް އިސްރާއީލު ބަލައިގަތް ގައުމެއް ނޫން ކަމަށާއި، އީރާނާއެކު ފިކުރީ އަދި ސަލާމަތީ ގޮތުން ދިގު މުއްދަތުގެ ގުޅުންތަކެއް އިސްލާމްއާބާދުން ބާއްވަމުން އަންނަ ކަމަށެވެ. ވަކިން ހާއްސަކޮށް، ބަލޫޗް ވަކިވެގަންނަން މަސައްކަތްކުރާ ޖަމާއަތްތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރާކަން ވެސް ފާހަގަކޮށްފައިވެއެވެ. ޕާކިސްތާނުން ދެކޭ ގޮތުގައި ބަލޫޗީންނަކީ ބާޣީ ޓެރަރިސްޓް ޖަމާއަތެކެވެ. މީގެ އިތުރުން، ޕާކިސްތާނާއި އީރާނާއި ޗައިނާގެ މެދުގައި އޮތް ގުޅުން ވަރުގަދަވަމުންދާކަންވެސް ފާހަގަ ކޮށް އެމެރިކާއާއި ޕާކިސްތާނުގެ ގުޅުން ފިތުނަ ކުރުމަށް މި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، އީރާނާއި ޕާކިސްތާނާ ދެމެދު 2.8 ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތްތައް ހިނގަމުންދާ ކަމަށާއި، ދެ ގައުމުގެ އަސްކަރީ އިސްވެރިންގެ މެދުގައި ސަލާމަތީ ކަންކަމުގައި ގާތުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ. އެމް.އެން.އެން.އޭ ގެ ދަރަޖައިގެ ދަށުން އެމެރިކާގެ އަސްކަރީ އެހީތެރިކަމާއި އިނާޔަތްތައް ޕާކިސްތާނަށް ލިބެމުންދާއިރު، އެ ގައުމުގެ ހާރިޖީ ސިޔާސަތު ހުރީ އެމެރިކާގެ މަސްލަހަތާ ދެކޮޅަށް ކަމަށް ރިޕޯޓުގައ ފާހަގަކޮށްފައިވެއެވެ. އަދި ޣައްޒާ ނުވަތަ ގަލްފް ސަރަހައްދު ފަދަ ނާޒުކު ސަރަހައްދުތަކުގައި ޕާކިސްތާނަށް އެމެރިކާއިން އިތުބާރު ކޮށްގެން ނުވާނެ ކަމަށްވެސް ބުނެ އިންޒާރުވެސް ދީފައެވެ. މި ތަހުލީލު ނިންމާލަމުން ބުނެފައިވަނީ، ޕާކިސްތާނުގެ ވަފާތެރިކަން ބަދަލުވަމުންދާ ގޮތަށާއި، އެމެރިކާގެ ވާދަވެރި ގައުމުތަކާއެކު ބާއްވާ ގުޅުންތަކަށް އެމެރިކާއިން ބަލަންވާނެ ކަމަށާއި ވޮޝިންޓަނުން ޕާކިސްތާނުގެ އިސްތިރާޖީ ދައުރާ މެދު އަލުން ވިސްނަން ޖެހޭނެ ކަމަށެވެ.

ގުޅުންހުރި ޚަބަރު