ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އެމެރިކާގައި އުޅޭ އިންޑިއާ މީހުންނަކީ، ބްރޭންޑް އެމްބެސެޑަރުން: މޯދީ
ދުނިޔެ

އެމެރިކާގައި އުޅޭ އިންޑިއާ މީހުންނަކީ، ބްރޭންޑް އެމްބެސެޑަރުން: މޯދީ

އއިބްރާހީމްް ސަމީރު24 ސެޕްޓެމްބަރު 2024
އެމެރިކާގައި އުޅޭ އިންޑިއާ މީހުންނަކީ، އިންޑިއާގެ ބްރޭންޑް އެމްބެސެޑަރުން ކަމުގައި ނިއުޔޯކް ސަރަހައްދުގައި ދިރިއުޅޭ އިންޑިއާ މީހުންނާ ބައްދަލު ކުރައްވައި މޮދީ ވިދާޅުވެއެވެ. އަދި އިންޑިއާގެ ސަގާފީ އާދަކާދައާއި ބަސްތައްވެސް އިންޑިއާ މީހުން މެދުވެރިވެގެން ބައިނަލްއަޤްވާމީ ވެފައިވާ ކަމަށް މޮދީ ވިދާޅުވިއެވެ. އެގޮތުން އެއް ބަހަކަށް އޭނާ އިޝާރާތް ކުރެއްވީ ނަމަސްތޭއަށެވެ. އޭގެ އިތުރުން އިންޑިއާ މީހުން އިންޑިއާގެ ފަލްސަފާ ކަމަށްވާ ދުނިޔެއަކީ ބޮޑު އެއް ޢާއިލާއެއްކަމުގައި ދެކިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ސުލްހަވެރިކަމާއެކު ދިރިއުޅޭ ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ބޭރު ގައުމުތަކުގައި އިންޑިއާ މީހުން ދިރިއުޅޭ އިރު ތަފާތު ބަހުރުވަތަކުން ވާހަކަ ދައްކާއިރު އެއްބަޔަކު އަނެއް ބަޔަކަށް ތަފާތު ކަމެއް ނުގެންގުޅޭ ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އިންޑިއާ އިން ބޭރުގައި ދިރިއުޅޭ އިންޑިއާގެ މީހުންގެ ހުނަރަށް ތައުރީފު ކުރައްވަމުން އޭނާ ވިދާޅުވީ އެ ހުނަރަކީ އިންޑިއާ މީހުންނާ އެމެރިކާއާ ގުޅުވައިދޭ މައިގަނޑު ވަސީލަތް ކަމަށެވެ.

ގުޅުންހުރި ޚަބަރު