ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޗައިނާގެ އަސްކަރީ ތައްޔާރީތަކާމެދު
ދުނިޔެ

ޗައިނާގެ އަސްކަރީ ތައްޔާރީތަކާމެދު

އއިބްރާހީމްް ސަމީރު11 ޖެނުއަރީ 2026
ޗައިނާގެ ސިފައިން ޒަމާނީ ކުރުމަށް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައިވީ ނަމަވެސް، ހަގީގީ ހަނގުރާމައެއްގައި އެ ގައުމުގެ ސިފައިންނަް ހިފަހައްޓާލެވޭނެ ކަމާމެދު ދިރާސާކުރާ ފަރާތްތަކުން ސުވާލު އުފައްދަން ފަށައިފިއެވެ. "ދަ ޑިޕްލޮމެޓް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕީޕަލްސް ލިބަރޭޝަން އާމީ ގެ އެތެރޭގައި އޮތް ކޮރަޕްޝަނާއި އޮނިގަނޑުގެ ބަލިކަށިކަމުގެ ސަބަބުން އަސްކަރީ ގާބިލުކަމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މި ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޗައިނާގެސިފައިންގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް އޮތްއިރު، ހަތިޔާރުތަކުގެ އިންސްޕެކްޝަން ރިޕޯޓުތައް އޮޅުވާލުމާއި، މިސައިލް ރައްކާކުރާ ސައިލޯތަކުގައި ތެލުގެ ބަދަލުގައި ން އަޅާފައި ހުރިކަން ފަދަ ސީރިއަސް މައްސަލަތައް ވަނީ ފެންމަތިވެފައެވެ. މިއީ ޗައިނާގެ އަސްކަރީ ތައްޔާރީތަކުގެ ފެންވަރާމެދު ބައިނަލްއަގުވާމީ ފެންވަރުގައި ކަންބޮޑުވުން އުފެދުނު އެއް ސަބަބެވެ. އަސްކަރީ މާހިރުން ވިދާޅުވާ ގޮތުގައި ޕީ.އެލް.އޭ އަށް އަދިވެސް ހަނގުރާމައިގެ އަމަލީ ތަޖުރިބާ މަދެވެ. އަދި އެކި ގޮފިތައް ގުޅިގެން ހިންގާ އޮޕަރޭޝަންތަކުގެ ގާބިލުކަމާއި، އިތުބާރު ހުރި ކޮމާންޑް ސްޓްރަކްޗަރެއް ނެތުމަކީވެސް ބޮޑު ގޮންޖެހުމެކެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގް 2023 އާއި 2025 އާ ދެމެދު އިސް އޮފިސަރުން މަގާމުން ވަކިކުރައްވައި ހިންގެވި ފިޔަވަޅުތަކަކީ އަސްކަރިއްޔާގެ އަދަބު އަޚްލާގު ރަނގަޅު ކުރުމަށް އެޅުއްވި ފިޔަވަޅުތަކެއް ކަމަށް ވިޔަސް، މީގެން ހާމަވެގެންދިޔައީ ރޮކެޓް ފޯސް އާއި މުދާ ހޯދުމުގެ ނިޒާމުގެ ތެރެއަށް ކޮރަޕްޝަން ވަދެފައިވާ މިންވަރެވެ. ޓައިވާނާއި ދެކުނު ޗައިނާ ކަނޑުގެ ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، ޗައިނާގެ ލީޑަޝިޕުން އެ ގައުމުގެ އަސްކަރީ ތައްޔާރީތަކާ މެދު މާ ބޮޑަށް އިތުބާރު ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް މާހިރުން އިންޒާރު ދެއެވެ. މިފަދަ ނުބައި ހިސާބެއް ޖެހުމަކީ މުޅި ދުނިޔެއަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއް ކަމަށްވެސް އެފަރާތްތަކުން ފާހަގަކުރެއެވެ.

ގުޅުންހުރި ޚަބަރު