ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ފަސް އަހަރު ތެރޭގައި 70 ޖަނަވާރު
ދުނިޔެ

ފަސް އަހަރު ތެރޭގައި 70 ޖަނަވާރު

އއިބްރާހީމްް ސަމީރު11 ޖެނުއަރީ 2026
ޕާކިސްތާނުގެ ލާހޯރު ޒޫގައި ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި 70 އަށްވުރެ ގިނަ ޖަނަވާރު މަރުވެފައިވާކަން ރަސްމީ ރެކޯޑްތަކުން ހާމަވުމާ ގުޅިގެން، އެ ތަނުގެ މެނޭޖްމަންޓަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. މަރުވި ޖަނަވާރުތަކުގެ ތެރޭގައި ނެތިދިއުމުގެ ބިރު ހީވެފައިވާ ބާވަތްތަކާއި ބައިނަލްއަގުވާމީ ފެންވަރުގައި ބަދަލުކުރެވުނު ޚާއްޞަ ޖަނަވާރުތައް ވެސް ހިމެނެއެވެ. ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި އަދަދުތަކުން ހާމަވަނީ އެ ތަނުގައި ޖަނަވާރުންނަށް ބެލެހެއްޓުމުގައި އޮތް އިހުމާލާއި، އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބުމުގެ އިތުރުން ޖަނަވާރުން ބައިތިއްބާ ތަންތަނުގެ ހާލަތު ދަށްކަމެވެ. މީގެ އިތުރުން، ޒޫގެ އިންފްރާސްޓްރަކްޗާ ބޭނުންނުކުރެވޭ ވަރަށް ބާވުމާއި، މުވައްޒަފުން މަދުވުމާއި، އަދި ނާދިރު ބާވަތްތަކުގެ ޖަނަވާރުންނަށް ފަރުވާދޭނެ ތަމްރީނު ލިބިފައިވާ ތަޖުރިބާކާރުން ނެތުމަކީ ވެސް މި ހާދިސާތަކުގެ ސަބަބެއް ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ. ޒޫގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ބައެއް ޖަނަވާރުތައް މަރުވެފައިވަނީ ގުދުރަތީ ސަބަބުތަކާ ހުރެ ނުވަތަ މުސްކުޅިވުމުގެ ސަބަބުން ދިމާވި ސިއްހީ މައްސަލަތަކުގައެވެ. ނަމަވެސް، އެކްޓިވިސްޓުން ދެކޭ ގޮތުގައި ޖަނަވާރުތައް މަރުވަމުންދާ ގޮތަށް ބަލާއިރު، މިއީ މެނޭޖްމަންޓްގެ ނުކުޅެދުންތެރިކަމާއި ބޮޑެތި އިހުމާލުތަކެއް އޮތް ކަމުގެ ހެއްކެކެވެ. މި މައްސަލައާ ގުޅިގެން ލާހޯރު ޒޫގެ ހިންގުން ފުރިހަމައަށް އޮޑިޓް ކުރުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ. ބައެއް ކޮންޒަވޭޝަނިސްޓުން ސަރުކާރަށް އިލްތިމާސް ކުރަމުންދަނީ އެ ތަން ބަންދުކޮށް، މިހާރު ދިރިތިބި ޖަނަވާރުތައް ރައްކާތެރި މާހައުލުތަކަށް ނުވަތަ ސެންޗުއަރީތަކަށް ބަދަލުކުރުމަށެވެ.

ގުޅުންހުރި ޚަބަރު