ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ޔޫއޭއީ ކުދިން ދީނަށް އުޅޭތީ އިޒްރޭލަށް ކިޔަވަން ފޮނުވަނީ
ދުނިޔެ

ޔޫއޭއީ ކުދިން ދީނަށް އުޅޭތީ އިޒްރޭލަށް ކިޔަވަން ފޮނުވަނީ

އއިބްރާހީމްް ސަމީރު11 ޖެނުއަރީ 2026
ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތަކަށް ދެމުންދިޔަ ސަރުކާރުގެ ސްކޮލަޝިޕްތައް މެދުކަނޑާލުމަށް ނިންމައިފިއެވެ. މިއީ ވަރަށް މުނާ ފިގު ނިންމުމެއް ކަމަށްވެސް ބުނެ ގިނަ ބަޔަކު ދަނީ އަބޫދާބީގެ ނިންމުމަށް ފާޑުކިޔަމުންނެވެ. އިޒްރޭލުގެ މީޑިއާއާ އެކްސް ގައި ދައުރުވަމުންދާ މައުލޫމާތުތަކަށް ބަލާއިރު، ޔޫއޭއީއިން މި ފިޔަވަޅު އެޅީ އިނގިރޭސިވިލާތުގައި ކިޔަވާ ދަރިވަރުން "ހަރުކަށި އިސްލާމީ ފިކުރުތަކަށް" އުޅެންދަސްކުރާ ކަމުގެ ބިރު އޮތްކަމަށްބުނެއވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން ޔޫއޭއީގެ ސަރުކާރުން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. މި މައްސަލަ އިތުރަށް ހޫނުވީ، އިނގިރޭސިވިލާތަށް ދަރިވަރުން ފޮނުވުން ހުއްޓާލާފައިވާއިރު، އިޒްރޭލުގެ ޔުނިވަރސިޓީތަކަށް ގިނަ އަދަދެއްގެ ޔޫއޭއީ ދަރިވަރުން ފޮނުވަމުންދާތީއެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، އިޒްރޭލުގެ މުއައްސަސާތަކަކީ "ހަރުކަށި ޒަޔަނިސްޓް ފިކުރު" ފަތުރާ ތަންތަނެވެ. އިޒްރޭލުގެ ޓީވީ ޗެނަލަކުން ދެއްކި ވީޑިއޯއެއްގައި ޔޫއޭއީ ދަރިވަރުން އިޒްރޭލުގައި ކިޔެވުމާ މެދު އުފާވެރި ޝުއޫރުތައް ފާޅުކުރާ މަންޒަރު ފެނުމުން، ގިނަ ބަޔަކު ވަނީ ޔޫއޭއީގެ ސިޔާސަތަކީ ވަކި ފަރާތަކަށް ލެނބިފައިވާ ސަހްޔޫނީ ސިޔާސަތެއްގެ ގޮތުގައި ސިފަކޮށްފައެވެ. މި ނިންމުމުގެ ފަހަތުގައި ސިޔާސީ ސަބަބުތަކެއް އޮވެދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ. ވަކިން ހާއްސަކޮށް، މުސްލިމް ބްރަދަހުޑްއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމަށް ޔޫއޭއީއިން ކުރި އިލްތިމާސަށް އިނގިރޭސިވިލާތުން ދެކޮޅު ހަދާފައިވާ ދަނޑިވަޅެއްގައި މިފަދަ ނިންމުމެއް އައުމަކީ އިއްތިފާގެއް ނޫން ކަމަށް ބެލެވެއެވެ. 2020 ވަނަ އަހަރު ސޮއިކުރެވުނު އަބްރަހަމް އެކޯޑްސްއަށްފަހު، ޔޫއޭއީއާއި އިޒްރޭލާ ދެމެދު ސަލާމަތީ، އިގްތިސާދީ އަދި ތައުލީމީ އަދި ޔަހޫދީ އަޚުވަންތަ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. މިހާރުވެސް އެތައް ސަތޭކަ ޔޫއޭއީ ދަރިވަރުން އިޒްރޭލުގެ އެކި މުއައްސަސާތަކުގައި ތައުލީމު ހާސިލުކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސޯޝަލް މީޑިއާގައި ޔޫއޭއީއަށް ނިސްބަތްކޮށް "އިޒްރޭލުގެ ކޮއްކޮ" ފަދަ ހޭޝްޓެގްތައް ބޭނުންކޮށް، ސަރަހައްދީ ފެންވަރުގައި ބޮޑެތިފާޑުކިޔުންތަކެއް ދަނީ ކުރެވެމުންނެވެ.

ގުޅުންހުރި ޚަބަރު