ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ކާމްރާން 25 އަހަރަށް ޖަލަށް!
ދުނިޔެ

ކާމްރާން 25 އަހަރަށް ޖަލަށް!

އއިބްރާހީމްް ސަމީރު11 ޖެނުއަރީ 2026
ޕާކިސްތާންގެ ޖިއޯ ޓީވީން ދައްކަމުން އައި މަގުބޫލު ޑްރާމާ ސިލްސިލާ "ކޭސް ނަމްބަރު 9" ނިމުމަކަށް އައިއިރު، ޖިންސީ ގޯނާގެ ޝިކާރައަކަށްވި ސަހަރު އަށް ގާނޫނީ ދިގު މަރުހަލާތަކަކަށްފަހު އިންސާފު ލިބިއްޖެއެވެ. މި ޑްރާމާގެ ފަހު އެޕިސޯޑުގައި ކޯޓުން ވަނީ މައިގަނޑު ކުށްވެރިޔާ ކާމްރާން 25 އަހަރަށް ބުރަ މަސައްކަތާއެކު ޖަލަށްލުމަށް ހުކުމްކޮށްފައެވެ. މީގެ އިތުރުން، މި ކުށުގައި ބައިވެރިވި އެހެން މީހުންނާ މެދު ވެސް ގާނޫނީ ހަރުކަށި ފިޔަވަޅު އެޅުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ޑްރާމާ ނިމުމުގެ ކުރިން މުޅި ޕާކިސްތާނުގައި އުފެދިފައި އޮތް އެންމެ ބޮޑު ސުވާލަކީ ސަހަރު އަށް އިންސާފު ލިބޭނެތޯ އާއި، ދޮގު ހެކިބަސް ދިން މީހުންނަށް ވާނީ ކިހިނެއްތޯއެވެ. މި ހުރިހާ ސުވާލެއްގެ ޖަވާބު ފަހު އެޕިސޯޑުން ލިބިގެންދިޔައެވެ. މި ސިލްސިލާގައި ސަހަރުގެ ބައި ކުޅެފައި ވަނީ. ޕާކިސްތާންގެ ކުޅަދާނަ އަދާކާރު ސަބާ ޤަމަރު އެވެ. މި ޑްރާމާ ނިމުމާ ގުޅިގެން ޖިއޯ ނިއުސްއިން ބޭއްވި ހާއްސަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑްރާމާގެ ރައިޓަރު އަދި ސީނިއާ އެންކަރ ޝާހްޒޭބް ޚާންޒާދާ ވިދާޅުވީ، މި ޑްރާމާ މިހާ ބޮޑަށް މަގުބޫލުވެގެންދާނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ. "އާންމުކޮށް ޑްރާމާ ނުބަލާ މީހުން ވެސް މި ސިލްސިލާ ބަލަން ފެށިކަން ފާހަގަވި،" ޝާހްޒޭބް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ޕްރޮޑިއުސަރުން ކަމަށްވާ އަބްދުﷲ ކަދުވާނީ އާއި އަސަދު ގުރައިޝީ މި ޕްރޮޖެކްޓަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވި ކަމަށެވެ. އަސަދު ގުރައިޝީ ވިދާޅުވެފައިވަނީ މިއީ އޭނާގެ އަމިއްލަ ދަރިފުޅަށްޓަކައި އުފައްދަން ބޭނުންވި ޑްރާމާއެއް ކަމަށެވެ. އަދި ޝާހްޒޭބް އަމިއްލައަށް އެންކަރެއްގެ ރޯލުން ފެނިގެންދިއުމުން ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބު އޭނާ ފާހަގަކުރެއްވިއެވެ. ކާމްރާންގެ ރޯލު ކުޅުނު މަޝްހޫރު އެކްޓަރު ފައިސަލް ގުރައިޝީ ބުނިގޮތުގައި، މިއީ އޭނާގެ ކެރިއަރުގައި ކުޅުނު އެންމެ އުނދަގޫ އެއް ރޯލެވެ. އޭނާ ބުނީ މި ޑްރާމާގެ މަގްސަދަކީ މުޖުތަމައު ހޭލުންތެރިކުރުވުން ކަމަށެވެ. ވަކީލެއްގެ ރޯލުން ފެނިގެންދިޔަ އާމިނާ ޝެއިޚް ބުނީ، މި ޑްރާމާގެ ސަބަބުން މަދު އަންހެނުންތަކަކަށް ނަމަވެސް އެމީހުންގެ ހައްގުތަކާއި ގާނޫނުތައް އެނގިގެންދިޔަނަމަ، އެއީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. "ކޭސް ނަމްބަރު 9" އަކީ ހަމައެކަނި މުނިފޫހިފިލުވުމުގެ ޕްރޮގްރާމެއްގެ ބަދަލުގައި، މުޖުތަމައުގައި ހުރި ނުރައްކާތެރި މައްސަލަތަކަށް އަލިއަޅުވާލައި، އިންސާފު ހޯދުމަށް ކުރާ މަސައްކަތް ދައްކުވައިދިން ވަރުގަދަ އުފެއްދުމެއްގެ ގޮތުގައި ބެލުންތެރިން ވަނީ ބަލައިގެންފައެވެ.

ގުޅުންހުރި ޚަބަރު