ދިވެހި|English 9 ޖުލައި 2026 · 04:29
Top banner
Advertisement
ހުޅަނގުގެ މުނާފިގު ވާހަކަތަކަށް ފާޑުކިޔުން
ދުނިޔެ

ހުޅަނގުގެ މުނާފިގު ވާހަކަތަކަށް ފާޑުކިޔުން

އއިބްރާހީމްް ސަމީރު12 ޖެނުއަރީ 2026
ހުޅަނގުގެ ގައުމުތަކުން ބަސްބުނުމުގެ މިނިވަންކަން ހަނިކުރަމުންދާ ކަމަށް ވިދާޅުވެ، އީރާންގެ މަޝްހޫރު ޕްރޮފެސަރ މުހައްމަދު މަރާންދީ ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހުޅަނގުން ދައްކާ ޑިމޮކްރަސީގެ ވާހަކަތަކާއި އަމަލާ ދިމާނުވާކަން މިހާރު ދަނީ ފެންނަމުންނެވެ. މަރާންދީ ވިދާޅުވީ، ލަންޑަނުގައި ހުންނަ އިޒްރޭލު އެމްބަސީން ކުރި ޓުވީޓެއްގައި، ލަންޑަނާއި މެންޗެސްޓަރގެ މަގުމަތީގައި "އިންތިފާޟާ ދުނިޔެއަށް ފަތުރާލާ" ކަމަށް  ބުނާ މީހުން ފުލުހުން ހައްޔަރުކުރާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި މިއަދު އެފަދަ ޝުއޫރުތައް ފާޅުކުރި ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ހުޅަނގުގެ ސަރުކާރުތަކުން މައުލޫމާތު ކޮންޓްރޯލްކޮށް، ވަކި ފަރާތަކަށް ބުރަވެ ތިބެގެން މަސައްކަތް ކުރުމުގެ ސަބަބުން އާންމުންނަށް ހަގީގީ މަންޒަރު އޮޅެމުންދެއެވެ. "މިއީ ހުޅަނގުގެ މިނިވަންކަން އޮތް ހާލަތަކީ. މިފަދަ މާހައުލެއް އޮތްއިރު، ޖަރުމަނުގެ އާންމު ރައްޔިތުންނަށް ދުނިޔޭގައި ހިނގާ ކަންކަމުގެ ހަގީގަތް އެނގޭނެ ކަމަށް އުންމީދުކޮށްގެން ނުވާނެ،" މަރާންދީ ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން ގިނަ ބަޔަކު ދަނީ ހުޅަނގުގެ ގައުމުތަކުން އިންސާނީ ހައްގުތަކާއި ބަސްބުނުމުގެ މިނިވަންކަމާ ބެހޭގޮތުން ގެންގުޅޭ ދެފުށް ފެންނަ ސިޔާސަތަށް ސުވާލު އުފައްދަމުންނެވެ. ވަކިން ހާއްސަކޮށް ފަލަސްތީނުގެ މައްސަލާގައި އަޑުއުފުލާ މީހުންނަށް އަމާޒުކޮށް ހަރުކަށި ފިޔަވަޅުތައް އެޅުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ގުޅުންހުރި ޚަބަރު