ދިވެހި|English 10 ޖުލައި 2026 · 00:41
Top banner
Advertisement
ޕީޕީޕީން މަޖިލިސް ދޫކޮށް ނުކުތުމާ ގުޅިގެން އިގްތިސާދީ ޒޯންތަކާ ބެހޭ ބިލު ސަރުކާރުން އަނބުރާ ގެންގޮސްފި
ދުނިޔެ

ޕީޕީޕީން މަޖިލިސް ދޫކޮށް ނުކުތުމާ ގުޅިގެން އިގްތިސާދީ ޒޯންތަކާ ބެހޭ ބިލު ސަރުކާރުން އަނބުރާ ގެންގޮސްފި

އއިބްރާހީމްް ސަމީރު13 ޖެނުއަރީ 2026
ޕާކިސްތާނުގެ ނޭޝަނަލް އެސެމްބްލީގައި ހިމެނޭ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އިން އިހުތިޖާޖުކޮށް މަޖިލިސް ދޫކޮށް ނުކުތުމާ ގުޅިގެން، ސްޕެޝަލް އިކޮނޮމިކް ޒޯންސް ގެ ބިލް  2026 ސަރުކާރުން އަނބުރާ ގެންގޮސްފިއެވެ. ޕީޕީޕީން ތުހުމަތުކުރި ގޮތުގައި ސަރުކާރުން މަސައްކަތް ކުރީ ރައީސުލްޖުމްހޫރިއްޔާގެ ސޮއި ނެތް ގާނޫނެއް މަޖިލީހުން ފާސްކުރުމަށެވެ. ޕީޕީޕީގެ މެންބަރުން ވިދާޅުވީ، މިއީ ޕާކިސްތާނުގެ ގާނޫނީ ތާރީހުގައި ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ނެތި ގާނޫނެއް އިއުލާނުކުރަން އުޅުނު ފުރަތަމަ ފަހަރު ކަމަށެވެ. މިއީ ލަދުވެތި އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޕީޕީޕީ އިން ބުނެއެވެ. މި މައްސަލައާ ގުޅިގެން ޕީޕީޕީގެ މެންބަރުން މަޖިލިސް ދޫކޮށް ނުކުތުމުން، އެ ޕާޓީގެ ޗެއާމަން ބިލާވަލް ބުއްޓޫ ޒަރުދާރީ ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. ޕީޕީޕީގެ ލީޑަރުން ކަމަށްވާ އާގާ ރަފީއުﷲ އާއި ކުރީގެ ބޮޑުވަޒީރު ރާޖާ ޕަރުވޭޒް އަޝްރަފް ވިދާޅުވީ، މާޝަލް ލޯގެ ދަށުން ވެސް މިފަދަ ކަމެއް ހިނގާފައި ނުވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ސޮއި ނެތް ގާނޫނަކީ ގާނޫނާ ހިލާފު އަދި ބާތިލު އެއްޗެއް ކަމަށް އެ ބޭފުޅުން ބާރުއަޅުއްވައި ވިދާޅުވިއެވެ. ލޯ މިނިސްޓަރު އާޒަމް ނަޒީރު ތަރާރު މަޖިލީހުގައި ވިދާޅުވީ، ގިނަ ބިލްތަކެއް ރައީސް އޮފީހުގައި މަޑުޖެހިފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް ބިލްގައި ދާދި ފަހުން ރައީސް ސޮއިކުރައްވާފައިވާ ކަމަށެވެ. ގާނޫނުއަސާސީގައިވާ ގޮތުން މަޖިލީހުގެ ދެގެއިން ފާސްކުރާ ބިލްތައް 10 ދުވަސް ތެރޭގައި އަމިއްލައަށް ފާސްވާނެ އެވެ މީގެ އިތުރުން، ނޭޝަނަލް އެސެމްބްލީގެ ސްޕީކަރު އަޔާޒް ސާދިގު ވަނީ އާ އިދިކޮޅު ލީޑަރު އައްޔަންކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. ޕީޓީއައި އިން ކަށަވަރުކޮށްދިން ގޮތުގައި 75 މެންބަރުން ވަނީ މަހްމޫދު ޚާން އަޞްކްޒާއީ އެ މަގާމަށް އައްޔަންކުރުމަށް ތާއީދުކޮށްފައެވެ. މިކަމުގެ ރަސްމީ އިއުލާނު ބުރާސްފަތި ދުވަހު ނެރޭނެ ކަމަށް ބެލެވެއެވެ. ޕީޓީއައި އިން އާ އިދިކޮޅު ލީޑަރަކު އައްޔަންކުރަން ޖެހުނީ، މޭ 9 ގެ ހާދިސާތަކާ ގުޅިގެން ކުރީގެ އިދިކޮޅު ލީޑަރުން ކަމަށްވާ އުމަރު އަޔޫބާއި ޝިބްލީ ފަރާޒްގެ މައްޗަށް ކުށް ސާބިތުވެ، މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

ގުޅުންހުރި ޚަބަރު