ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޔަހޫދީންގެ ފިއްތުންތަކާ ގުޅިގެން އިސްތިއުފާ
ދުނިޔެ

ޔަހޫދީންގެ ފިއްތުންތަކާ ގުޅިގެން އިސްތިއުފާ

އއިބްރާހީމްް ސަމީރު17 ޖެނުއަރީ 2026
އިނގިރޭސިވިލާތުގެ ބާމިންހަމްގެ ފުލުހުންގެ އެންމެ އިސްވެރިޔާ، ޗީފް ކޮންސްޓަބަލް ކްރެއިގް ގިލްޑްފޯޑް، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ މަގާމުން ވަކިވެވަޑައިގަތީ އިޒްރޭލުގެ ފުޓުބޯޅަ ސަޕޯޓަރުންނާ ގުޅޭގޮތުން ނިންމެވި ނިންމެވުމަކާ ގުޅިގެން ކުރިމަތިވި ފިއްތުންތަކަކަށްފަހުއެވެ. ހުކުރު ދުވަހު ގިލްޑްފޯޑް އިސްތިއުފާ ދެއްވީ، އޭނާއަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް އިނގިރޭސި ހޯމް ސެކްރެޓަރީ ޕާކިސްތާން ދަރިކޮޅުގެ ޝަބާނާ މަހުމޫދު ޕާލަމަންޓުގައި ވިދާޅުވުމާ ގުޅިގެންނެވެ. މި މައްސަލަ އުފެދުނީ މިދިޔަ ނޮވެމްބަރު މަހު ބާމިންހަމްގައި ކުޅުނު ފުޓުބޯޅަ މެޗަކަށް ހަމަނުޖެހުން އުފެއްދުމަށް މަޝްހޫރު އިޒްރޭލުގެ މަކާބީ ތެލް އަވީވްގެ ސަޕޯޓަރުން ވަނުން އޭނާ މަނާކުރެއްވި މައްސަލައިގައެވެ. އެ މެޗަށް ޔަހޫދީ ސަޕޯޓަރުން ވަނުން މަނާކުރުމަށްޓަކައި ގިލްޑްފޯޑް ބޭނުންކުރެއްވީ އޭއައި މެދުވެރިކޮށް ހޯދާފައިވާ އިންޓެލިޖެންސް މައުލޫމާތުތަކެކެވެ. މި ނިންމުމާ ގުޅިގެން ޔަހޫދީ ޖަމާއަތްތަކުންނާއި ޒަޔަނިސްޓުންނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ގިލްޑްފޯޑާ ދެކޮޅަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރުވާފައެވެ. އަދި މިއީ ގަސްތުގައި ޔަހޫދީންނާ ދެކޮޅަށް އެޅި ފިޔަވަޅެއްގެ ގޮތުގައި އެ ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ. މި މައްސަލައިގައި އިނގިރޭސި ސަރުކާރުގެ އިސް ފަރާތްތަކުން އޭނާއާ ދެކޮޅަށް ތެދުވުމާއި، ހޯމް ސެކްރެޓަރީގެ އިތުބާރު ނެތްކަން ހާމަކުރުމަކީ ޔަހޫދީންގެ ނުފޫޒު މިކަމުގައި އޮތް މިންވަރު ހާމަވާ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އިސްތިއުފާ ދެއްވުމަށްފަހު ގިލްޑްފޯޑް ވިދާޅުވީ އޭނާ ނިންމެވި ނިންމެވުމަކީ އާންމު ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނިންމެވި ނިންމެވުމެއް ކަމަށެވެ.  

ގުޅުންހުރި ޚަބަރު