ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ރަމަޟާން މަސް ފެށޭނީ ފެބްރުއަރީ 18 ގައި
ދުނިޔެ

ރަމަޟާން މަސް ފެށޭނީ ފެބްރުއަރީ 18 ގައި

އއިބްރާހީމްް ސަމީރު17 ޖެނުއަރީ 2026
ފަލަކީ އޮބްޒަވޭޓަރީތަކާއި ދިރާސާ ކުރާ މަރުކަޒުތަކުން ހަދާފައިވާ އެންމެ ފަހުގެ ހިސާބުތަކުން ދައްކާގޮތުގައި، ހިޖުރައިން 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 2026 ފެބްރުއަރީ 18 ވާ ބުދަ ދުވަހެވެ. ސައިންޓިފިކް ޑޭޓާށް ބަލާއިރު، ރޯދަމަހުގެ ހަނދުގެ ސެންޓްރަލް ކޮންޖަންކްޝަން ނުވަތަ ހަނދު މަސް ބަދަލުވުން ހިނގާނީ 2026 ފެބްރުއަރީ 17 ވާ އަންގާރަ ދުވަހުގެ ކުރީކޮޅުގައެވެ. އަދި އެ ދުވަހުގެ ހަވީރު އުޑުމަތިން ހަނދު ފެންނާނެ ކަމަށް ލަފާކުރެވޭތީ، ބުދަ ދުވަހަކީ އަރަބި އަދި އިސްލާމީ ގިނަ ގައުމުތަކުގައި ރޯދަ މަސް ފެށޭނެ ދުވަސް ކަމަށް ބެލެވެއެވެ. ފަލަކީ ހިސާބުތަކުން އިތުރަށް ދައްކާގޮތުގައި މިއަހަރުގެ ރަމަޟާން މަސް ތިރީސް ދުވަހަށް ދެމިގެންދާނެއެވެ. އެހެންކަމުން، ޝައްވާލު މަހުގެ ފުރަތަމަ ދުވަސް ނުވަތަ ބަރަކާތްތެރި ފިތުރު އީދު ދުވަސް ދިމާވާނީ 2026 މާޗް 20 ވާ ހުކުރު ދުވަހަށެވެ. މި ތާރީޚުތަކަކީ ފަލަކީ ހިސާބުތަކުން ފެންނަން ހުރި ތާރީޚުތަކެއް ކަމުގައިވިނަމަވެސް، ރަސްމީކޮށް މަސް ފެށުން ކަނޑައެޅޭނީ ހިޖުރައިން 1447 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 29 ވާ އަންގާރަ ދުވަހުގެ ރޭ (ހަނދު ބަލާ ރޭ) ހަނދު ފެނުމާ ގުޅޭގޮތުން ނެރޭ ރަސްމީ އިއުލާނަށް ފަހުގައެވެ.

ގުޅުންހުރި ޚަބަރު