ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ޔޫއޭއީއިން ތޮރުފިގަންނަނީ ކަމަށް ބުނޭ
ދުނިޔެ

ޔޫއޭއީއިން ތޮރުފިގަންނަނީ ކަމަށް ބުނޭ

އއިބްރާހީމްް ސަމީރު21 ޖެނުއަރީ 2026
އިސްރާއީލުގެ ތާއީދާއެކު ހިންގާ "މަޝްރޫއެއްގެ" ދަށުން، އަރަބި ބައެއް ގައުމުތައް ބައިބައިކުރުމުގެ މަސައްކަތުގައި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ބައިވެރިވާކަމަށް ބުނެ، ސޯޝަލް މީޑިއާގައާއި ސިޔާސީ މައިދާނުގައި ފެތުރެމުންދާ ވާހަކަތަކަކާއެކު މުޅި އަރަބި ދުނިޔޭގައި ބޮޑު ބަހުސެއް އުފެދިއްޖެއެވެ. ސޯޝަލް މީޑިއާގައި ފުޅާދާއިރާއެއްގައި ފެތުރެމުންދާ މި ތުހުމަތުތަކުގައި އަބޫދާބީން މަދުވެގެން ހަ ގައުމެއްގެ ހަތިޔާރުއެޅި ޖަމާއަތްތަކަށާއި ވަކިވެގަންނަން މަސައްކަތްކުރާ ހަރަކާތްތަކަށް އެހީތެރިވާކަމަށް ބުނެފައިވެއެވެ. ފެތުރެމުންދާ މި ރިޕޯޓްތަކުގައިވާ ގޮތުން، ތުހުމަތުކުރެވޭ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ:
  • ލީބިޔާ: ޚަލީފާ ހަފްތަރަށް ތާއީދުކުރާ ލަޝްކަރުތަކަށް އެހީތެރިވުން. ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި މީގެ ސަބަބުން އެ ގައުމު ބައިބައިވުމާއި ސިޔާސީ ނުތަނަވަސްކަން ވަނީ ދިގުލައިގެން ގޮސްފައެވެ.
  • ސޫދާން: އެ ގައުމުގައި ހިނގަމުންދާ ނުރައްކާތެރި ދާޚިލީ ހަނގުރާމައިގެ ތެރޭގައި، ރެޕިޑް ސަޕޯޓް ފޯސަސް (އާރް.އެސް.އެފް) އަށާއި އޭގެ ކޮމާންޑަރު މުހައްމަދު ހަމީދާން ދަގަލޯ (ހަމީދަތީ) އަށް ތާއީދުކުރުން.
  • ޔަމަން: ސަދަން ޓްރާންސިޝަނަލް ކައުންސިލްގެ ލީޑަރު އައިދަރޫސް އަލްޒުބައިދީއަށް އެހީތެރިވުމުގެ އިތުރުން، ހޫޘީ ހަރަކާތަށް ނުސީދާކޮށް އެހީތެރިވާކަމުގެ ތުހުމަތުތައް. މިއީ ޔަމަނުގެ އެކި ފެކްޝަންތަކުގެ މެދުގައި ޒަމާނުއްސުރެ ބަހުސްކުރެވެމުންދާ ކަންކަމެވެ.
  • ސޫރިޔާ: ދްރޫޒް ލީޑަރު ހިކްމަތު އަލްހަޖްރީއަށް އެހީތެރިވުން. ބައެއް މުހައްލިލުން ދެކޭގޮތުގައި މިއީ ސޫރިޔާގެ ދެކުނުގައި ވަކިވެގަތުމުގެ ރޫހު އާލާކުރުމަށް ކުރާ ކަމެކެވެ.
  • ސޯމާލިއާ: މިނިވަން ދައުލަތެއްގެ ގޮތުގައި ބައިނަލްއަގުވާމީ ތާއީދު ހޯދުމަށް މަސައްކަތްކުރާ ސޯމާލީލޭންޑްގެ ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުން
  • އަލްޖީރިއާ: އަލްޖީރިއާ ސަރުކާރުން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ 'މޫވްމަންޓް ފޯ ސެލްފް-ޑިޓާމިނޭޝަން އޮފް ކަބައިލް' (އެމް.އޭ.ކޭ) އަށް އެހީތެރިވާކަމުގެ ތުހުމަތުތައް.
މި ނޫނަސް އެހެން ބައެއް ގައުމުތަކުން ވަނީ ޔޫއޭއީން އެ ގައުމުތަކުގެ ދާޚިލީ ކަންކަމާ ބެހޭކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް، އަބޫދާބީން އަބަދުވެސް ބުނަމުންދަނީ އެ ގައުމުގެ ސަރަހައްދީ ސިޔާސަތުތަކަކީ ހަމަޖެހުން ގާއިމުކުރުމަށާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތްތަކެއް ކަމަށެވެ. މިހާރު އިޚުލާނުލްމުސްލިމޫނާ ދެކޮޅަށް ދުނިޔޭގައި ހިނގާ ނޭދެވޭ ކެމްޕޭނަކީ ޔޫއޭއީ އިސްވެއޮވގެން އިސްލާމީ ސިޔާސީ ހަރަކާތާ ދެކޮޅަށް ފަށާފައިވާ ކެމްޕޭންގެ ނަތީޖާ ކަމަށްވެސް އިސްލާމީ ފަރާތްތަކުން ފާހަގަ ކުރެއެވެ. މި ފައްތަރުގައި ޔޫއޭއީ ނުހުއްޓުވައިފިނަމަ، އެހެން އަރަބި ގައުމުތަކަށްވެސް މި ނުރައްކާ ފެތުރިގެން ހިނގައިދާނެ ކަމަށް އެކި ފަރާތްތަކުން އިންޒާރު ދެއެވެ. ސައުދީން ވަނީ ޔަމަނުން 24 ގަޑިއިރު ތެރޭގައި ޔޫއޭއީ ބޭރުކޮށްލާފައެވެ. ސޯމާލިއާއިން ވަނީ ޔޫއޭއީއާއެކު ވެފައިވާ ހުރިހައި އެއްބަސްވުމެއް ކެންސަލްކޮށްފައެވެ. ޔޫއޭއީން ވަނީ ސައޫދީއާ ދެކޮޅަށް އިންޑިއާއާއެކު ދިފައީ އެއްބަސްވުމަކަށް ދިއުމަށް ނިންމާފައެވެ.

ގުޅުންހުރި ޚަބަރު