ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޓްރަމްޕްގެ އދގައި ބައިވެރި ނުވާނަމަ
ދުނިޔެ

ޓްރަމްޕްގެ އދގައި ބައިވެރި ނުވާނަމަ

އއިބްރާހީމްް ސަމީރު21 ޖެނުއަރީ 2026
ޓްރަމްޕް އދގެ ބަދަލުގައި އުފައްދާ ޕީސް ކައުންސިލްގައި ފްރާންސް ބައިވެރި ނުވާނަމަ ފްރާންސްގެ މުދަލަށް 200 ޕަސެންޓަށް ޓެރިފް ނަގާނެ ކަމަށް ޓްރަމްޕް ބުނެފިއެވެ. މެކްރޮން އެ މަޖިލީހުގައި ބައިވެރި ނުވާނެ ކަމަށް ބުނެފައިވާ ކަމަށް ނޫސްވެރިން ޓްރަމްޕަށް އެންގުމުން ބުނެފައި ވަނީ: "އޭނާ ބައިވެރި ކުރާން އުޅެނީ ކާކު. އެއީ އެސާހިތަކުން މަގާމު ގެއްލެން ކައިރިވެފައި ހުރި މީހެއް" ކަމަށެވެ. ޓްރަމްޕްގެ އިޘާރާތަކީ ފްރާންސްގެ އާންމު އިންތިޚާބާއި މެކްރޮން ދެ ދައުރު ހަމަކޮށްފައި ވުމެވެ. އަދި ޓްރަމްޕް އިތުރަށް ބުނެފައި ވަނީ "އޭނާ ކައުންސިލްގައި ބައިވެރި ނުވާނަމަ ފްރާންސްގެ މުދަލަށް 200 ޕަސެންޓަށް ޓެރިފް ނަގައި ފްރާންސްގެ ބަނގުރާ އެމެރިކާއަށް އެތެރެ ކުރުން ހުއްޓާލެވިދާނެ ކަމަށެވެ. މުހައްލިލުން ބުނާ ގޮތުގައި ޓްރަމްޕްގެ މިހާރުގެ ބަސްމަގަކީ ގޯޅިކަންމަތީގައި އުޅޭ ގުންޑާއެއް ފަދަ ބަސްމަގެކެވެ.

ގުޅުންހުރި ޚަބަރު