ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ޓްރަމްޕްގެ އދއާ މެދު އިޒްރޭލުގެ ނުރުހުން
ދުނިޔެ

ޓްރަމްޕްގެ އދއާ މެދު އިޒްރޭލުގެ ނުރުހުން

އއިބްރާހީމްް ސަމީރު21 ޖެނުއަރީ 2026
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އދގެ ބަދަލުގެ ގޮތުގައި އުފައްދާ 'ޕީސް ކައުންސިލް' އެއް އުފައްދަވައި އެ ކައުންސިލްގައި ބައިވެރިވުމަށް ތުރުކީ އާއި ގަތަރަށް ދައުވަތު ދެއްވުމާ ގުޅިގެން އިޒްރޭލުގެ ސިޔާސީ މަސްރަހު ހޫނުވެއްޖެއެވެ. މި ނިންމުމަށް އިޒްރޭލުގެ މިހާރުގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިޒްރޭލަށް އެންމެ ބޮޑަށް ނަފްރަތުކުރާ އަދި ހަމާސްއަށް ތާއީދުކުރާ ތުރުކީ އާއި ގަތަރު ޣައްޒާގެ ކަންކަން ބެލެހެއްޓުމުގެ ތެރެއަށް ވެއްދުމަކީ ނަތަންޔާހޫ ސަރުކާރުގެ ބޮޑު ނާކާމިޔާބީއެއް ކަމަށެވެ. އަދި ވަރަށް އަވަހަށް މިކަން އިސްލާހު ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ ޓްރަމްޕް އިސްކޮށް ހުންނަވާ މި ކައުންސިލަކީ ޣައްޒާ ގެ ބިންތައް ޓްރަމްޕާއި އާއިލާއާއި ގާތް މީހުންނަށ ލިބޭ ގޮތަށ އެ ސިޓީ އަލުން އާބާދުކުރުމަށް ބައިނަލްއަގުވާމީ އެހީތެރިކަން ހޯދުމަށް އުފެއްދި ކައުންސިލެކެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއަށް މި ކައުންސިލްގެ ފައުންޑިން މެންބަރަކަށް ވުމަށް ޓްރަމްޕް ވަނީ ދައުވަތު ފޮނުއްވާފައެވެ. ތުރުކީގެ ރިޔާސީ އޮފީހުން ވަނީ މި ދައުވަތު ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން ގަތަރާއި ރަޝިޔާއަށް ވެސް މި ކައުންސިލްގައި ބައިވެރިވުމުގެ ދައުވަތު ވަނީ ދީފައެވެ. ރަޝިޔާގެ ކްރެމްލިންއިން ބުނެފައިވަނީ ރައީސް ލަޑިމިއަރ ޕޫޓިންއަށް މި ދައުވަތު ލިބިވަޑައިގެންފައިވާ ކަމަށާއި، އެކަމާ މެދު ވޮޝިންޓަނާ މަޝްވަރާ ކުރަން ބޭނުންވާ ކަމަށެވެ. އީޔޫއަށް ވެސް ދައުވަތު ދީފައިވީ ނަމަވެސް، އެ އިއްތިހާދުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. ނަތަންޔާހޫ ބުނީ ޣައްޒާ ބަލަހައްޓާނެ ކޮމިޓީއެއް އުފެއްދުމަކީ އިޒްރޭލާ މަޝްވަރާކޮށްގެން ނިންމާފައިވާ ކަމެއް ނޫން ކަމަށާއި، އެއީ އިޒްރޭލުގެ ސިޔާސަތާ ޚިލާފު ކަމެއް ކަމަށެވެ. މިކަމާ ގުޅިގެން އިޒްރޭލުގެ ފޮރިން މިނިސްޓަރު ގިޑިއޯން ސާރު ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަށް އިންޒާރު ދީފައެވެ. އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާ ބެން-ގްވީރު ވަނީ ޣައްޒާގައި އަލުން ހަނގުރާމަ ވަރުގަދަކޮށް ހަމާސް ނައްތާލުމަށް ގޮވާލާފައެވެ. އަދި ފިނޭންސް މިނިސްޓަރު ބެޒަލްއެލް ސްމޮޓްރިޗް ބުނީ ޓްރަމްޕްގެ މި ޕްލޭނަކީ އިޒްރޭލަށް ގެއްލުން ހުރި ޕްލޭނެއް ކަމަށެވެ.

ގުޅުންހުރި ޚަބަރު