ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޓެރަރިޒަމްގެ އަމަލުތަކުގައި 3،117 މީހުން މަރުވި
ދުނިޔެ

ޓެރަރިޒަމްގެ އަމަލުތަކުގައި 3،117 މީހުން މަރުވި

އއިބްރާހީމްް ސަމީރު23 ޖެނުއަރީ 2026
ފާއިތުވި ދުވަސްތަކުގައި އީރާނުގައި ހިނގާދިޔަ ޓެރަރިޒަމްގެ އެކި ހާދިސާތަކުގައި 3،117 މީހުން މަރުވެފައިވާ ކަމަށް ޕާކިސްތާނުގައި ހުންނަ އީރާނުގެ އެމްބަސީން ހާމަކޮށްފިއެވެ. މި ހާދިސާތަކަކީ އަރަބިގައުމަކާ އެމެރިކާ އިޒްރޭލުގެ ބޭރުގެ ނުފޫޒާއި އެހީތެރިކަމާއެކު ހިންގާފައިވާ އަމަލުތަކެއް ކަމަށް އެމްބަސީން ތުހުމަތު ކުރެއެވެ. އީރާނު އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަރުވި މީހުންގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ މެންބަރުންނާއި އާންމު ރައްޔިތުން ހިމެނޭ ކަމަށެވެ. މީގެ ތެރެއިން 2،427 މީހުންނަކީ ޝަހީދުންގެ ގޮތުގައި އެގައުމުން ވަނީ ކަނޑައަޅާފައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން އީރާނުގެ 78 ސިޓީއަކަށް މުޒާހަރާތައް ފެތުރިފައިވާ ކަމަށާއި، މުޒާހަރާގެ ބައިވެރިން ދިން ހަމަލާތަކުގައި ސަލާމަތީ ބާރުތަކުގެ އިތުރު މީހުން ވެސް މަރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާއިރު، މަސްރަހު ކޮންޓްރޯލް ކުރުމަށް ބައެއް ސަރަހައްދުތަކުން އިންޓަނެޓްގެ ހިދުމަތް ވެސް ވަނީ މެދުކަނޑާލާފައެވެ. އީރާނުގައި މި ފަހަކަށް އައިސް ތަކެތީގެ އަގުބޮޑުވުމާ ގުޅިގެން ވެސް ބޮޑެތި އިހުތިޖާޖުތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މި އިހުތިޖާޖުތަކުގެ ތެރޭގައި ތަންތަނުގައި ހުޅުޖެހުމާއި މުދަލަށް ގެއްލުން ދިނުން ފަދަ ހަރުކަށި އަމަލުތައް ހިންގަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ގުޅުންހުރި ޚަބަރު