ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އަންހެން ކުއްޖަކު ގޭންގް ރޭޕްކުރި މައްސަލައެއް
ދުނިޔެ

އަންހެން ކުއްޖަކު ގޭންގް ރޭޕްކުރި މައްސަލައެއް

އއިބްރާހީމްް ސަމީރު26 ޖެނުއަރީ 2026
ޕާކިސްތާނުގެ ޖެކޮބްއާބާދު ޑިސްޓްރިކްޓްގައި ފުލުހުންގެ ބަންދުގައި ހުރި 17 އަހަރުގެ އަންހެން ކުއްޖަކު ގޭންގް ރޭޕްކުރި މައްސަލައެއްގައި ހަ ފުލުހަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ މަރުގެ މައްސަލައެއްގެ ތުހުމަތުގައި އެ ކުއްޖާ އާއި އޭނާގެ އާއިލާގެ ބައެއް މެންބަރުން ޤާނޫނާ ޚިލާފަށް ބަންދުކޮށްފައި ބޭތިއްބި ރެއެއްގައެވެ. ޑިސްޓްރިކްޓް އެސްއެސްޕީ މުޙައްމަދު ކަލީމް މާލިކް މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ތަޙުޤީޤުން އެނގިފައިވާ ގޮތުގައި ސްޓޭޝަނުގެ އިސްވެރިޔާ ޗުއްޓީއަށް ދިޔަ ރޭ، އެ ތަނުގެ އިންޗާޖު ކޮޓަރީގެ ތަޅުދަނޑި ނަގައި، ހަ ފުލުހަކު ވެގެން އެ ކުއްޖާ ރޭޕްކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެސިސްޓަންޓް ސަބް އިންސްޕެކްޓަރަކާއި، ހެޑް ކޮންސްޓަބަލަކާއި އަދި ހަތަރު ކޮންސްޓަބަލުންނެވެ. އަނިޔާ ލިބުނު ކުއްޖާގެ އާއިލާއިން ބުނާ ގޮތުގައި، އެ ކުއްޖާ އާއި އޭނާގެ 15 އަހަރުގެ ކޮއްކޮ އަދި މާމަ ފުލުހުންގެ ބަންދަށް ގެންދިޔައީ ޖެނުއަރީ 7 ވަނަ ދުވަހުއެވެ. އެމީހުން ބަންދުކޮށްފައި ބޭތިއްބީ އާއިލާގެ ފިރިހެނުންނަށް މަރުގެ މައްސަލައެއްގައި ޕްރެޝަރު ކުރުމުގެ ގޮތުންނެވެ. ރޭޕްގެ ހާދިސާ ހިނގާފައިވަނީ ޖެނުއަރީ 12 ވަނަ ދުވަހުގެ ރޭގަނޑު ކަމަށާއި، އޭގެ އަނެއް ދުވަހު އެމީހުން ދޫކޮށްލާފައިވާ ކަމަށް އާއިލާއިން ބުނެއެވެ. މި މައްސަލައިގައި އާއިލާއަށް އެހީތެރިވަމުންދާ ވަކީލު ޒުބޭދާ ޖަކްރާނީ ތުހުމަތު ކުރެއްވި ގޮތުގައި، ފުލުހުން ވަނީ އެ އާއިލާގެ ގެއަށް ވަދެ، އަންނަ މަހު ކައިވެނި ކުރަން ހަމަޖެހިފައިވާ އެ ކުއްޖާގެ ރަނާއި އަދި ބައެއް މުދާތައް ވެސް ފޭރިގެންފައެވެ. އަދި އަންހެން ކުދިން ބަންދުކުރާއިރު އަންހެން ފުލުހުންގެ ބެލުމުގެ ދަށުގައި ނުބޭތިއްބީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އާއިލާއާއި މަދަނީ ޖަމިއްޔާތަކުން މިހާރު ދަނީ މި މައްސަލައިގައި ފުލުހުންގެ ވެރިޔާގެ މައްޗަށް ދަޢުވާ ނުކުރާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމީހުން ތުހުމަތު ކުރާ ގޮތުގައި އޭނާ މަސައްކަތް ކުރައްވަނީ ފުލުހުން ސަލާމަތް ކުރުމަށެވެ.

ގުޅުންހުރި ޚަބަރު