ދިވެހި|English 9 ޖުލައި 2026 · 04:28
Top banner
Advertisement
ޒެލެންސްކީގެ ވިސްނުން ކޮށިކަމަށް މޮސްކޯއިން ބުނެފި
ދުނިޔެ

ޒެލެންސްކީގެ ވިސްނުން ކޮށިކަމަށް މޮސްކޯއިން ބުނެފި

އއިބްރާހީމްް ސަމީރު26 ސެޕްޓެމްބަރު 2024
ޔުކްރެއިން އިން ބޭނުންވާ ޝަރުތުތަކާއެކު މޮސްކޯއަށް ސުލްހައަށް މަޖުބޫރު ކުރެވިދާނެ ކަމަށް ކިއޭވްއިން ގަބޫލުކުރާނަމަ ޔޫކްރޭންގެ ލީޑަރު ވްލަޑިމިއާ ޒެލެންސްކީ އަކީ ބޯ ހަމަނުޖެހޭ މޮޔައެއް ކަމަށް ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވެއްޖެ އެވެ. ނިއުޔޯކުގައި ބޭއްވި ނޫސްކޮންފަރެންސްގައި އޭނާ ވިދާޅުވީ "ރަޝިޔާއަށް މަޖުބޫރުކޮށްގެން ސުލްހައަށް ގެނައުމަށް މަސައްކަތް ކުރުމުގެ މައްޗަށް ބިނާވެފައިވާ ވިސްނުމަކީ މުޅިން ވެސް މަރުމޯލަ ގޯސް ވިސްނުމެއް. ސަބަބަކީ ރަޝިޔާއަށް މަޖުބޫރުކޮށްގެން ސުލްހަ ގެނައުމަކީ ކުރެވޭނެ ކަމެއް ނޫން،" ޕެސްކޯވް ބުދަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ. ޕެސްކޯވް ވިދާޅުވީ ރަޝިޔާއަކީ ސުލްހައަށް ތާއީދުކުރާ ގައުމެއް ކަމަށެވެ. ނަމަވެސް ރަޝިޔާގެ އިސްތިޤްލާލާއި އަމަންއަމާން ކަމުގެ ބިންގާތައް ކަށަވަރުކޮށް، ޚާއްސަ އަސްކަރީ އޮޕަރޭޝަންގެ އަމާޒުތައް ހާސިލްކުރުމުގެ ޝަރުތުގައި މަސައްކަތްތައް ކުރާނެ ކަމަށެވެ. ޒެލެންސްކީ ހަފްތާ ބަންދުގައި އެމެރިކާއަށް ވަޑައިގެންނެވީ ރައީސް ޖޯ ބައިޑަން އާއި ކޮންގްރެސްގެ މެމްބަރުންނާއި ރިޔާސީ އިންތިޚާބަށް ވާދަކުރައްވާ ދެ ބޭފުޅުން ކަމަށްވާ ކަމަލާ ހެރިސް އާއި ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކުރައްވައި އޭނާގެ ޝަކުވާއާއި އެދުންތައް ހުށަހަޅުއްވާށެވެ.

ގުޅުންހުރި ޚަބަރު