ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އީޔޫގެ ސިފައިންނަކީ ޓެރަރިސްޓުންތަކެއް: އީރާނު
ދުނިޔެ

އީޔޫގެ ސިފައިންނަކީ ޓެރަރިސްޓުންތަކެއް: އީރާނު

އއިބްރާހީމްް ސަމީރު2 ފެބްރުއަރީ 2026
އެމެރިކާއިން މެދުއިރުމަތީގައި އަސްކަރީ ބާރުގަދަކުރަމުންދާ ދަނޑިވަޅެއްގައި، އެމެރިކާއިން ދޭ ކޮންމެ ހަމަލާއަކީ މުޅި ސަރަހައްދަށް ފެތުރިގެންދާނެ ބޮޑު ހަނގުރާމައެއްގެ ފެށުންކަމަށް ބުނެ އީރާނުގެ ލީޑަޝިޕުން އިންޒާރު ދީފިއެވެ. މި އިންޒާރު ދީފައިވަނީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ކަނޑައެޅުމާ ގުޅިގެން، އީޔޫގެ ސިފައިންނަކީ ޓެރަރިސްޓުން ކަމަށް އީރާނުގެ ގާނޫނުގެ ދަށުން ކަނޑައަޅައި ނިންމައި ރައްދު ދީފައިވާ ދަނޑިވަޅެއްގައެވެ. އީރާނުން ނިއުކްލިއާ ހުއްޓާލަން އެއްބަސްވެ އެމެރިކާއާއި އިޒްރޭލުން ވާގިވެރިވެގެން ހިންގ ާފިތުނަވެރި މުޒާހަރާގައި ބައިވެރިވާ ބާޣީންނާ ދެކޮޅަށް އަދަބުދިނުން ހުއްޓާނުލައިފިނަމަ އަސްކަރީ ފިޔަވަޅު އަޅާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމަށްފަހު އެމެރިކާއިން ވަނީ އީރާނާ ކައިރި ސަރަހައްދަށް އިތުރު މަނަވަރުތައް ފޮނުވާފައެވެ. ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަމާއެކުވެސް، މަޝްވަރާގެ ދޮރު ހުޅުވިފައިވާ ކަމުގެ އިޝާރާތްތަކެއް ދެ ފަރާތުންވެސް ވަނީ ދީފައެވެ. މިކަމުގައި ތުރުކީގެ އޮފިޝަލުން މެދުވެރިއެއްގެ ދައުރު އަދާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. މީޑިއާގައި ބުނެފައިވާ ގޮތުގައި އައިއާރުޖީސީގެ ކަނޑުގެސިފައިން ހުރްމޫޒް ކަނޑުއޮޅީގައި އަސްކަރީ ތަމްރީނުތަކެއް ބާއްވަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އީރާނުގެ އޮފިޝަލަކު ވަނީ ދޮގުކުރައްވާފައެވެ. އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވީ، އެމެރިކާގެ އަސްކަރީ ހަރަކާތްތަކަކީ ޓެރަރިސްޓް ބިރުދެއްކުމުގެ އަމަލުތަކެއް ކަމަށާއި، އީރާނުން ބާރުގެ ބޭނުންކުރާނީ ހަމަލާއެއް ދީފި ހާލަތެއްގައި އެކަނި ކަމަށެވެ. މިހާރުވެސް އެމެރިކާގެ ކަނޑުގެ ސިފައިންގެ އެތައް މަނަވަރަކާއި، އެއާކްރާފްޓް ކެރިއަރެއް އެ ސަރަހައްދުގައި އެބައޮތެވެ. ރިޕޯޓްތައް ބުނާގޮތުން ޓްރަމްޕް ގެންދަވަނީ އީރާނުގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ހަމަލާދިނުމާ މެދު ވިސްނަވަމުންނެވެ. ނަމަވެސް އީރާނުން މަޝްވަރާ ކުރުމަށް "ސީރިއަސްކޮށް" ވާހަކަދައްކަމުންދާ ކަމަށްވެސް ޓްރަމްޕް ވަނީ ފާހަގަކުރައްވާފައެވެ. އީރާނުން ވަނީ ހަމަލަ ދީފި ހާލަތެއްގައި އެމެރިކާ މަނަވަރުތައް ފައްތާލާނެ ކަމުގެ އިންޒާރު ދީފައެވެ. އީރާނަކީ މިއަދާހަމައަށް މި ފަހުގެ ތާރީޚުގައި ފެނުނު އެންމެ ބޮޑު ދެ ހަތުރުންނަށް ބިރަކާ ނުލައި ރައްދު ދިން ފުރަތަމަ އިސްލާމީ ގައުމެވެ. އީރާނުގެ އެތެރޭގެ މަސްރަހަށް ބަލާއިރު، އިގްތިސާދީ ދަތިތަކާ ގުޅިގެން ފެށުނު މުޒާހަރާތައް މިހާރު ވަނީ މަޑުޖެހިފައެވެ. އީރާނުން ވަނީ އެމެރިކާއާއި އިޒްރޭލުން ފައިސާ އާއި ހަތިޔާރު ދީގެން މުޒާހަރާތައް ކެއްކި ކަމުގެ ހެކި އިންޓަރނޭޝަނަލް މީޑިއާއަށް ދީފައެވެ. އީރާނުގެ ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި މި ހަމަނުޖެހުންތަކުގައި 3,000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އީރާނުގެ ގާނޫނު ހަދާ ާމަޖިލީހުގައި މިއަދު ފެނިގެންދިޔައީ އައިއާރުޖީސީއަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން މެންބަރުން އެ ފައުޖުގެ ޔުނިފޯމް ތުރުކުރައްވައިގެން ތިއްބެވި މަންޒަރެވެ. މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވީ، އައިއާރުޖީސީއާ ދެކޮޅަށް ފިޔަވަޅު އެޅުމުން ޔޫރަޕުން މުނާފިގުކަން ސާބިތުކޮށްދެނީ ކަމަށެވެ. މަޖިލީހުގެ ޖަލްސާ ނިންމާލާފައިވަނީ އެމެރިކާއާއި ޔޫރަޕާ ދެކޮޅަށް އަޑުއުފުލުމަށްފަހުގައެވެ.

ގުޅުންހުރި ޚަބަރު