ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އެންމެ ނުފޫޒުގަދަ ތިން ގައުމުގެ ތެރޭގައި އިންޑިއާ
ދުނިޔެ

އެންމެ ނުފޫޒުގަދަ ތިން ގައުމުގެ ތެރޭގައި އިންޑިއާ

އއިބްރާހީމްް ސަމީރު26 ސެޕްޓެމްބަރު 2024
ޑިޕްލޮމެސީގެ ރޮނގުން ދުނިޔޭގެ އެންމެ ނުފޫޒުގަދަ ތިން ޤައުމުގެ ތެރޭގައި އިންޑިއާ ހިމެނެއެވެ. އިންޑިއާ މިމަޤާމަށް އައިސްފައި ވަނީ، ރަޝިޔާއާއި ޖަޕާން ފަހަތަށް ޖައްސާލުމަށްފަހުއެވެ. އިންޑިއާއަކީ މާޒީގައި ވަކި ފަރާތަކަށް ނުޖެހޭ ހަރަކާތުގެ ލީޑަރެވެ. އަދި ފިނި ހަނގުރާމައިގެ ދުވަސްވަރު މުހިންމު ދައުރެއް އަދާ ކުރުމަށްފަހު އިންޑިއާއިން އިޤްތިސާދަށް ދޮރު ހުޅުވާލައި މާކެޓް އިކޮނޮމީއަށް މިސްރާބު ޖެހިފަހުން އިޤްތިޞާދީ ދުވެލި ރަނގަޅުވެ ޑިޕްލޮމެސީގެ ދާއިރާގައި އިންޑިއާ ފަހަތަށް ޖެހުނެވެ. ނަމަވެސް މިދިޔަ 12 އަހަރުގެ ތެރޭގައި ބޮޑު ވަޒީރު ނަރެންދްރަ މޮދީ ވަނީ ވަރަށް ބާރު ދުވެއްޔެއްގައި ޤައުމުތަކާއެކު ގުޅުން ބަދަހިކޮށް އިންޑިއާއަށް ތަފާތު ދައުރުތައް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާފައެވެ. އިންޑިއާއަކީ ދުނިޔޭގެ ދެކުނު ބިތުގެ ޤައުމުތަކުގެ އަޑުތައް އިއްވުމުގައި އިސް ދައުރެއް އަދާކުރާ ޤައުމެކެވެ. ޖީ20ގެ ބައްދަލުވުން އިންޑިއާގައި ބޭއްވުމަށްފަހު އިންޑިއާއިން ވަނީ އެ ރޮނގުން އިތުރު މަސައްކަތްތަކެއް ކޮށްފައެވެ. އޮސްޓްރޭލިއާގެ ލޯރީ އިންސްޓިއުޓުން ހަދާފައި ވަނީ ދިރާސާގައި މިއަދު ބުނެފައި ވަނީ ދުނިޔޭގައި ޑިޕްލޮމެސީގެ ދާއިރާއިން 3 ވަނައަށް އެންމެ ނުފޫޒުގަދަ ޤައުމަކީ، އެމެރިކާއާއި ޗައިނާއަށް ފަހު އިންޑިއާ ކަމަށެވެ.

ގުޅުންހުރި ޚަބަރު