ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ކައިވެނި: 10 އިންސައްތައަކީ 15 އާއި 19 އަހަރާ ދެމެދުގެ ކުދިން
ދުނިޔެ

ކައިވެނި: 10 އިންސައްތައަކީ 15 އާއި 19 އަހަރާ ދެމެދުގެ ކުދިން

އއިބްރާހީމްް ސަމީރު4 ފެބްރުއަރީ 2026
ޕާކިސްތާނުގައި ކައިވެނިކޮށްގެން އުޅޭ މީހުންގެ ތެރެއިން 10 އިންސައްތަ މީހުންނަކީ އުމުރުން 15 އަހަރާއި 19 އަހަރާ ދެމެދުގެ ކުދިން ކަމަށް ގޭލަޕް ޕާކިސްތާނުން ހެދި ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާގެ ނަތީޖާއިން އެނގޭ ގޮތުގައި އެ ގައުމުގައި ކުޑަކުދިންނާއެކު ކުރާ  ކައިވެންޏަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، 18 އަހަރު ނުފުރެނީސް ކައިވެނިކުރުމަކީ އަދިވެސް އާންމު ކަމެކެވެ. ގޭލަޕް ސާވޭގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި 15 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާގެ ގާތްގަނޑަކަށް 10 އިންސައްތަ މީހުން ކައިވެނިކޮށްގެން އުޅޭއިރު، މިއީ އަދަދުން ބަލާނަމަ ގާތްގަނޑަކަށް 2 މިލިއަން މީހުންނެވެ. ނަމަވެސް،  ވޭތުވެދިޔަ އަހަރުތަކުގައި މި އާދަ މަޑުމަޑުން މަދުވަމުންދާ ކަމަށްވެއެވެ. ކުޑަކުދިން ކައިވެނިކުރުމުގެ ނިސްބަތް އެންމެ މަތީގައި އުޅެނީ ބަލޮޗިސްތާންގައެވެ. މީގެ އިތުރުން ކުރީގެ ގަބީލާ ސަރަހައްދާއި ސިންދު ޕްރޮވިންސްގެ ބައެއް އަވަށްތަކުގައިވެސް މިކަން ބޮޑެވެ. އޭގެ ބަދަލުގައި އިސްލާމްއާބާދާއި ޕަންޖާބުގައި މި ނިސްބަތް ދަށްކަން ފާހަގަކުރެވެއެވެ. މި ދިރާސާއިން އިތުރަށް ހާމަވި ގޮތުގައި ކުޑަކުދިންގެ ކައިވެނީގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރަނީ އަންހެން ކުދިންނަށެވެ. މުޅި ގައުމުގެ ނިސްބަތުން 15 އަހަރާއި 19 އަހަރާ ދެމެދުގެ އަންހެން ކުދިންގެ 15 އިންސައްތަ ކައިވެނިކޮށްގެން އުޅޭއިރު، ޚައިބަރު ޕަޚްތޫންޚުވާ، ސިންދު އަދި ބަލޮޗިސްތާންގެ ރަށްފުށުގެ ސަރަހައްދުތަކުގައި މި ނިސްބަތް ވަނީ 30 އިންސައްތައަށް އަރާފައެވެ.

ގުޅުންހުރި ޚަބަރު