ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޗައިނާގެ މުސްލިމުންނާމެދު އެގައުމުން ގެންގުޅޭ ސިޔާސަތު
ދުނިޔެ

ޗައިނާގެ މުސްލިމުންނާމެދު އެގައުމުން ގެންގުޅޭ ސިޔާސަތު

އއިބްރާހީމްް ސަމީރު27 ސެޕްޓެމްބަރު 2024
ޗައިނާއިން މުސްލިމުންނާ މެދު ގެންގުޅޭ ސްޓްރެޓެޖީއަކީ ދެ ފުށް ދެގޮތް ސްޓްރެޓެޖީއެކެވެ. ޗައިނާގެ އެތެރޭގައި މުސްލިމުންނާ މެދު ހަރުކަށި އުސޫލުތަކެއް ގެންގުޅެއެވެ. ޝިންޖިއާންގައި މުސްލިމުން ކޮންޓްރޯލު ކުރެއެވެ. މުސްލިމުންގެ ސިކުނޑި ދޮވެލައި އެމީހުން ދީނާ ދުރަށް ގެންދިއުމަށް އިސްލާޙިއްޔާތައް ހިންގައެވެ. މިސްކިތްތަކުގެ ގުއްބުތަކާއި މުންނާރުތައް ތަޅާލަން ޖެހެނީ ޗައިނާ ވަންތަ ސިފައަކުން މިސްކިތުގެ ޢިމާރާތް ކުރުން ދެއްކުމަށްޓަކައެވެ. އެއާ ޚިލާފަށް ޗައިނާއިން ބޭރުގައި އިސްލާމީދީނީ ޖަމާޢަތްތަކަށް ހިތްވަރު ދިނުމުގައި ޗައިނާއިން ފަހެއް ނުޖެހެއެވެ. ތާލިބާނާއެކު ހަމަޖެހިލައިގެން ތިބެ ވާހަކަ ދެއްކުމުގައި އެއްވެސް ނުތަނަވަސް ކަމެއް ނެތެވެ. އެންމެ ފަހުން، ބަންގްލަދޭޝްގައި ކުރިން މަނާ ކޮށްފައިވާ އިސްލާމީ ޖަމާޢަތްތައް ހުއްދަ ކުރުމަށްފަހު އެމީހުންނަށް މާބޮނޑި ހަދިޔާ ކުރުންވެސް ޗައިނާއަށް މައްސަލައެއް ނޫނެވެ. ބަނގްލަދޭޝްގައި ހަރަކަތުލް ޖިހާދުލްއިސްލާމީއާއި ހަރަކަތުލް މުޖާހިދީން ބަނގްލަދޭޝްއަކީ މާޒީގައި ހަމަނުޖެހުން އުފެއްދުމުގެ ޙަރަކާތްތަކާ ހެދި މަނާކޮށްފައިވާ ޖަމާޢަތްތަކެވެ. ޗައިނާއިން ބަނގްލަދޭޝްގައި ނުފޫޒު އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާއިރު، އިސްލާމީ ޖަމާޢަތްތަކާއެކު ގުޅުން ބަދަހި ކުރުން މައްސަލައަކަށް ނުވެއެވެ. ޚާރިޖީ ސިޔާސަތު ކާމިޔާބު ކުރުމަށް ޗައިނާއިން އެއް ކޮޅުން އިސްލާމީ ޖަމާޢަތްތައް ބޭނުން ކުރާއިރު އަނެއް ކޮޅުން ދާޚިލީ ސިޔާސަތު ކާމިޔާބު ކުރުމަށް ކޮންޓްރޯލު ކުރަނީވެސް މުސްލިމުންނެވެ. ދެފުށް ދެގޮތް ސިޔާސަތަށް ވަނީ އެހެންވެގެންނެވެ.

ގުޅުންހުރި ޚަބަރު