ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ރާޖްޕާލް ޔާދަވް ޖަލަށްލައިފި
ދުނިޔެ

ރާޖްޕާލް ޔާދަވް ޖަލަށްލައިފި

އއިބްރާހީމްް ސަމީރު7 ފެބްރުއަރީ 2026
ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ އެކްޓަރު ރާޖްޕާލް ޔާދަވް، ޗެކް ބައުންސްވި މައްސަލައެއްގައި ކޯޓުން ދީފައިވާ މުހުލަތުގެ ތެރޭގައި ފުލުހުންނާ އަމިއްލައަށް ހަވާލުވެއްޖެއެވެ. އޭނާ ފުލުހުންނާ ހަވާލުވެފައިވަނީ ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ކޯޓުން ކުރި އަމުރަކާ ގުޅިގެންނެވެ. އިންޑިއާގެ މީޑިއާން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނިއުދިއްލީ ހައިކޯޓުން ވަނީ ރާޖްޕާލް ޔާދަވްގެ މައްޗަށް ހުށަހެޅިފައިވާ ޗެކް ބައުންސްގެ ގިނަ މައްސަލަތަކެއްގައި ކުރިން ދީފައިވާ ލުއިތައް އަނބުރާ ގެންގޮސްފައެވެ. އަދި ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުގެ ކުރިން ޖަލުގެ ސުޕްރިންޓެންޑެންޓާ ހަވާލުވުމަށް ކޯޓުން އޭނާއަށް އަމުރުކޮށްފައިވެއެވެ. މި އަމުރާ އެއްގޮތަށް ރާޖްޕާލް ޔާދަވް މިހާރު ވަނީ ތިހާރު ޖަލަށް ގޮސް އަމިއްލައަށް ހަވާލުވެފައެވެ. އޭނާގެ މައްޗަށް މި ފިޔަވަޅު އަޅާފައިވަނީ މައްސަލަ ހައްލުކުރުމަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ނުކުޅެދުމުގެ ސަބަބުންނެވެ. ރިޕޯޓްތައް ބުނާގޮތުން، ރާޖްޕާލްގެ ވަކީލުން ވަނީ 50 ލައްކަ ރުޕީސް ދެއްކުމަށްޓަކައި އިތުރު އެއް ހަފުތާގެ މުހުލަތެއް ދިނުމަށް އެދިފައެވެ. ނަމަވެސް ކޯޓުން ވަނީ އެ ހުށަހެޅުމަށް އިންކާރުކޮށް، އިތުރު މުހުލަތެއް ދެވެން ނެތްކަމަށް ނިންމާފައެވެ. މި ދުވަސްވަރަކީ ރާޖްޕާލް ޔާދަވްއަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރެކެވެ. އެގޮތުން ދާދި ފަހުން ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން ކޯފާވެ، އޭނާގެ މޯބައިލް ފޯނު އަތުލި މައްސަލައަކާއި، ދަރިވަރެއްގެ ގައިގައި ސްކޫޓަރަކުން ޖެހުނު މައްސަލައެއްގައިވެސް އޭނާގެ މައްޗަށް މައްސަލަ ހުށަހެޅިފައިވާކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި ޚަބަރު