ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ދުނިޔޭގެ އެންމެ ދިގު ހަރުފަ ފެނިއްޖެ
ދުނިޔެ

ދުނިޔޭގެ އެންމެ ދިގު ހަރުފަ ފެނިއްޖެ

އއިބްރާހީމްް ސަމީރު7 ފެބްރުއަރީ 2026
ދުނިޔޭގައި މިހާތަނަށް ފެނުނު އެންމެ ދިގު ޖަންގަލީ ހަރުފަ އިންޑޮނޭޝިއާ އިން ފެނިފައިވާކަން ގިނެސް ވޯލްޑް ރެކޯޑްސް އިން ކަށަވަރުކޮށްދީފިއެވެ. އިންޑޮނޭޝިއާގެ މާރޯސް ސަރަހައްދުން ފެނުނު މި ހަރުފައަކީ ދުނިޔޭގައި މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ދިގު ޖަންގަލީ ހަރުފަ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. ގިނެސް ވޯލްޑް ރެކޯޑްސްގެ ބަޔާނުގައިވާ ގޮތުން، މި ހަރުފަގެ ދިގުމިނުގައި 23 ފޫޓު 8 އިންޗި ހުރިކަން ހެކިތަކުން ވަނީ ކަށަވަރުވެފައެވެ. މި ހަރުފަ މިހާރު އޮތީ ޖަންގަލީ ދިރުންތައް ހިމާޔަތްކުރާ އިދާރާއެއްގެ ބެލުމުގެ ދަށުގައެވެ. މި ހަރުފަ ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދަނީ ދިއާޒް ނުގްރަހާ އާއި ނެޗުރަލް ހިސްޓްރީ ފޮޓޯގްރާފަރު ރާޑޫ ފްރެންޓިއޫއެވެ. އެ ދެމީހުން ބުނި ގޮތުގައި މިފަދަ ބޮޑު ހަރުފައެއް އުޅޭ ކަމުގެ އަޑުތައް އިވުމާއެކު، އެ ހޯދުމުގެ މަސައްކަތް އެމީހުން ފެށިއެވެ. މި ހަރުފައަށް އެމީހުން ދީފައިވާ ނަމަކީ "އިބޫ ބަރޯން" އެވެ. އާންމު ގޮތެއްގައި ބޮޑެތި ހަރުފަ ގެ ދިގުމިނުގައި ހުންނަނީ 9 ފޫޓާއި 19 ފޫޓާ ދެމެދުގެ މިންވަރެކެވެ. މި ސޫފިތަކަކީ އާންމުކޮށް ކުދި ޖަނަވާރުތައް ކައިއުޅޭ އެއްޗެއް ނަމަވެސް، ފުރުސަތު ލިބިއްޖެނަމަ ކިނބޫ ފަދަ ބޮޑެތި ޖަނަވާރުތައް ވެސް މުޅިން އެއްކޮށް ދިރުވާލުމުގެ ގާބިލުކަން މި ތަކެއްޗަށް ލިބިގެންވެއެވެ. މިފަދަ ހަރުފަތަކުގެ ދަތްދޮޅި ވަރަށް ބޮޑަށް ހުޅުވާލެވޭތީ، ޝިކާރަކުރާ ޖަނަވާރުތައ ފަސޭހަކަމާއެކު ދިރުވާލެވެއެވެ. މިބާވަތުގެ ހަރުފަ އިންސާނުންނަށް ހަމަލާދީ ޝިކާރަކުރުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް، މަދު ފަހަރަކު އެފަދަ ހާދިސާތައް ހިނގާފައިވާ ކަމުގެ ރިޕޯޓުތައް ލިބެއެވެ.

ގުޅުންހުރި ޚަބަރު