ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ހަމާސްއަށް ސިގިރެޓް ސަޕްލައި ކޮށްދިނީ ޔަހޫދީ ބޮޑު ޖާސޫސްގެ ބޭބެ
ދުނިޔެ

ހަމާސްއަށް ސިގިރެޓް ސަޕްލައި ކޮށްދިނީ ޔަހޫދީ ބޮޑު ޖާސޫސްގެ ބޭބެ

އއިބްރާހީމްް ސަމީރު7 ފެބްރުއަރީ 2026
އިޒްރޭލުގެ ޝިން ބެޓް ޖާސޫސީ އިދާރާގެ އިސްވެރިޔާ ޑޭވިޑް ޒިނީގެ ބޭބެ، ބެޒަލެލް ޒިނީ، ހަމާސްއަށް ސިގިރެޓް ސަޕްލައި ކޮށްދިން ކަން ސާބިތު ވެއްޖެއެވެ. ޣައްޒާގެ ބޯޑަރު ހުރަސްކޮށް ސިގަރެޓް ސްމަގްލްކުރި މައްސަލައެއްގައި އޭނާގެ މައްޗަށް މިއަދ ދައުވާ އުފުލައިފިއެވެ. އިޒްރޭލުގެ ސިފައިންގެ ރިޒާވް ފޯސްގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދާ ބެޒަލެލް ޒިނީގެ މައްޗަށް ތުހުމަތު ކުރެވެނީ ރަސްމީ ވާޖިބެއް އަދާކުރާ ކަމަށް ދައްކައިގެން ހަމާސްއަށް ސިގަރެޓް ވިއްކި ކަމަށެވެ. މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، ޒިނީ ވަނީ ޖުމްލަ 14 ކާޓަންގެ ސިގަރެޓް (ގާތްގަނޑަކަށް 7,000 ފޮށި) ހަމާސްއަށް ސަޕްލައިކޮށްފައެވެ. މި މުއާމަލާތުން އޭނާއަށް ގާތްގަނޑަކަށް 97,000 އެމެރިކާ ޑޮލަރުގެ ފައިދާއެއް ލިބިފައިވާ ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ. މި އަމަލަކީ ޣައްޒާގެ ބޯޑަރުތައް ބަންދުކޮށްފައިވާ ދަނޑިވަޅެއްގައި ހިންގާފައިވާ ވަގު ވިޔަފާރީގެ ބޮޑު ނެޓްވޯކެއްގެ ބައެއް ކަމަށް ބެލެވެއެވެ. ޕްރޮސެކިއުޓަރުން ފާހަގަކުރާ ގޮތުގައި، މިގޮތަށް އެތެރެކުރާ ސިގަރެޓްތައް ޣައްޒާގެ ބާޒާރުގައި ބޮޑު އަގުގައި ވިއްކުމުގެ ސަބަބުން ހަމާސް ޖަމާއަތަށް ބޮޑު އާމްދަނީއެއް ލިބުމަށް މަގުފަހިވެއެވެ. މިއީ ހަނގުރާމައިގެ ވަގުތެއްގައި ދުޝްމަނުންނަށް އެހީތެރިވުން ފަދަ ނުރައްކާތެރި އަމަލެއްގެ ގޮތުގައި ދައުލަތުން ސިފަކުރެއެވެ. އިޒްރޭލުން ޣައްޒާ ބަންދުކޮށްފައި އޮތުމުގެ ސަބަބުން ދުންފަތުގެ ބާވަތްތަކަކީ އެ ސަރަހައްދުގައި މިހާރު މިލިއަނުން އާމްދަނީ ލިބޭ ވަގު ވިޔަފާރިއަކަށް ވަނީ ވެފައެވެ. ވަކީލުން ބުނާ ގޮތުގައި މި ދައުވާތަކަކީ ޒިނީގެ އަސްކަރީ ހިދުމަތުގެ ރެކޯޑަށް ހުތުރުވާ ގޮތަށް އުފުލާފައިވާ ދައުވާތަކެކެވެ.

ގުޅުންހުރި ޚަބަރު